ސިފައިންގެ އެންމެ ފަޚުރުވެރި ކުލަތަކާއެކު ހަނގުރާމައިގެ ޖަރީމާތަކުގެ ކުރިމައްޗަށް

އޮސްޓްރޭލިޔާ ސިފައިންގެ އެންމެގިނަ ފަޚްރުވެރި ކުލަތައް ލިބިފައިވާ ބެން ރޮބާރޓްސް ސްމިތު އެގައުމުގެ ސިފައިންނާއެކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ދުވަސްވަރު ހަނގުރާމައިގެ ޖަރީމާކަމުގައި ބެލެވޭ ފެންވަރުގައި އާންމު ރައްޔިތުން މަރާލާފައިވާ ކަން ފަޅާ އެރުމުން އޭނާ ހައްޔަރު ކޮށްފިއެވެ. އޮސްޓްރޭލިޔާ ޑިފެންސް ފޯރސްގައި ކުރިން މަސައްކަތް ކޮށްފައިވާ އުމުރުން 47 އަހަރުގެ ބެން ރޮބާރޓްސް ސްމިތު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ސިޑްނީ އެއާރޕޯރޓުން ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ. އަދި 2009 ން 2012 ށް […]
ދުނިޔޭގެ ތާރީޚުން ފެންނަ އީރާނަށް ސަންދާނުގެ ދުރުމިން ވަރަށް ކުރުގޮތަކަށް ބަލާލުން

އީރާނަކީ ނުވަތަ ފާރިސް ކަރައަކީ ދުނިޔެ ދެކިފައިވާ ވަރަށް މުހިންމު އިންސާނީ ސިވިލައިޒޭޝަނަކަށް ނިސްބަތް ކުރެވޭ ބިމެކެވެ. ހަމައެކަނި އިސްލާމީ ނަޒަރަކުން ނޫނެވެ. މާޒީގެ ތާރީޚުގައިވެސް ފާހަގަ ކުރެވިފައިވާ ވަރަށް މުހިންމު ޝަޚްސިއްޔަތު ތަކެއް އުފަންކުރުވި ފަޚުރުވެރި ބިމެކެވެ. ބައެއް މުއައްރިޚުންގެ ތެރޭގައި ތަފާތު އުފެދިފައިވީ ނަމަވެސް ބީ ސީ އިން 5 ވަނަ ގަރުނުގައި ދުނިޔެއަށް އެންމެ ބޮޑަށް މަޝްހޫރު ވެގެން ޒުލް ގަރުނައިނި ނުވަތަ ސައިރަސް ދަ ގްރޭޓް އަށް ނިސްބަތްކުރެވޭ ސިވިލައިޒޭޝަންގެ ބިމަކީ […]
އެންމެ ބިރުވެރި އިންޒާރުގެ ދުވަހު އީރާނުގެ ރައްޔިތުން ފިލަން ހޮރުހޮރަކަށް ނުވަދޭ

ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާގައި ފެންނަމުންދާ މަންޒަރުތަކާ ދޭތެރޭ އިންޑިއާގެ ރިޕަބްލިކް މީޑިއާ ނެޓްވާރްކްގެ މަޝްހޫރު އެޑިޓަރ އިން ޗީފް އަރްނާބް ގޯސްވާމީގެ ދިރާސާގެ ބައެއް އުސް އަލިތަކެވެ. ހަނގުރާމައިގާ ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވެގެން ދާނީ ގިނަ ދުވަސްތަކެއްގެ ފަހުންނެވެ. ދުވަހުން ދުވަހަށް ހިނގާ ހަރަކާތްތައް ދެނެގަތުމަށް ޓަކައި އެނަލިސްޓުންގެ ހޯދުންތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ. އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ރައީސް ޓްރަމްޕްއަށް ގޮތް ހުސްވެ […]
އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް ބިމުދާއްބަ ހަމަލާދީފި

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، އޭޕްރީލް 6 ވަނަ ދުވަހު އިޒްރޭލުން އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް ހަމަލާދީފިއެވެ. މި ހަނގުރާމަ ފެށުނުތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ ސައުތު ޕާސްގައި ހުންނަ ޕެޓްރޯކެމިކަލް ވަސީލަތްތަކަށެވެ. ބިމުދާއްބަ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ފަހުން ވަނީ މި ހަމަލާތައް […]
މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 18:18 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ ފިރިހެނެއްކަމަށާއި އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.މި މައްސަލަ ފުލުހުން ގެންދަނީ […]
ވާހަކަ ގިނަނުކޮށް އެބުނާ ބާރުގަދަ ލަޝްކަރުތައް އަވަހަށް ފޮނުވަން އީރާނުން ބުނެފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް މަސްދުވަހަށްވުރެން ގިނަވެގެންދާއިރު ރައީސް ޓްރަމްޕްއަށް ވަގުތު ކުޑަވަމުންދާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރިކަމުންފުރިފައިވާ އަދި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ތަކެއްޗާއި މާލީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ތަޖްރިބާކާރުން އިންޒާރު ދެމުން ދިއުމާއެކުވެސް އެއްގަމު މަގުން އަރައި އީރާނު ހިފުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އަދި މިހާރު މެދުއިރުމަތީގައި ތިބި 7000 ސިފައިންގެތެރެއަށް އިތުރު 10000 ސިފައިން ފޮނުވަން ރައީސް ޓްރަމްޕް ނިންމަވާފައިވާކަމަށް […]
އީރާނުގެ ޒައިތޫނި ފަތްކޯޅި ޔޫރަޕިއަން ޔޫނިއަންއަށް

މިއަދުގެ އަވަސް ޚަބަރުތަކުގެރެއިން އެންމެ ފާހަގަކުރެވޭ ޚަބަރެއްގެ ގޮތުގައި ހުރްމޮޒް ކަނޑުއޮޅިން ޔޫރަޕިއަން ޔޫނިއަންގެ ދިދައިގާ ދަތުރުކުރާ އުޅަނދު ފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެކަން ބަޔާންކޮށް އީރާނުން ރަސްމީގޮތުން ޔޫރަޕިއަން ޔޫނިއަން އަށް ޒައިތޫނި ފަތްކޯޅިއެއް ދިއްކޮށްލި ޚަބަރު އާންމު ވެއްޖެއެވެ. އީރާނުގެ މި ފިޔަވަޅަކީ ކުރިއްސުރެން އިނގިރޭސި ވިލާތުން ގެންގުޅެމުން އަންނަ “ ޖަމާއަތްތައް ބައިބައިކޮށްލުމުގެ “ ފަލްސަފާގެ ދަށުން ކުރިކަމަކަށްވެސް ބެލެވެއެވެ. ބްރަސެލްސް އާއި އެމެރިކާއާ ދެމެދު އެއްބައިވަންތަ ކަމުގެ އަހްދުނާމާއެއްގެ މައްޗަށް ނޭޓޯގެ ނަމުގައި […]
ހަނގުރާމަ ހުއްޓާލަން އީރާނުން އެމެރިކާއެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހޭ: ޓްރަމްޕް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދިނުމުގެ ސަބަބުން އެމެރިކާގެ ބައިވެރިންނަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެ ސަރަހައްދު ވެއްޓެމުންދާ ހަނގުރާމައި ވަޅުގަނޑުގެ އަނދިރިކަން ބޮޑުވަމުންދާތީ އީރާނުން ބެލެސްޓިކް މިސައިލާ ޑްރޯން އުފެއްދުން ވަގުތުން ހުއްޓާލަން އެމެރިކާގެ ޚާރިޖީ ވަޒީރު އަމުރުކޮށްފިއެވެ. އަދި މި އަމުރަށް ކިޔަމަން ނުވެއްޖެނަމަ އެމެރިކާއިން އީރާނާ ދޭތެރޭ ފައިސަލާ ކުރަނިވި ހަމަލާތަކެއް ދޭނެކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކީވެސް ރައީސް ޓްރަމްޕްއެކޭ އެއްފަދައިން ދެއުޅި އެއްނުވާ ވާހަކަ ދައްކާ […]
އެެމެރިކާ އިން ފަރުބަދަތަކުގައި ބޮނދައިގެން ތިބި ޒަމާނުގައިވެސް އީރާނުން ގެންދިޔައީ ދުނިޔެއަށް އިންސާނިއްޔަތު ދަސްކޮށްދެމުންނެވެ.

ނޯރތު ވޭވްސް ނިއުސްގެ ޚަބަރުގައި އުތުރު ކޮރެއާއިން އީރާނަށް ވާސޯންގް-18 މަރުކާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޯރުކޮށްދިން ޚަބާރާއެކު މުޅި ދުނިއަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖައްސައިފިއެވެ. ބައެއް ޚަބަރުތަކުގެ ތެދު ދޮގު ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އެފަދަ ޚަބަރުތަކަކީ އަޑުއިވުމުން ބިރުވެރިކަން ގެނެސްދޭނެއެވެ. އުތުރު ކޮރެއާގެ މިސައިލް އީރާނަށް ފޯރުކޮށްދިންކަން ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ބިރުވެރިކަން އުފެދިގެން ދާނެއެވެ.އުތުރު ކޮރެއާއިން އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ފޯރުކޮށްދިން ޚަބަރު މިހާތަނަށް […]
އީރާނުން ހަނގުރާމަކުރަނީ ދިރިދެމިތިބުމަށްޓަކައެވެ. އެކަމުގައި ފަހަތަށް ނުޖެހޭނެއެވެ.

އީރާނުގެ ޚަރްގް ޖަޒީރާގެ ތެޔޮ ވަޅުތަކަށް ލޯއަޅައިގެން ހުންނަވާ އެއްގަމު މަގުން އެ ޖަޒީރާއަށް އަރާގަތުމަށްޓަކައި އެމެރިކާގެ ރައީސް ގެންދަވަނީ ގަލްފް ސަރަހައްދަށް އެމެރިކާގެ ސިފައިން ޖަމާކުރަމުންނެވެ. އީރާނުގެ ސާފު ނުކުރާ ތެލުގެ ބޮޑު ހިއްސާއެއް އެކްސްޕޯރޓް ކުރެވެނީ ޚަރްގް ޖަޒީރާތެރެއިން ލާފައެވެ. އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނަމަ އެމެރިކާގެ ހޫނު ހަމަލާތަކެއްގެ ވާރޭ އީރާނުގެ މައްޗަށް ވެހިގަންނަން ފަށާނެކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ. ޚަރްގް ޖަޒީރާއަކީ އީރާނުގެ އިގްތިސާދުގެ […]