އެންމެ ގޯސް ހާލަތްތަކަށް ތައްޔާރުވުމަށް ޗައިނާގެ ގައުމީ ސަލާމަތާބެހޭ ފަރާތްތަކަށް ޝީ ޖިންޕިންގް އަންގަވައިފި

ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ގަބޫލުކުރެވޭތީ، ތާށި ދުވަސްތަކަކަށް އަދި އޭގެ ސަބަބުން ނުކުމެދާނެ އެންމެ ގޯސް ހާލަތްތަކަށްވެސް ތައްޔާރުވެތިބުމަށް ޗައިނާގެ ގައުމީ ސަލާމަތާއި ބެހޭ އޮފިޝަލުންނަށް ރައީސް ޝީ ޖިންޕިންގް އަމުރުކުރައްވައިފިއެވެ. ”ކުރިމަތިލާން ޖެހިފައި މިވާ ގައުމީ ސަލާމަތަށް އޮތް ނުރައްކާ މިހާރު ބޮޑުވެ، މައްސަލަތައް ވަނީ އިތުރުވެފަ.“ އަންގާރަ ދުވަހު އޮތް ކޮމިއުނިސްޓް ޕާޓީގެ ގައުމީ ސަލާމަތާބެހޭ ކޮމިޝަނުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝީ ޖިންގްޕިންގް ވިދާޅުވެފައިވާކަމަށް ގައުމީ ނޫސް […]
ނިޔޯމްއާ ދޭތެރޭގައި ސައުދީ އަމީރުގެ އޮތް އެންމެ ފަހުގެ ވިޜަން ހާމަކުރައްވައިފި

ހުޅަނގު އުތުރު ސައުދީ އަރަބިއާގެ ހަނަފަސް ސަހަރާގައި ބިނާކުރުމަށް ރޭވިފައިއޮތް ޓްރިލިއަން ޑޮލަރުގެ މެގަސިޓީގެ މަސައްކަތުގައި ކުލަޖެހެން ފަށައިފިއެވެ. ސައުދީ އަރަބިއާގެ ތާބޫކް ޕްރޮވިންސްގައި ބިނާކުރުމަށް ތައްޔާރުވެފައިވާ ސްމާޓް ސިޓީ، ނިޔޯމްއަކީ، ސައުދީ އަރަބިއާގެ އަމީރު އަދި ވަލީއަހުދު، މުޙައްމަދު ބިން ސަލްމާނުގެ ޚިޔާލުފުޅެކެވެ. ސައުދީގެ އިގުތިސާދު ސިންދަފާތު ކުރެއްވުމަށާއި، ފޮސިލް ފިއުލް ނުވަތަ އިއާދަ ނުކުރަނިވި ހަކަތައަށް އެގައުމުން ވާ ބަރޯސާ ނައްތާލުމުގެ ވިސްނުންފުޅަކާއެކު ފެއްޓެވި މި މަޝްރޫޢަށް ބިލިއަނުން ފައިސާ ވަންނާނެކަމަށް އަމީރު ދެކެވަޑައިގަންނަވައެވެ. […]
ސައުދީން ސިންގަޕޫރަށް ބޭރުކުރާ ތެލުގެ އަދަދު ރިކޯޑު މިންގަނޑެއްގައި

ދުނިޔޭގެ އެންމެ ބޮޑު ކްރޫޑް ތެޔޮ އެކްސްޕޯޓަރު ކަމުގައިވާ ސައުދީ އަރަބިއްޔާއިން, ރަޝިއާއިން ހެޔޮ އަގުގައި ޑީސަލް ގަތުމަށްފަހު، ބޮޑު އަގެއްގައި ސިންގަޕޫރަށް ބޭރުކުރަމުންދާކަމަށް މުދާ އުފުލާ ބޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓްރޭޑިންގެ ދުނިޔޭގައި މަޝްހޫރު، ކޭޕްލަރ އަދި ރެފިނިޓިވް އާއި ހަވާލާދީ އެނގޭ ގޮތުގައި، ސައުދީން މެއި މަހުގެ ނިޔަލަށް 500،000 ޓަން (3.7 މިލިއަން ފީފާ) ގެ ޑީސަލް ރަޝިއާއިން އެތެރެކުރާނެއެވެ. އަދި އޭގެ ގިނަ ތެޔޮ އަންނާނީ ސައުދީގެ ރަސް ޓަނޫރާއަށް ކަމަށްވީއިރު، […]
ތުރުކީ ރައްޔިތުން ތިބީ މިއަދު އޮތް އިންތިޚާބުގެ ނަތީޖާއަށް ކެތްމަދުވެފަ

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު، މިއަދުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި، އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ތުރުކީގެ ރައްޔިތުންގެ ޚިޔާލުތައް ދެބަޔަކަށް ބެހިފައިވާއިރު، ގިނަ ބަޔަކު ދެކެނީ މި އިންތިޚާބަކީ ވަރުގަދަ ދެފިކުރެއްގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައެވެ. ރައީސް އުރުދުޣާން ފާހަގަކުރެވިފައިވަނީ އުޘްމާނީ ދަރިދަރިކޮޅަށް ދެމިގެންދިޔަ 600 އަހަރުވީ އޮޓޮމަން އެމްޕަޔަރުގެ އިސްލާމީ ސިޔާސަތުތަކަށް ފާޅުގައި […]
އޭޝިއާނާ އެއަރލައިންސްގެ ދަތުރުގެ މެދުތެރެއިން ފްލައިޓްގެ ދޮރު ހުޅުވުން، ބިރުވެރި ވަގުތުކޮޅެއް!

ސައުތު ކޮރެއާ: ހުކުރު ދުވަހު އޭޝިއާނާ އެއަރލައިންސްގެ ޖެޓެއް ސައުތު ކޮރެއާގެ ދައެގޫ އެއަރޕޯޓަށް ކުރަމުންދިޔަ ދަތުރުގެ މެދުތެރެއިން ފްލައިޓުގެ ދޮރު ހުޅުވި، ފްލައިޓުތެރޭގައި ވައިގަދަވެ، ފަސިންޖަރުން ބިރުވެރިކަމެއްގެ މަތީގައި ގޮނޑީގެ އަތްގަނޑުގައި ހިފައިގެން ތިބޭތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. އެއަރލައިން އޮފިޝަލަކު ބުނެފައިވަނީ، އުޅަނދުގެ އެމަރޖެންސީ ދޮރާއި ގާތުގައި އިން 30 އަހަރުގެ ފިރިހެނަކު އެދޮރު ހުޅުވާފައިވާކަމަށާއި، އެއިރު ފްލައިޓު އޮތީ ބިމުން 700 ފޫޓު (213 މީޓަރު) މަތީގައެވެ. އަދި އެއިރު ފްލައިޓްދިޔައީ ސޯލްގެ […]
ދުބާއީގައި 34 މިލިއަން ޑޮލަރަށް ހުސް ވެލި ބިމެއް ވިއްކައިފި

34 މިލިއަން ޑޮލަރަށް ގަނެވޭނެ އެތައް ބައިވަރު ތަކެއްޗެއްވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ގަނޑުވަރުތަކާއި، އަތިރިމަތީގައި ހުންނަ ބޮޑެތި ގެތަކާއި، އެއްކޮޅުގައި ހުންނައިރު އަނެއްކޮޅު ނުފެންނަ ޝާހީ އިމާރާތްތައް އެއަދަދުގެ ފައިސާއިން ގަނެވިދާނެއެވެ. އަދި މަޝްހޫރު ސްޕޯޓްސް ކާރު، ލެމްބޯރގިނީ ނުވަތަ ރޯލްސް ރޮއިސް ފޭންޓަމް ފަދަ ކާރުތަކުގެ ފްލީޓްތަކާއި، އަމިއްލަ ޖެޓެއްވެސް ގަނެވިދާނެއެވެ. އެކަމަކު ދުބާއީގައި މިފަހަރު މި ގަތީ ވެލިގަނޑެކެވެ. ނޫނެކެވެ. މިއީ ކޮންމެ ކޮންމެ ވެލިގަނޑެއް ނޫނެވެ. މިއީ ލަގްޒަރީ ޖުމެއިރާ […]
އިންޓަރމިލާންގެ ޓީ-ޝާޓުތައް ސްޕޮންސަރކުރުމުގެ މަޝްވަރާތައް ޓަރކިޝް އެއަރލައިންސްއާއެކު ކުރިއަށްދަނީ

ފުޓުބޯޅަ ކްލަބް، އިންޓަރ މިލާންގެ ޓީޝާޓުތަކުގެ މައި ސްޕޮންސަރެއްގެ ގޮތުގައި ޓަރކިޝް އެއަރލައިންސް ހަމަޖެއްސުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިންޓަރމިލާނުން މިހާރު ކުރިއަށްގެންދަނީ އެކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކެވެ. ޓަރކިޝް އެއަރލައިންސްއާއި، އިންޓަރމިލާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި މިޑްފީލްޑަރ ހަކަން ޗަލްހަނޯލޫގެ ބޮޑު ބައިވެރިވުމެއް ވާކަމަށް މައުލޫމާތު ލިބެއެވެ.
ވަޒީރުން އުޅުއްވާ ގެތައް ތަހުގީގުކުރަން ސިންގަޕޫރުގެ ބޮޑުވަޒީރުއަމުރުކުރައްވައިފި

ސިންގަޕޫރުގެ ދެ ވަޒީރުން ދިރިއުޅުއްވަން ވަރަށް ހާއްސަ ސަރަހައްދުތަކެއްގައި ހަދާފައިވާ ދައުލަތުގެ ގެތަކެއް ކުއްޔަށް ދީފައިވާ އުސޫލާމެދު އިދިކޮޅުން ސުވާލު އުފެއްދުމާއި ގުޅިގެން އެ ވަޒީރުންގެ މައްޗަށް ތަހުގީގު ހިންގުމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޯންގް އަމުރުކުރައްވައިފިއެވެ. ސަރުކާރުގެ ނަޒާހަތްތެރިކަމަށް ދައުވާކޮށް އެކަމަށް ފަޚުރުވެރިވާ މުއްސަނދި ސިންގަޕޫރުގެ، “ކޮރަޕްޝަން-ފްރީ” ގައުމެއްގެ ލަގަބާއި މެދު މީހުން ސުވާލު އުފައްދާފައިވާއިރު، ވައްކަމާއި ކޮރަޕްޝަނަށް އޮތް ފުރުސަތު ކުޑަކުރުމަށްޓަކައި، ސިންގަޕޫރުގެ ވަޒީރުންނަށް މުސާރައިގެ ގޮތުގައި 1 މިލިއަން އެމެރިކާ ޑޮލަރު […]
އިންޓަރމިލާންގެ ޓީ-ޝާޓުތައް ސްޕޮންސަރކުރުމުގެ މަޝްވަރާތައް ޓަރކިޝް އެއަރލައިންސްއާއެކު ކުރިއަށްދަނީ

ފުޓުބޯޅަ ކްލަބް، އިންޓަރ މިލާންގެ ޓީޝާޓުތަކުގެ މައި ސްޕޮންސަރެއްގެ ގޮތުގައި ޓަރކިޝް އެއަރލައިންސް ހަމަޖެއްސުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިންޓަރމިލާނުން މިހާރު ކުރިއަށްގެންދަނީ އެކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކެވެ. ޓަރކިޝް އެއަރލައިންސްއާއި، އިންޓަރމިލާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި މިޑްފީލްޑަރ ހަކަން ޗަލްހަނޯލޫގެ ބޮޑު ބައިވެރިވުމެއް ވާކަމަށް މައުލޫމާތު ލިބެއެވެ.
ކާބޯތަކެއްޗާއި ހަކަތައަށް ޖެހުން، އެ ހުޅުގަނޑު ރޯކުރަނީ އެމެރިކާގެ އިސްނެގުމުގެ މަތިން ހުޅަނގުން: ޕޫޓިން

ދުނިޔޭގެ ގައުމުތަކުން ކާބޯތަކެއްޗާއި ހަކަތައަށް ޖެހިފައިވަނީ އެމެރިކާގެ އިސްނެގުމުގެ މަތިން ހުޅަނގުން ރޯކުރަމުންދާ ހުޅުގަނޑުގެ ސަބަބުންކަމަށް ރަޝިއާގެ ރައީސް ވްލާޑިމިރް ޕޫޓިން ވިދާޅުވެއްޖެއެވެ. ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ކާބޯތަކެއްޗާއި ހަކަތައަށް ޖެހިފައިވަނީ، އެމެރިކާ ކުރީގައި ހުރެގެން ހުޅަނގުގެ ދުނިޔެއިން ރޯކުރަމުންދާ ހުޅުގަނޑުގެ ސަބަބުން ކަމަށާއި ރަޝިއާއާއި ރަޝިއާގެ ބައިވެރިން އެކުގައި ނުކުތީ ތަފާތުކުރުން ނެތް އިންސާފުވެރި ދުނިޔެއެއް ގާއިމުކުރުމަށްކަމުގައެވެ. ޕުޓިން ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާރުތައް އެކި ގައުމުތަކަށް ބެހި ބާރުގަދަ ގައުމުތައް […]