އަރަބި މުސްލިމް ގައުމުތަކާއި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުން ސަލާމަތާ ރައްކާތެރިކަން ބޭނުންވާނަމަ އެއްވެސް ޝަރުތަކާނުލައި އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމްކުރުމަށް އެމެރިކާގެ ރައީސް ކުރެއްވިއަމުރާގުޅިގެން އަނެއްކާވެސް ހަނގުރާމަހުއްޓިދާނެ ކަމުގެ އުންމީދު ނެތިގެން ހިނގައްޖެއެވެ. އެމެރިކާ ރައީސްގެ ބާރުގަދަ އަމުރުފުޅަށް އަމަލުނުކުރެވޭކަމަށް ސައޫދީ އެރޭބިއާއި ގަތަރް އަދި އޮމާނާއި ޕާކިސްތާނާއި ކުވޭތުންވެސް ވަނީ ބުނެފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައި އީރާނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި 300 ބިލިއަން ޑޮލަރ އީރާނަށް ދިނުމާބެހޭ މަޝްވަރާތައް ވޯޝިންގްޓަންގެ ބަންދުކޮޓަރީގައި ކުރެވެމުންދާކަމަށް ބައެއް އެހެންބޮޑެތި ޕްލެޓްފޯރމްތަކުގައި ބުނެފައި ވެއެވެ. މިއީ އެމެރިކާއަށް ހަނގުރާމަ ކާމިޔާނުކުރެވުނުކަމުގެ ނިޝާނެއް ކަމުގައިވެސް މީޑިއާތަކުގައި ސުވާލު އުފައްދާފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ އަލިފާންގަނޑު ފިނިވެދާނެކަމަށް ކުރެވެމުންދާ އުންމީދުތައް އަނެއްކާވެސް ހަމައެކަނި އަވާމެންދުރުތަކަކަށް ވެގެންދާމަންޒަރު ފެންނަން ފަށައިފިއެވެ.
ރޭ ދަންވަރު އެމެރިކާއިން އީރާނަށް ދިންވައިގެ ހަމަލާގެ ނަތީޖާއަކީ ކޮބައިތޯ މީޑިއާތަކުގައި ގިނަ ސުވާލުތަކެއް އުފައްދަމުން އެބަ ގެންދެއެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒު ކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ މަރްކަޒުތަކަށެވެ. އެމެރިކާއިން ހަމަލާދިނުމަށް ބޭނުންކުރި ފައިޓަރޖެޓް ތަކުން އެއް ބޯޓު އީރާނުން ވައްޓާލާފައިކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އެހެން ބައެއް ރިޕޯރޓްތަކުން އީރާނުން ވައްޓާލީ އެމެރިކާގެ ހަމަލާތަކުގައި ބޭނުންކުރި ޑްރޯނެއް ކަމަށް ބުނެފައި ވެއެވެ. ކޮންމެއަކަސް އެމެރިކާގެ ހަމަލާ ކާމިޔާބު ނުކުރެވުނުކަމަށް ހުރިހާ މީޑިއާ އަކުންވެސް ވަނީ އެއްބަސްވެފައެވެ. ފައިޓަރޖެޓް ވައްޓާލުމާ ގުޅިގެން އެ ހަމަލާގައި ބައިވިރިވި އެހެން ފައިޓަރޖެޓްތައް ވަނީ އީރާނުގެ ސަރަހައްދުން ބޭރުވެފައެވެ. ދުނިޔޭގެ ހަމައެކަނި ސުޕަރ ޕަވަރ އިން ދިން މި ވަރުގަދަ ހަމަލާ ނާކީމިޔާބު ކޮށްލުމުގެ ކުޅަދާނަކަން އީރާނުން ލިބިގަނެފައިވާ ގޮތަކާ ދޭތެރޭ މި ހާދިސާ ދިރާސާ ކުރާ އެނަލިސްޓުންގެ ކުރިމައްޗަށް އެތައް ސުވާލެއްގެ ވާރޭ ވެހެމުން އެބަދެއެވެ. އެމެރިކާއިން ބުނެފައިވަނީ ޗައިނާގެ އީރާނުން ބޭނުންކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ އެމެރިކާގެ ފައިޓަރޖެޓް ވައްޓާލުމަށްޓަކައި އީރާނުން ޗައިނާގެ މިސައިލް ބޭނުންކޮށްފައިވާކަމަށެވެ. މި ހުސްވި އޭޕްރިލްމަހުގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިން ހުޅަނގު އީރާނުގައި ހިންގި ރެސްކިއު މިޝަނެއްގައި ވެސް އެމެރިކާގެ އެފް-15އީ މަރުކާގެ ސްޓްރައިކް އީގަލް ފައިޓަރޖެޓެއް ވައްޓާލުމަށްވެސް އީރާނުން ބޭނުން ކޮށްފައިވަނީ ޗައިނާއިން އުފައްދާފައިވާ ކޮނޑުމަތިން ހަމަލާދޭ ވައްތަރުގެ މިސައިލެކެވެ. 7 ފޫޓު ދިގު 40 ރާތަލުގެ ބަރުމިނުގެ މި ވައްތަރުގެ މިސައިލަކީ ތިރިން އުދުހޭ ފައިޓަރޖެޓްތައް ވައްޓާލަން ބޭނުންކުރެވޭ އެންމެ ކާމިބު ވަސީލަތް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ފާއިތުވެގެންދާ އެތައް އަހަރެއްގެ ތެރޭގައި އެ މަރުކާގެ ފައިޓަރޖެޓެއް ވައްޓާލެވުނު އެންމެ ފުރަތަމަ ފަހަރު ކަމުގައި ވެގެންދާތީ އޭޕްރިލްމަހުގައި ފައިޓަރޖެޓް ވައްޓާލިގޮތް ހޯދުމުގެ ތަހްގީގު މިހާރުވެސް އެމެރިކާ މިލިޓްރީން ކުރިއަށް ގެންދާކަން މީޑިއާތަކުން ހާމަކޮށްފައިވެއެވެ. މި ހަނގުރާމަ ފެށުނުތަނާހެން ޗައިނާއިންވަނީ ހަނގުރާމަމަތީ ސްޓެލްތު އެއާރކްރާފްޓް ތަކުގެ މައުލޫމާތާއި އިންޒާރު ކުރިން ފޮނުވައިދޭ ދުރު ރާސްތާ ރާޑަރ ތަކާއި އެއާރޑިފެންސް ނިޒާމަތަކާއި އިތުރު ހަތިޔާރު އީރާނަށް ފޮނުވަން ނިންމާފައިވާކަމަށް އެމެރިކާ އޮފިޝަލުންނާ ހަވާލާދީ އެން ބީ ސީ ނިއުސް އިންވަނީ ހާމަކޮށްފައެވެ. މި މައުލޫމާތުތަކާ ގުޅޭގޮތުން ޗައިނާއިން ބުނެފައިވަނީ ޗައިނާއަކީ ކުރާކޮންމެ ކަމެއްގައިވެސް ބައިނަލް އަގްވާމީ ގާނޫނުތަކަށް ތަބާވަމުންގެންދާ ގައުމެއް ކަމަށެވެ.
މިމަހު ކުރީކޮޅު ރައީސް ޓްރަމްޕް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ރައީސް ޝީ ޖިންޕިންއާއެކު އީރާން ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް ދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އެހެންނަމަވެސް ޗައިނާގެ ރައީސަށް އިތުބާރު ނުކުރައްވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ ވަނީ ހާމަކުރައްވާފައެވެ.
![]()
