ގަލްފު ހަނގުރާމައިގާ އެމެރިކާގެ ހަރަކާތްތައް ކުރީގެ ރައީސް ކްލިންޓަންގެ ދޫފުޅުން

ޕަރޝިއަން ގަލްފާއި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި. އީރާން ނޭވީއެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ކުރީގެ ރައީސް ކްލިންޓަން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ. ކޮންމެ ހަފުތާއެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށްއެނގެންޖެހޭ އެކަމަކު އެނގުމެއް ނުވާ ބޮޑެތި އެތައް ކަމެއް ސަރުކާރުގެތެރޭގައި ހިނގަމުންދެއެވެ. އޭގެތެރޭން ބައެއްކަންތައް ރައްޔިތުންނަށް ސިއްރުކޮށް ފޮރުވުމަށް ދެއްކޭނެ ބަހަނާއެއްވެސް ނޯންނާނެއެވެ. މިއަދު އެމެރިކާގެ ރައްޔިތުންނަށް އަހަރެން ކިޔާދޭން ޖެހިފައިމިވަނީ ފާއިތުވެގެން ދިޔަ 24 ގަޑިއިރުތެރޭގައި ހިނގާދިޔަ ބޮޑެތި ވާހަކަތެކެކެވެ. ރައްޔިތުންނަށް އެނގުމެއް […]
އީރާނުގެ ހުށަހެޅުންތަކަށް ޓްރަމްޕް އިންކާރު ކޮށްފި
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ތެހެރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ. ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، އަވަސް އަރުވާލައިގެން ހަދާ އެއްބަސްވުމެއްގެ ސަބަބުން ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އަލުން ހަމަނުޖެހުން އުފެދިދާނެއެވެ. ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ، އީރާނުން އެދެމުންދަނީ އޭނާއަށް އެއްބަސްވެވެން ނެތް ކަންތައްތަކަކަށް ކަމަށެވެ. އަދި އަލުން މައްސަލަތައް އުފެދޭނެ ފަދަ ގޮތަކަށް […]
ކީރްތީ

އެޕިސޯޑް 1 ވަށައިގެންވާ މާހައުލުން އިވެމުން ދިޔައީ މީހުންގެ ރުއިމުގެ އަޑެވެ. އެންމެންގެ ލޮލުން ހިލެމުންދިޔައީ ވޭނީ ކަރުނައެވެ. އޮހޮރަމުން ދިޔަ ކަރުނައިގައި ވަނީ ހިތްތަދި ކަމާއި މާޔޫސް ކަމެވެ. ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ ގޮތަކަށް ލޯބިވާ މީހަކު ދުނިޔެއަށް އަލްވަދާއު ކިޔުމަކީ ދިރިތިބީންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ގަބުރުސްތާނުގައި ތިބި އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހަމްދަރުދީއެވެ.ގަބުރުސްތާނުން ބޭރުގައި މަންޒަރު ބަލަން ތިބި އަންހެނުންގެ ތެރޭގައިވެސް ހާލަތު ހަމަ އެފަދައެވެ. މުޅި […]
ހުރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން އެމެރިކާއަށް ވަރުގަދަ އަދި ވޭނީ ހަމަލާތަކެއްގެ އިންޒާރު ދީފި

ދުނިޔޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ނުތަނަވަސްވަމުންދާއިރު، އެމެރިކާއިން އަސްކަރީ އެއްވެސް ހަރަކާތެއް އަލުން ފަށައިފިނަމަ، ”ދިގުދެމިގެންދާ އަދި ވޭނީ ހަމަލާތަކަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމެއް އޮތް ނަމަވެސް، މި އިންޒާރުގެ ސަބަބުން މިހާރުގެ މަސްރަހު އޮތް ނާޒުކު މިންވަރު ވަނީ ހާމަވެފައެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ […]
ހުރްމުޒް ކަނޑުއޮޅިއަކީ ގުދުރަތުން އީރާނަށް ދެއްވާފައިވާ ނިއުކްލިއަރ ބޮމެކެވެ.

އެމެރިކާގެ ހަނގުރާމައާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި އެމެރިކާގެ ރައީސަކު އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެ ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އެހެންނޫނީ ވަޒީފާ ދޫކޮށްލަން ޖެހޭނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައަށް 60 ދުވަސް ވުމުގެ ކައުންޓް ޑައުން މިހާރު ފެށިއްޖެއެވެ. މި ހަނގުރާމަ ރައީސް ޓްރަމްޕްއަށް ކާމިޔާބު ނުކުރެވި އަދި ކޮންގްރެސްއަށް ޖަވާބު ދާރީ ނުވެވިއްޖެނަމަ ގުރުބާން ކުރައްވާނެ […]
އައްބާސް އަރާގްޗީ ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މެދުއިރުމަތި

މިއަދު ހެނދުނު އީރާނުން ލިބިފައިވާ ރިޕޯރޓްތަކަށް ބަލާއިރު އެ ގައުމުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު ދެން ވަޑައިގަންނަވާނީ ތެހެރާނަށެވެ. އެއީ މޮސްކޯއަށް ކުރައްވާ ދަތުރުފުޅަށް އެންމެފަހުގެ ނިންމުންތަކާއި އިރުޝާދު ހޯއްދެވުމަށެވެ. އެއަށްފަހު މޮސްކޯއަށް ދަތުރުފުޅު ފެއްޓެވީއެވެ. 48 ގަޑިއިރުތެރޭގައި 3 ގައުމަކަށް 4 ފަހަރު މިކުރައްވާ ދަތުރުފުޅުގައި އެމެރިކާއާ ގުޅުން ހުރި އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވައެވެ.ޚާރިޖީ ވަޒީރުގެ […]
އީރާނުން ކަލޭމެން ފައްސާލުމުގެކުރިން މެދުއިރުމަތިން ބޭރުވެ ގަންނާށެވެ.

ހަނގުރާމައެއް ކާމިޔާބު ކުރުމުގައި ކުރީ ޒަމާނުގައި ހަތިޔާރުގެ ބާރުވެރިކަމަށް ބަރޯސާވެފައި އޮތުން މި ޒަމާނާ ގުޅޭ ވިސްނުމެއް ނޫންކަމަށް ތަޖްރިބާ ކާރުން ވިދާޅުވަމުން ގެންދާން ފަށައިފިއެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ކޮންމެ ދުވަހަކު ދަނީ އެކަން ސާބިތުކޮށްދެމުންނެވެ. ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއާއި މެދު އިރުމަތީގެ ސުޕަރ ޕަވަރ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ދެމުންގެންދާ ފަނާކުރަނިވި ހަމަލާތަކަށް ދޮޅުމަސް ފުރޭއިރު އީރާން ބަލި ނުކުރެވިގެން އުޅޭ ސަބަބުގެ މައްޗަށް […]
މާދަަރީ ބަހާއި އާދަކާދަ ގެއްލިގެން ދިއުމުގެ ބިރުވެރި ވަގުތުގައި

މީގެ އަހަރުތަކެއް ކުރިން ދިވެހިބަހުން ލިޔާ ލިއުންތައް ލެޓިން އަކުރުން ލިއުމަށް ބާރުއެޅެމުން ދިޔަ ދުވަސްތަކެއް ވަނީ ފެނިފައެވެ. ކޮންމެ ކަމެއްވެސް އަލަށް ފަށާގަންނައިރު ފާޑުކިއުން ތަކާއި އަދި އުދނގޫ ތަކަކާވެސް ކުރިމަތިލާން ޖެހޭނެއެވެ. އެ ދުވަސްވަރު އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހިވަޑައި ގެންނެވި ބޭފުޅުންގެ ތެރޭގައި ހުކުރު ކުރައްވާ އިމާމުން ހިމެނިވަޑައިގެންނެވިއެވެ. ލެޓިން އަކުރުން ލިޔެފައިވާ ޚުތުބާ ކިއުމަށް ގިނަ ވަގުތު ހޭދަވެގެން ދިޔައީތީވެއެވެ. ދިވެހިބަހުން ދިވެހިން ބޭނުންކުރަމުންގެންދިޔަ ތާނަ އަކުރުގެ ބަދަލުގައި ލެޓިން […]
އަނެއްކާވެސް އެމެރިކާގެ ސުޕަރ އެއާރކްރާފްޓް ކެރިއަރެއްގައި އަލިފާނުގެ ހާދިސާއެއް

އެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގެ ފޮޓޯއެއްއެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް މެދުވެރިވެ ނޭވީންގެ 3 މީހަކު ޒަޚަމް ވެއްޖެއެވެ. މިއީ މިއަހަރު އެ އުޅަނދުގައި އަލިފާނުގެ ހާދިސާ މެދުވެރިވި ދެވަނަ ފަހަރެވެ. މިފަހަރު އަލިފާނުގެ ހާދިސާ މެދުވެރިވި ސަބަބަކާއި ތަނެއް ހާމަކޮށްފައެއް ނުވެއެވެ. އެއާރކްރާފްޓް ކެރިއަރ މަރާމާތު ކުރުމަށްޓަކައި މިހާރުވަނީ ނޯރފޯކް ނޭވަލް […]
އެމެެރިކާގެ ޚާރިޖީވަޒީރު އިމްޕީޗް ކުރަން ހުށައެޅުމުގެ މަސައްކަތް ފަށައިފި

މާރޗް 3 ވަނަދުވަހު ދިފާއީ ވަޒީރު ހެގްސެތު ކެޕިޓްލް ހިލްގައި ކޮންގްރެސްއަށް ހަނގުރާމައިގެ މައުލޫމާތު ދެނީއެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އިމްޕީޗްކުރަންޖެހޭ 6 ޝަރުތެއް ޑިމޮރެޓުން ބަޔާންކޮށް ހުށައަޅައިފިކަމަށް ސީ ބީ އެސް ނިއުސްއިން ބުނެފިއެވެ. މި ކަމުގައި އެންމެ އިސކޮށް އުޅެނީ އެރިޒޯނާގެ ރިޕަބްލިކަން ސެނެޓަރ ޔާސްމީން އަންސާރީއެވެ. އެމެރިކާގެ ކޮންގްރެސްއަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު އީރާން ނަސްލަށް ނިސްބަތްކުރެވޭ ސެނެޓަރއަކީ ޔާސްމީން އަންސާރީއެވެ.އަންސާރީ ހުށައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ:ހ. ކޮންގްރެސްގެ […]