ކުރީގެ ރައީސް ޖޯ ބައިޑްން އަށް މަލާމާތްކުރެއްވި ރައީސް ނިދިޖެހިފައި

Loading

Facebook
Twitter
WhatsApp

އާންމު ބައްދަލުވުންތަކުގައި ރައީސް ޓްރަމްޕް ނިދިޖެހުން އާންމުވަމުން ދިއުން ވައިޓްހައުސްގެ މުއައްޒިފުން ލަދުވެތިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.


ރައީސް ޖޯ ބައިޑްންގެ ރިޔާސަތުގައި އެކިއެކި ބައްދަލުވުންތަކުގައި އިންނަވާއިރު އަވަހާރަފުޅު ލެއްޕެވުން އާންމުވެފައިވުމުން މަލާމާތުގެ ބަސްތަކާ އަދި ފާޑުކިއުންތައް އެމަނިކުފާނަށް އަމާޒުކުރެވިގެންދިޔަ ދުވަސް އެއީ ވަރަށް ކައިރި މާޒީއެވެ. އެ މަލާމާތްކުރުމުގައި އެންމެ ކުރީ ސަފުން ފެންނަމުން ދިޔަ މީހުން މިއަދު ކުރިމަތިލާންޖެހިފައިވަނީ އަދި މާބޮޑު ލަދުވެތި ކަމެކެވެ.
ވައިޓްހައުސްގެ އޯވަލް އޮފީހުގައިއޮތް އާންމު ބައިވެރިވުމެއްގައި ރައީސް ޓްރަމްޕް ނިދިޖެހިފައިއިން މަންޒަރު މީޑިއާތަކުން ހާމަކުރަންފެށުމާއެކު ވައިޓްހައުސް ގެ މީޑިއާ ހަރަކާތްތައް ރަތަށް އަރައިފިއެވެ. އިއްޔެއާ ހަމަޔަށް ހަތަރު މިލިއަން މީހުންނަށްވުރެން ގިނައިން އެ މަންޒަރު ވަނީ ބަލާފައެވެ. ރައީސް އިންނެވީ ނިދިޖެހިފައި ނޫންކަމަށާއި ލޯމަރާލައިގެން އިންނެވީކަމަށް ވައިޓްހައުސްގެ ރައްދުގައި ބުނެފައިވެއެވެ. އަދި އެވީޑިއޯގައި އެމަނިކުފާނު އިންނެވީވެސް ލޯ ހުޅުވައިގެންކަމަށްވެސް ބުނެފައިވެއެވެ. ވައިޓްހައުސް ގެ ރައްދުގައި އެ ވީޑިއޯ އާންމުކުރިފަރާތަށް ރައްދު ދިނުމުގައި ބޭނުންކޮށްފައިވަނީ ވަރަށް ހަޑި ހުތުރު ބަހުރުވައެކެވެ. އެކިއެކި ބައްދަލުވުންތަކުގައި ރައީސް އަށް ނިދިޖެހުމުން ޖަވާބުދާރީވުމަކީ ހަގީގަތުގައި އެމަނިކުފާނުގެ އެއިޑުންނަށްވެސް މިހާރު ބޮޑުކަމަކަށް ވެއްޖެކަހަލައެވެ. ދަ ޑެއިލީ ބީސްޓުން ވައިޓް ހައުސްއަށް ކުރި ސުވާލަށް ޖަވާބުދޭކަށްވެސް ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި ވައިޓްހައުސްގެ ތަރުޖަމާނި ޑޭވިޑް އިންގްލް ބުނެފައިވަނީ އެމެރިކާގެ ތާރީޚުގައި ރައީސް ޓްރަމްޕް އަށްވުރެން ހިތްވަރާ ޖޯޝުން ފުރިފައިވާ އެނަރޖެޓިކް ރައީސެއް ވައިޓްހައުސްއަށް އައިސްފައި ނުވާކަމަށެވެ. އަދި އެމަނިކުފާނުގެންދަވަނީ އެމެރިކާއަކީ ކުރިއަށްވުރެންވެސް ބާރުގަދަ ގައުމަކަށް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ.
ކެބިނެޓްގެ ބައްދަލުވުންތަކާއި އަދި އެހެނިހެން ބައްދަލުވުންތަކުގައިވެސް ރައީސް ޓްރަމްޕް އަވަހާރަފުޅު ލައްޕަވަމުންގެންދަވާ ވީޑިއޯތައް ކެލިފޯރނިޔާއަށް ނިސްބަތްކުރެވޭ ޑެމޮކްރެޓް ޓެޑް ލިއު މިދިޔަ ބުދަދުވަހު ހާމަކުރުމުން ޚާރިޖީވަޒީރު ރޫބިއޯ ވަނީ ރައީސް ޓްރަމްޕްއަކީ އެމަނިކުފާނަށްވުރެން މާ ޒުވާން މީހުންނަށްވުރެންވެސް އެނަރޖެޓިކް ބޭފުޅެއްކަން ސާބިތު ކުރުމަށްޓަކައި މެންދަމު ދޭއް ތިނެއް ޖަހާއިރުވެސް ރޫބިއޯއާއި ގުޅުއްވާ ހައްދަވާކަމަށް ވިދާޅުވެފައެވެ. ރޫބިއޯގެ ވާހަކަތައް ޓެޑް ގަބޫލެއް ނުކުރެއެވެ. އަދި އޭގެބަދަލުގައި އަހަރެން މިދެއްކީ ހަމައެކަނި 3 ވީޑިއޯކަމަށާއި އެމެރިކާ މީހުންގެ ދެލޯ ހުރީ ސަލާމަތުންކަމަށް ބުނެ ނޮވެމްބަރމަސް ކައިރިވަމުން އަންނަކަން ހަނދާންކޮށްދީފައި ނިންމާލީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް