އެމެެރިކާގެ ޚާރިޖީވަޒީރު އިމްޕީޗް ކުރަން ހުށައެޅުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

މާރޗް 3 ވަނަދުވަހު ދިފާއީ ވަޒީރު ހެގްސެތު ކެޕިޓްލް ހިލްގައި ކޮންގްރެސްއަށް ހަނގުރާމައިގެ މައުލޫމާތު ދެނީ
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އިމްޕީޗްކުރަންޖެހޭ 6 ޝަރުތެއް ޑިމޮރެޓުން ބަޔާންކޮށް ހުށައަޅައިފިކަމަށް ސީ ބީ އެސް ނިއުސްއިން ބުނެފިއެވެ.

މި ކަމުގައި އެންމެ އިސކޮށް އުޅެނީ އެރިޒޯނާގެ ރިޕަބްލިކަން ސެނެޓަރ ޔާސްމީން އަންސާރީއެވެ. އެމެރިކާގެ ކޮންގްރެސްއަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު އީރާން ނަސްލަށް ނިސްބަތްކުރެވޭ ސެނެޓަރއަކީ ޔާސްމީން އަންސާރީއެވެ.
އަންސާރީ ހުށައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ:
ހ. ކޮންގްރެސްގެ ހުއްދަނެތި އެމެރިކާ ސިފައިން ހަނގުރާމައަށް ފޮނުވުމާއި ސިފައިން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުން.
ށ. ހަތިޔާރު ބޭނުންކުރުމުގެ ގާނޫނާ ޚިލާފަށް އާންމު ރައްޔިތުންނަށް ހަމަލާތައް އަމާޒުކުރުން.
ނ. ސިއްރު ކުރަންޖެހޭ މުހިންމު މިލިޓްރީގެ މައުލޫމާތުތަކަށް ފަރުވާ ކުޑަކުރުން.
ރ. ކޮންގްރެސްއަށް ހަނގުރާމައިގެ ހަރަކާތްތައް ބެލޭނެމަގު ބަންދުކުރުން.
ބ. ގާނޫނުން މަތިކޮށްފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރުން.
ޅ. މިލިޓްރީއަށް ބާރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުމާއި އެމެރިކާގެ މިލިޓްރީގެ އިއޒަތާއި ގަދަރު އުނިވެގެންދާގޮތަށް ކަންތައްކުރުން.
ކޮންގްރެސްގައި ރިޕަބްލިކަން ސެނޭޓުންނަށް ކިތަންމެ ހަނި ނަމަވެސް އަޣްލަބިއްޔަތު ލިބިފައި އޮތުމާއެކު އިމްޕީޗްކުރުމުގެ ކަންތައް މިވަގުތަށް ކޮންގްރެސްގައި ކުރިއަށް ގެންދެވޭނެކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް މިޑ-ޓާރމް އިންތިޚާބުގައި ޑެމޮކްރެޓުންނަށް ކޮންގްރެސްގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ އިމްޕީޗް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
އިމްޕީޗްކުރުމަށް ތައްޔާރުކޮށްފައިވާ 7 ސަފްހާގެ ރިޕޯރޓުގައި ގަސްދުގައި ގާނޫނު އަސާސީއާއި ޚިލާފްވުމާއި ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުމާއި ގާނޫނާއި ގަވައިދުތަކުން ބޭރުން ބޭނުންގޮތަކަށް ކަންތައްކުރުންފަދަ ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން ޖެނީވާ ކޮންވެންޝަނާއި އަދިވެސް އެމެރިކާއިން އަމަލުކުރަންޖެހޭ ބައިނަލް އަގްވާމީ ގާނުނު ތަކަށް ބެލުމެއްނެތި ދުޝްމިނުންނާދޭތެރޭ ނޯ ކްއާރޓަރ، ނޯ މަރސީ ފަދަ ބަސްތައް ބޭނުންކުރުމާއެކު އަދި ވަކިން ޚާއްސަގޮތެއްގައި ފެބްރުއަރީ މަހުގެ 28 ވަނަދުވަހު އީރާނުގެ ސްކޫލަކަށް ބޮންއަޅައި 168 ކުޑަކުދިން މަރާލުން ފާހަގަކޮށްފައި ވެއެވެ. ނޯ ކްއާރޓަރއޭ ބުނެފައިވަނީ ހަނގުރާމައިގާ ބަލިވާ މީހުންނާއި ހައްޔަރުކުރެވޭ މީހުން އެންމެ އަނިޔާވެރި ގޮތްގޮތުން މަރާލުން ފަދަ ކަންތަކަށެވެ.
މި ޚަބަރު އެންމެ ފުރަތަމަ ބޭޒާރު ކޮށްލާފައިވަނީ އެކްސިއޯނުންނެވެ.
އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އެމެންޑްމެންޓުގެ ދަށުން ފަނޑިޔާރުންނާއި ސަރުކާރުގެ އެގްޒެކެޓިވް މަގާމުތަކުން މީހުން ދުރުކުރުމުގެ ފުރަތަމަ ވިޔަވަޅަކީ އިމްޕީޗް ކުރުމެވެ. އިމްޕީޗް ކުރަން ހުށައަޅާފައިވާ ސަބަބުތަކުގެ މައްޗަށް ތަހްގީގުހިންގައި ކުށްވެރިވާކަމަށް ފައިސަލާކުރެވޭ އޮފިޝަލުން މަގާމުން ދުރުކުރުމަކީ ކޮންގްރެސްގެ މަސްއޫލިއްޔަތެކެވެ. އެމެރިކާގެ ތާރީޚުގައި މިހާތަނަށް އިމްޕީޗް ކޮށްގެން ވަޒީފާއިން ވަކިކުރެވިފައިވަނީ ހަމައެކަނި 2 ވަޒީރެކެވެ. އެންމެ ފުރަތަމަ 1876 ވަނައަހަރު ހަނގުރާމައާ ބެހޭ ވަޒީރު ވިލިއަމް ބެލްކްނެޕް އަދި އޭގެފަހުން 2024 ވަނައަހަރު ހޯމްލޭންޑް ސެކިއުރިޓީ އާބެހޭ ވަޒީރު އަލެހަންދްރޯ މަޔޯރކާސް އެވެ. ވިލިއަމް ބެލްކްނެޕްގެ ކުށެއްނެތްކަމަށް ފަހުންވަނީ ނިންމާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް