މަޝްވަރާތަކުގައި ރައީސް ޓްރަމްޕް ގެންދަވަނީ ނައިބުރައީސްގެ ފެންވަރު ބަލަމުން

އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޖޭ ޑީ ވޭންސް އީރާނާއެކު ކުރަމުންގެންދާ މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން ރައީސް ޑޮނާލްޑް ޓްރަމްޕް އިތުބާރުކުރައްވާ ވަރަށް ޚާއްސަ ބޭފުޅުންގެ ރައުޔު ހޯއްދަވަމުންގެންދަވާކަން މައުލޫމާތު ލިބެފައިވާ ތިން މީހަކު ސީ އެން އެން އަށް ކިޔާދީފިއެވެ. ޕާކިސްތާނުގައި މަޝްވަރާތައް ކުރިއަށް ދިޔައިރު ވަރަށް ގިނައިން ރައީސް ގެންދެވީ ނައިބު ރައީސަށް ފޯނުން ވާހަކަ ދައްކަވަމުންނެވެ. ހަމައެއާއެކު ނައިބު ރައީސްގެ ހުނަރާ ދޭތެރޭ މުޝީރުންނާއި އަދި ޚާއްސަ ބޭފުޅުން ދެކޭގޮތްވެސް ގެންދެވީ […]
މަސްތުވާތަކެތި ބޭނުންކޮށް ޖުވާ ކުޅެމުންދިޔަ 38 ބިދޭސީން ޑީޕޯޓުކުރަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ޑްރަގް ބޭނުންކޮށް ޖުވާ ކުޅޭ ބޮޑު ގްރޫޕެއް ހޯދައި، ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 […]
އާންމު ދަތުރުތަކަށް ހޮރްމުޒް ކަނޑުއޮޅި ވަގުތީގޮތުން ހުޅުވާލެވިއްޖެ

އިސްރާއީލުން ލެބަނަން އަށް ދެމުންގެންދާ ހަމަލާތައް ދިހަ ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިހާރު ހުޅުވާލެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އާއި ދެބޭފުޅުންވެސް ހާމަކުރައްވައިފި ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފިއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި މިހާރު ހުޅުވައިފިކަން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ސޯޝަލްމީޑިއާގައިވެސް ޕޯސްޓްކޮށްފައެވެ. އިސްރާއީލުން ލެބަނަންއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅި […]
އެމެެރިކާގެ 238 މިލިއަންޑޮލަރުގެ އަގުބޮޑު ޑްރޯނެއް އީރާނުގެ ތެރެއަށް ގެއްލިއްޖެ
އެމެރިކާ ނޭވީންގެ 238 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެމް ކިޔޫ-4 ސީ މަރުކާގެ ޖާސޫސީ ޑްރޯނެއް ގެއްލުނު ފުރަތަމަ ފަހަރުއެމެރިކާ ނޭވީންގެ 238 މިލިއަން ޑޮލަރުގެ އަގުހުރި އެމް ކިޔޫ-4 ސީ މަރުކާގެ ޖާސޫސީ ޑްރޯނެއް އުދުހެމުންދަނިކޮށް އީރާނުގެ ތެރެއަށް ގެއްލިއްޖެކަމުގައި ފުރަތަމަފަހަރަށް އެމެރިކާގެ ނޭވީން އެއްބަސްވެއްޖެއެވެ. މިއީ 2018 ވަނައަހަރު އެ މަރުކާގެ ޑްރޯން އެމެރިކާ ނޭވީން ތަޢާރުފްކުރިފަހުން އެންމެ ފުރަތަމަ ގެއްލުނު އެ މަރުކާގެ އެއާރކްރާފްޓް ކަމުގައިވެސް ބުނެފައިވެއެވެ. ނޭވީން ބުނެފައިވަނީ މި […]
ހޮރްމުޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރުމުގައި ހުރި ރެނދުތައް

އީރާނުގެ ތެޔޮ ގަތުމާއި އަދި މިހާރު އީރާނުގެ އެއްވެސް ބަނދަރަކަށް އެއްވެސް ބޯޓަކަށް ނުދެވޭނެކަން އަންގައި އެމެރިކާއިން އިންޒާރު ދީފައިވާއިރު އެމެރިކާގެ އިންޒާރަށް ރަނގަޅަށް ފެތޭ އީރާނާ ގުޅުންހުރި ޓޭންކަރުތައް އީރާނުގެ ބަނދަރުތަކުން ބަރުކޮށްގެން ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުންދާއިރު އެމެރިކާގެ ކަނޑު ސިފައިން ބަލަބަލާ ތިބުންނޫން އެހެން ކަމެއް ނުކުރެވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ހަނގުރާމައިގާ ސުލްހަވެރި މަގެއް ހޯދުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ކުރި މަސައްކަތުގައި ދެހަފުތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން […]
ްއެއްބިލިއަން ޑޮލަރާއި ތުރުކީގެ އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ދޭންޖެހޭނެ

މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރާއި އަދި ތުރުކީގައި ހުރި އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ނުދީފިނަމަ ތުރުކީއާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށާއި ކެމްޕާލާގައިހުރި ތުރުކީގެ އެމްބަސީ ބަންދުކުރާނެކަމަށް ޔޫގެންޑާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނަރުގަބާ އިންޒާރު ދީފިއެވެ. ޖެނެރަލް މުހޫޒީ ކައިނަރުގަބާ އަކީ އެގައުމުގެ ރައީސް ޔުވޭރީ މޫސަވެނީގެ ފިރިހެން ދަރިއެވެ. ކައިނަރުގަބާ ބުނެފައިވަނީ ޔޫގެންޑާއިން ސޮމާލިއާގެ އަލް ޝަބާބު ހަނގުރާމަވެރިންނާ ދެކޮޅަށް ގިނަ އަހަރުތަކެއްވަންދެން […]
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ރައީސް ބިލް ކްލިންޓަން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމާއި އަދި ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމާދޭތެރޭ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެފައިވާއެއްޗެއް އަޑުއައްސަވާ ލައްވާށެވެ. މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. ކޮންމެ ގައުމެއްގެ ރައްޔިތުންވެސް ރަނގަޅަށް ފުންނޭވާއެއްލުމަށްފަހު ތިމާގެ ގައުމަށްޓަކައި ހަމަޖެހިލައިގެން ވިސްނާލަންޖެހޭ ވަގުތުތަކެއް އަންނާނެއެވެ. ކުރީދުވަހު ވޯޓުލައިގެން އިންތިޚާބު ކުރެވުނު ވެރިންނާމެދުގައެއް ނޫނެވެ. ނޫސްތަކުގެ ފަލަ ސުރުޚީ ބަލައިގެނެއްވެސް ނޫނެވެ. އެކަމަކު ތިމާ ނިސްބަތްކުރެވޭ ގައުމުގެ ލޮލުން ބަލައިގެންނެވެ. އެ ގައުމު އަމާނާތެއްގެ ގޮތުގައި ތިމާގެ […]
ހުރްްމުޒް ކަނޑުއޮޅިއަކީ އިގްތިޞާދީ ގޮތުން ކާލާމަންނަކަން އީރާނުން ސާބިތުކޮށްދީފި

ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އީރާނުގެ ގާނޫނީ ބާރު ހިނގާނެ ކަމާއި އަދި ހިންގާނެކަމަށް އީރާނުން ބުނެފިއެވެ. އަދި އެކަނޑުއޮޅީގެ އެއްވެސް ކަމެއްގައި އެމެރިކާއާއެކު ޖޮއިންޓް-ވެންޗަރެއް ހެދުމުގެ ވިސްނުން އީރާނުން ނުގެންގުޅޭކަމަށްވެސް ބުނެފައިވެއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅިއަށް އަލާފައިހުރި މައިންތައް ސާފުކުރުމުގެ މަސައްކަތް އެމެރިކާގެ 2 މަނަވަރެއް ބޭނުންކޮށްގެން މިހާރުވަނީ ފަށާފައެވެ. މައިންތައް ސާފުކުރުމަކީ ހޮރްމުޒް ކަނޑުއޮޅި އޮޕަރޭޓްކުރުމުގައި އީރާނާއެކު ޖޮއިންޓް-ވެންޗަރަކަށް ދިއުމުގެ ވިސްނުންފުޅުގައި ފެއްޓެވި މަސައްކަތެއްތޯ ރައީސް ޓްރަމްޕްއަށް […]
ދުނިޔޭގެ ތާރީޚުން ފެންނަ އީރާނަށް ސަންދާނުގެ ދުރުމިން ވަރަށް ކުރުގޮތަކަށް ބަލާލުން – 2

https://sandhaanu.today/66676/ އާއި ގުޅޭ ވަރަށް ޚުލާސާކޮށް އޭގެތެރެއިން ހަދީސްފުޅަކަށް ބަލާލާއިރު ސަލްމާނުލް ފާރިސީއާ މުޚާތަބް ކުރައްވައި މާތް ނަބިއްޔާ ހަދީސްފުޅު ކުރެއްވި ކަމަށް ވެއެވެ. “ އިލްމަކީ އެންމެދުރުގައިހުރި ތަރިތަކުގައި ބޭއްވިފައިވާ އެއްޗެއްނަމަވެސް ފާރިސްކަރައިގެ އަހުލުވެރިން އެތަނަކަށް ގޮސް އެއިލްމު ގެނެސްދޭނެ އެވެ. “ ފާރިސް ކަރައިގެ އިލްމުވެރިންގެ ހަގީގަތް މި ހަދީސްފުޅުތަކުން ރަނގަޅަށް ހާމަވެގެން ދެއެވެ. އެ ޒަމާނުގައިވެސް އެންމެ ގިނަ އިލްމުވެރިން ތިބީ ފާރިސްކަރައިގާކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. ފާރިސް ކަރައިގެ އަހްލުވެރިންނަކީ […]
އެމެެރިކާގެ އެންމެފަހުގެ އިންޒާރު އަތަށްގޮވައި ފަހުވަގުތު ހަނގުރާމަ ހުއްޓާލުން

އީރާނު ދުނިޔޭގެ ޗާޓުގައި ދެން ނޯންނާނެކަން ދޭހަވާ ގިނަ ގޮތްގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވަމުންދިޔަ އިންޒާރުތަކަށް ވަގުތު ނިމުނީ މިހިނގާ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ދުނިޔޭގެ ބައެއް މީޑިއާތަކާއި އަދި ބައެއް އިސްލާމީ މުޖުތަމާތަކުގައި ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ގިނަ އިސްލާމީ މުޖުތަމާތަކުގައި އީރާނުގެ ސަލާމަތަށްޓަކައި އެރޭގެ ގިނަ ވަގުތުތަކެއް މާތް ﷲ އަށް ދުއާކުރުމުގައި ހޭދަކުރިއެވެ. ހީރޯޝިމާއާއި ނާގަސާކީގެ ހަނދާންތަކުން އިތުރު ބިރުވެރިކަން އުފައްދަމުން […]