އެމެެރިކާ ޑޮލަރުގެ ކުރިމަގު ދަނީ ބަނަވަމުން

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި އެމެރިކާގެ މިޑްޓާރމް އިންތިޚާބުގެ ވާހަކަތައް އެންމެ ފަލައަކުރުން ބަހުސްކުރެވެމުންދިޔައިރު ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނަސްބާރގްގައި ބްރިކްސް ޕްލަސް ގެ ގައުމުތަކާއި އަދި އިތުރު އެހެން ގައުމުތައްވެސް ހިމެނޭގޮތުގައި ޖުމުލަ 63 ގައުމަކުން ބޭއްވި ހަތް ދުވަހުގެ ބައްދަލު ކުރުމަކަށްފަހު އެމެރިކާ ޑޮލަރުން ބޭރުގައި މުޅިން މިނިވަން މާލީ ނިޒާމެއް އިއުލާން ކޮށްފިއެވެ. އެއީ ހަމައެކަނި ސިޔާސީ ގޮތުން ނިންމި ނިންމުމެއްނޫނެވެ. އެއީ އެމެރިކާ ޑޮލަރުން މިނިވަންވެފައިވާ މާލީ ނިޒާމެއްގެ ފެށުން އިއުލާންކުރުމެވެ.

ބައިވެރިވި ގައުމުތަކުން އެއްބަހަކުން ވާހަކަ ދައްކައި އެއް އަމާޒަކަށް ވާސިލުވުމުގެ އެއްބަސްވުމެކެވެ. ދުނިޔޭގެ އާބާދީގެ %54 އަށްވުރެން ގިނަ ރައްޔިތުން ހިމެނޭ ގައުމުތަކެއްގެ ނިންމުމެކެވެ. މިއީ ދުނިޔޭގެ ފައިސާގެ ބާޒާރު އެމެރިކާގެ މުށުތެރޭން ބޭރު އަރުވާލުމަށްޓަކައި ޗައިނާއާއި ގްލޯބަލް ސައުތުން އަޅާފައިވާ ފިޔަވަޅެކެވެ. އަދި އެއީ ދުނިޔޭގެ ޖީ ޑީ ޕީގެ %37 އަށްވުރެން ގިނައިން ހިއްސާކުރަނީ އެ ސަރަހައްދުގެ ނިންމުމެކެވެ. އެ ގައުމުތަކުގެ އުފެއްދުންތައް އެމެރިކާގެ މާލީ ނިޒާމްގެ ތެރެއަށް ނުވަދެ މެމްބަރު ގައުމުތަކުން އުފައްދާފައިވާ އިމްބްރިޖް ނިޒާމެއްގެދަށުން ވިޔަފާރީގެ މުއާމަލާތުތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.
އަލަށް ތަޢާރުފް ކުރެވުނު މި މާލީ ނިޒާމުގެތެރެއިންތަފާތު އެކި ގައުމުތަކުގެ އަމިއްލަ ފައިސާއިންކުރާ ބައިނަލް އަގްވާމީ ވިޔަފާރި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރެންސީގެ ތެރެއިން ވިޔަފާރިތައް ނިމިގެންދާނެއެވެ. އެ މުއާމަލާތުތައް ނިންމުމަށްޓަކައި އެހެން ބޭންކެއްގެ މެދުވެރިވުމެއް ނޯންނާނެއެވެ. އެއްބަސްވުމުގެ ދަށުން
2027 ވަނައަހަރުންފެށިގެން އެ ގައުމުތަކުން ކުރާ ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރ ބޭނުންކުރުމަކީ ގައުމުތަކުގެ އިޚްތިޔާރަކަށް ވެގެންދާނެއެވެ. މިހާރު ފެންނަމުންމިދަނީ އެމެރިކާ ޑޮލަރުގެ 70 އަހަރުވީ ރަސްކަންރޫޅި އެ ރަސްކަމުގެ ތަޚްތުގެ ބާރުވެސް ކެނޑިގެންދާތަނެވެ. މާލީގޮތުން އެއްވެސް ފިކުރަކާ ނުލައި 900 ބިލިއަން ޑޮލަރާހަމަޔަށް އެމެރިކާގެ ދަރަނި އުފުލިގެން ދިއުން ވަރިހަމަ ކޮށްލާފައި ތިބުމުގެ ދުވަސް ފާއިތުވެގެން ދަނީއެވެ. އެމެރިކާގެ ބާރުގަދަ މިލިޓްރީގެ ބަޖެޓަށް އަހަރަކު 88 ބިލިއަން ޑޮލަރ ހޭދަކުރުމުގެ ދުވަސްތައްވެސް މާޒީވެގެން ދަނީއެވެ.
މި އެއްބައިވަންތަކަމަށް ބަލާއިރު ދުނިޔެއަށް ބޭނުންވާ މުދަލުގެ %38 އަކީ އެ ގައުމުތަކުގެ އުފެއްދުމެވެ. އެ ގައުމުތަކުން ނިންމާފައިވަނީ އެމެރިކާ ޑޮލަރުން ބޭރުގައި ބައިނަލް އަގްވާމީ ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. 63 ގައުމަކުން އަމިއްލަ ފައިސާބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމުން ދުނިޔޭގެ ބާޒާރުގައި އެމެރިކާޑޮލަރގެ ބާރު ކެނޑި އަގު ވެއްޓޭނެކަމަށް މާލީ ތަޖްރިބާކާރުން އިއްތިފާގު ވެއެވެ.
ހައެކަނި އެންމެ ހަފުތާއެއްގެތެރޭގައި މުސްތަގިއްލު 63 ގައުމަކުން އެމެރިކާގައި ކޮށްފައިވާ އިންވެސްޓްތަކުން 7 ޓްރިލިއަން ޑޮލަރ އަނބުރާ ނަގައި އެމެރިކާގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ނުފޯރާނެ ޝެޑޯ އެކޮނޮމީއެއްގެ ތެރެއަށް ޖަމާކޮށްފިއެވެ. އެއީ ހުޅަނގުގެ އެމް-ބްރިޖާއި ސީބީޑީސީ އާއި ސްވިފްޓްގެ ދިގުއަތް ނުފޯރާނެ މިނިވަން އިގްތިސާދަކަށެވެ. 7 ޓްރިލިއަން ޑޮލަރަކީ ފަރަންސޭސި ވިލާތާއި ޖަރުމަނަށް އެއް އަހަރުދުވަހުގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ އަށްވުރެން ގިނަ އަދަދެކެވެ.
އެމެރިކާގެ މިޑްޓާރމް އިންތިޚާބުގެ ވާހަކަތައް މީޑިއާތަކުގައި އާންމުވެފައިވާ ދުވަސްވަރެއްގައި ބޮޑެތި މީޑިއާތަކުން މިވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން މިހާބޮޑު އަދަދެއް ބޭރުވެގެންދިއުން މީޑިއާތަކަށް ސިއްރެއް ނުކުރެވުނެވެ. އޭގެ ސަބަބުން ކުރިއަށްއޮތް 3 އަހަރުދުވަހުގެތެރޭގައި އެމެރިކާގައި ދިރިއުޅުމުގެ ޚަރަދުތަކާއި މޯރގޭޖް ރޭޓްތައްވެސް އަތްނުފޯރާހަމަޔަށް އަރައިގެންދިއުން ވަރަށް ކައިރިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް