އުދައިދު މިލިޓްރީބޭސްއަށް އީރާނުން ދިން ހަމަލާގައި ނުދައްކާ ވާހަކަ

Loading

Facebook
Twitter
WhatsApp

ގަތަރުގެ އަލް އުދައިދު އެއާރބޭސްއަށް އީރާނުން ދިން ހަމަލާގެ ޚަބަރުތައް ބައިނަލް އަގްވާމީ މީޑިއާތަކުން ވަނީ ފެނިފައެވެ. އެކަމަކު އެއީ ކިހާވަރެއްގެ ހަމަލާއެއްކަން ބައިނަލް އަގްވާމީ ބޮޑު އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ ހާމަކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މިފަހަރު އެ ޚަބަރުތައް ހާމަކޮށްދީފައިމިވަނީ ނިއުސް ވަރަޔ އެކްސް އިންނެވެ.


އަލް އުދައިދު އެއާރބޭސްއަކީ ގަލްފް ސަރަހައްދުގައި ގާއިމްކޮށްފައިހުރި އެންމެބިޔަ އަދި އެމެރިކާއަށް އެންމެ މުހިންމު މިލިޓްރީ މަރުކަޒެވެ. އެ މިލިޓްރީ ބޭސްއަށް ދިން ހަމަލާގެ ސަބަބުން މިޒަމާނުގެ ވޯރފެއަރ އާއި ދިފާއީ ނިޒާމްގެ ސްޓްރާޓެޖީ އާއި މުސްތަގްބަލްގެ މިލިޓްރީ ރޭވުންތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެއެވެ.
ޝަހާބް-238 ކަމިކާޒޭ މަރުކާގެ އަގުހެޔޮ 5329 ޑްރޯން ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު އަލްއުދައިދުގެ ރަންވޭ އާއި ފިއުލް އިންފްރާސްޓްރަކްޗަރތަކާއި ހޭންގަރ ތަކާއި ލައިޓިން ސިސްޓަމްއާއި އޮޕަރޭޝަން ސެންޓަރތަކަށް އަމާޒުކޮށް ފުލުފުލުން އީރާނުން ދިން އެހަމަލާއަކީ ހަމައެކަނި އެތަންތަން ހަލާކު ކޮށްލުމުގެ އިތުރުން އޭގެ ކުރިމަތީގައި މިޒަމާނުގެ އެންމެ ކުރިއަރާފައިވާ މިލިޓްރީ ވަސީލަތްތަކުގެ މާބޮޑު ބޭނުމެއްވެސް ނެތްކަން ހާމަކޮށްދިން ހަމަލާއެކެވެ. މާޒީގައި ހިނގާދިޔަ އެއްވެސް މިލިޓްރީ ދެކޮޅުވެރިކަމެއްގައި މިވަރުގެ ހަމަލާއެއް ހިނގާފައިވާކަން އެނގޭކަށް ނެތެވެ. މި ހަމަލާތައް ހުއްޓުވުމަށްޓަކައި ބޭނުންކުރި އެމެރިކާގެ އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމްތަކަށް ކުރެވުނު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. އީރާނުން ދީފާނެ ހަމަލާތަކަށް ފާރަލާން އެރޭބިއަން ސީގެ ތެރޭގައި އޮތް އެއާރކްރާފްޓް ސްޓްރައިކް ގުރޫޕަށާއި ގަލްފް ސަރަހައްދުގައި ގާއިމްކޮށްފާހުރި އެމެރިކާގެ ބާރުގަދަ ދިފާއީ ނިޒާމުން މަތަކުރެވުނު ކަމަށް ވަނީ އީރާނުގެ ހަމަލާގެ އެންމެ %13 ކަން އެނގިފައިވެއެވެ.
އީރާނުގެ ހަމަލާއަށް ބޭނުންވީ ހަމައެކަނި 9 މިނިޓްގެ ވަގުތުކޮޅެކެވެ. އީރާނުގެ ފުރަތަމަ ހަމަލާ އެމެރިކާގެ ދިފާއީ ރާޑަރ ތަކަށް އެރުމުގެ 9 މިނިޓްފަހުން އަލް އުދައިދު އެއާރބޭސް ވުޖޫދުން ފޮހެވިގެން ހިނގައްޖެއެވެ. އެއާރބޭސް މަރާމާތުކުރަން ވަގުތީގޮތުން ބަންދުކުރިކީ ނޫނެވެ. ދާއިމަށްޓަކައި ނެތިގެން ދިޔައީއެވެ. އީރާނާ ދެކޮޅަށް ދުވާލަކު 300 އަށްވުރެން ގިނަ ހަމަލާތަށް ދިނުމަށް ބޭނުންކުރި އެއާރބޭސް އަށް އީރާނުންދިން ހަމަލާއަށްފަހު އެމެރިކާގެ އެންމެ ތަޖްރިބާކާރު އެއާރފޯސް އިންޖިނޭރުން ކުރި ތަހްލީލު ތަކުން އަލްއުދައިދު ގެ ރަންވޭ އަލުން ބޭނުން ނުކުރެވޭނެކަމާއި އަދި ރަންވޭގެ ބިމުގައި އެހެން ރަންވޭއެއް ބިނާ ކުރުމަށްޓަކައި މުޅި ސަރަހައްދު ކޮނެ ސާފުކުރުމަށްފަހުގައި މެނުވީ އެހެން ރަންވޭއެއް ވަގުތީގޮތުންވެސް ތައްޔާރު ނުކުރެވޭނެ ކަން ކަށަވަރުވެގެން ދިޔައީއެވެ. މެދުއިރުމަތީގައި އެމެރިކާ މިލިޓްރީ ހަރަކާތްތަކުގެ މައިބަދަ ބިންދާލެވުނީކަމަށް ތަޖްރިބާކާރުން ބުނެފައިވެއެވެ.
އަލް އުދައިދު އެއާރބޭސްގެ ބިމުގައި އިތުރު ރަންވޭއެއް އަލުން އިމާރާތް ނުކުރެވެންވީ ސަބަބު އެއްވެސް މީޑިއާއަކުން ބުނެފައެއް ނުވެއެވެ. ނުވަތަ ހާމަކުރަން ބޭނުމެއް ނުވެއެވެ.
އީރާނުގެ ހަމަލާތަކުގައި އަލް އުދައިދު އެއާރބޭސްގެ ރަންވޭ ގޮއްވާލުމަކީ އެ ބިމުގައި އެހެން ރަންވޭ އެއް ނޭޅެންވީ ސަބަބެއް ނޫނެވެ. ރަންވޭ އިމާރާތް ކުރުމަށްޓަކައި ބޭނުންކޮށްފައިހުރި އެސްފަލްޓްތައް ނުވަތަ ތާރުގެ ފަށަލަތައް ހަލާކުވެގެން ދިއުމެއްވެސްނޫނެވެ. ސަބަބަކީ އެހަމަލާގައި އީރާނުން ބޭނުންކޮށްފައިވާ ޑްރޯންތަކަށް ބަރުކޮށްފައިހުރި ނުރައްކާތެރި މައުދަނެކެވެ. އީރާނުން ބޭނުންކުރި 5329 ޑްރޯންގެ ތެރެއިން ރަންވޭއަށް އަމާޒުކޮށްފައިވާ 3800 ޑްރޯނަށް ބަރުކޮށްފައިވަނީ ތަރމައިޓް އެވެ. ތަރމައިޓަކީ އެލުމިނިއަމް ޕަވްޑަރާއި އަޔަން އޮކްސައިޑް އެއްކޮށްގެން ހަދާފައިވާ މައުދަނެކެވެ. އޭގައި ރޯވެއްޖެނަމަ އަނދަމުންދާނީ ގާތްގަނޑަކަށް 2500 ޑިގްރީ ސެންޓިގްރޭޑްގެ ހޫނުމިނު ގައެވެ. އެ ހޫނުމިނުގައި ދަނގަޑާއި ތާރުގެ ފަދަ މައުދަންތަކުގެ ބޯ ފަށަލަތައް ފެންފަދައިން ވިރުވާލުމަށްފަހު ރަންވޭ ބިނާކުރުމަށް ޓަކައި ބޭނުންކުރާ ހިލައާއި އެހެނިހެން މައުދަންތައްވެސް ވިރުވާލައި ބިމުގެ ވެލިތަކަށް ދާންދެން އަޅިއަށް ހަދާލާނެއެވެ. ތާރމައިޓުން ވިރުވާލާފައިވާ ބިމެއް ކޮނެ ސާފުކޮށްގެން ވިޔަސް ރަންވޭއެއްގެ ލޯޑު ހިފާއްޓާނެ ފެންވަރުގެ ރަންވޭއެއް ބިނާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އާންމުގޮތެއްގައި އެފް-35 މަރުކާގެ ފައިޓަރޖެޓެއްގައި 31000 ރާތަލުގެ ބަރު ހުންނާނެއެވެ. އަދި ބީ-2 މަރުކާގެ ބޮންއަޅާ ބޯޓެއްގައި 158000 ރާތަލުގެ ބަރު ހުންނާނެއެވެ. މި ބަރުމިނުގެ އެއާރކްރާފްޓް ހަރަކާތްރަކަށްޓަކައި ރަންވޭ އަކީވެސް ވަރަށް ޚާއްސަ ފެންވަރެއްގައި ބިނާކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.
އެމެރިކާ އެއާރފޯސް އިންޖީރުންގެ ޓީމުން ހޯދި ހޯދުންތަކުން ރަންވޭގެ %74 ވަނީ ތަރމައިޓްގެ ސަބަބުން އަނދާ ހުލިވެފައިވާކަން ހާމަވެފައި ވެއެވެ. އަލުން އެ މުޅި ސަރަހައްދު ކޮނެ އަލުން ރަންވޭއެއް އެޅުމަށްޓަކައި 3 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެއެވެ.
އީރާނުގެ ހަމަލާގައި ބޭނުންކުރި އެހެން ޑްރޯންތައް ބަރުކޮށްފައިވަނީ އާންމުކޮށް ތަންތަން ހަލާކުކޮށް ވީރާނާ ކުރުކަށްޓަކައި ބޭނުންކުރާ ހަތިޔާރު ތަކުންނެވެ. އަދި އެ ޑްރޯންތައް އަމާޒުކޮށްފައިވަނީ އަލްއުދައިދު އެއާރބޭސްގެ އޮޕަރޭޝަނަލް ހެޑްކުއާރޓަރު ތަކާއި ފިއުލް ސަޕްލައި އަދި މެއިންޓެނަންސް ވަސީލަތްތަކާއި ނެވިގޭޝަން ސާމާނާއި ލައިޓިންގ ސިސްޓަމް ތަކަށެވެ.
އީރާނުން ދިން ހަމަލާގެ މައްޗަށް ތަފްސީލުކޮށް ބަލާލުންވެސް ބޭނުމެވެ. އީރާނުން 5329 ޑްރޯން އުދުއްސާލީ އަމާޒެއްނެތި ކަމަށް ބަލައިގެން ނުވާނެއެވެ. އެ ހަމަލާތައް ރާވާފައިވަނީ އެމެރިކާގެ 4 ފަށަލައިގެ ދިފާއީ ނިޒާމްތައް ފޫއަޅުވާލުމަށްފަހު އަމާޒަށް ވާސިލުވުމުގެ މައްޗަށެވެ. ފުރަތަމަ ބުރުގެ 1200 ޑްރޯން އުދުއްސާލާފައިވަނީ އީރާނުގެ ހުޅަނގު އުތުރުން ހެނދުނު 6.40 ގައެވެ. އަމާޒަކަށްވެފައިއޮތީ ސަރަހައްދުގައިހުރި އެމެރިކާގެ ހުރިހާ ދިފާއީ ނިޒާމެއް އެކުއެކީގައި ހަރަކާތަށް ގެނައުމެވެ. ފަލަންކްސް ދިފާއީ ނިޒާމުގެ ހޫނު ގަދަކޮށްލުމެވެ. ފަލަންކްސް ދިފާއީ ނިޒާމުން މިނިޓަކު 4500 ރައުންޑްގެ ރައްދު ހަމަލާ ދެވޭނެއެވެ. ކޮންމެ މިނިޓަކަށްފަހު ފިނިކުރަން ވަގުތު ބޭނުންވާނެއެވެ. ދިފާއީ ރާޑަރތަކަށް ލިބިފައިވާ ވަސީލަތްތައް ބަންޑުންކޮށްލުމެވެ. ޖައްވުގައި އުދުހެމުންދިޔަ އެފް-35 މަރުކާގެ ފައިޓަރޖެޓްތަކުން ފުރަތަމަ ބުރުގެ 1200 ޑްރޯނަށް ސިކުންތަކު 30 އެއާރ ޓު އެއަރ މިސައިލްގެ ރައްދު ހަމަލާ ދެވޭނެއެވެ. އެ ފައިޓަރޖެޓްތަކުގައި ހުރި މިސައިލްތައް ފުރަތަމަ 90 ސިކުންތު ތެރޭގައި ހުސްވެއްޖެއެވެ. ދެ ވަނަ ބުރުގެ 2112 ޑްރޯން އަކީ ޓަރމައިޓް ބަރުކޮށްފައިވާ ޑްރޯންތަކެކެވެ. އެ ޑްރޯންތައް އުދުއްސާލާފައިވަނީ ހުޅަނގު އުތުރުންނާއި އިރު ދެކުނުންނާއި އަދި ދެކުނުން އެއްފަހަރާ ކުރީ ބުރުގެ 1.46 މިނިޓް ފަހުންނެވެ. އެވަގުތު ފަލަންކްސް ދިފާއީ ނިޒާމް އޮތީ ކުރީބުރުގެ ރައްދު ހަމަލާތަކަށްފަހު ހޫނުބޮޑުވެގެން ފިނިކުރަން ޖައްސާފައެވެ. ޕެޓްރިއޮޓިކް ބެޓްރީތަކުގެ އިންޓަރސެޕްޓަރތައް ވަނީ ހުސްވާންކައިރިވެފައެވެ. ރޯލިން އެއާރފްރޭމް މިސައިލްތައް ވަނީ ހުސްވެފައެވެ. އެފް-35 މަރުކާގެ ފައިޓަރޖެޓްތަކުން މިސައިލް ހުސްވެފައެވެ.
ދެވަނަބުރުގެ 2112 ޑްރޯން ހުއްޓުވޭނެ ގޮތެއް އެމެރިކާގެ ދިފާއީ ނިޒާމުތަކަށް ލިބިފައެއް ނެތެވެ. ތިންވަނަ ބުރުގައި ހިމެނޭ ތަރމައިޓް ބަރުކޮށްފައިވާ އިތުރު 1486 ޑްރޯން އުދުއްސާލާފައިވަނީ ދެވަނަބުރުގެ 5.22 މިނިޓް ފަހުންނެވެ. އެ ޑްރޯންތަކުގެ އަމާޒަށް ވާސިލުވެ އަލް އުދައިދުގެ ރަންވޭ އާއި އެހެނިހެން ވަސީލަތްތައް ނައްތާލާފައިވަނީ ހެނދުނު 6.21 ގައެވެ. ހަތަރުވަނަ ބުރުގެ 529 ޑްރޯން އަލް އަލްއުދައިދުގެ ފިއުލް ފާރމް އާއި ދެންހުރި ވަސީލަތްތައް ނައްތާލާފައިވަނީ ހެނދުނު 6.22 ގައެވެ. އެ ހަމަލާތައް ހުއްޓުވޭނެ އެއްވެސް ގޮތެއް އެމެރިކާއަށް ލިބިފައެއް ނެތެވެ. ފިއުލްފާރމްގައި ރޯވެފައިވަނީ 6.23 ގައެވެ. 9 މިނިޓްގެ ތެރޭގައި އަލްއުދައިދުގެ 3 ރަންވޭ އާއި 12 ޓެކްސީވޭ ނެތުމުގެތެރެއަށް ގެއްލިގެން ދިޔައީއެވެ.
ހަނގުރާމައިގެ ގެއްލުންތައް އަންދާޒާކުރުމުގައި މާލީގޮތުން ލިބޭގެއްލުންތައް ހިސާބުކުރަން ޖެހޭނެއެވެ. އަލްއުދައިދު އެއާރބޭސް ނައްތާލުމަށް އީރާނުން ދިން ހަމަލާތަކުގެ ޖުމުލަ އަގަކީ 519 މިލިއަން އެމެރިކާ ޑޮލަރ ކަމުގައި އަންދާޒާކުރެވިފައިވެއެވެ. އެ ހަމަލާތައް ދިފާއު ކުރުމަށްޓަކައި އެމެރިކާއިން 13 ބިލިއަން ޑޮލަރ ހޭދަކުރަންޖެހުނު ކަމަށް އަންދާޒާކުރެވިފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް