ކާބޯތަކެއްޗާއި ހަކަތައަށް ޖެހުން، އެ ހުޅުގަނޑު ރޯކުރަނީ އެމެރިކާގެ އިސްނެގުމުގެ މަތިން ހުޅަނގުން: ޕޫޓިން

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ގައުމުތަކުން ކާބޯތަކެއްޗާއި ހަކަތައަށް ޖެހިފައިވަނީ އެމެރިކާގެ އިސްނެގުމުގެ މަތިން ހުޅަނގުން ރޯކުރަމުންދާ ހުޅުގަނޑުގެ ސަބަބުންކަމަށް ރަޝިއާގެ ރައީސް ވްލާޑިމިރް ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ކާބޯތަކެއްޗާއި ހަކަތައަށް ޖެހިފައިވަނީ، އެމެރިކާ ކުރީގައި ހުރެގެން ހުޅަނގުގެ ދުނިޔެއިން ރޯކުރަމުންދާ ހުޅުގަނޑުގެ ސަބަބުން ކަމަށާއި ރަޝިއާއާއި ރަޝިއާގެ ބައިވެރިން އެކުގައި ނުކުތީ ތަފާތުކުރުން ނެތް އިންސާފުވެރި ދުނިޔެއެއް ގާއިމުކުރުމަށްކަމުގައެވެ. 

ޕުޓިން ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާރުތައް އެކި ގައުމުތަކަށް ބެހި ބާރުގަދަ ގައުމުތައް އިތުރުވުމުން ވަކި ގައުމަކުން މަންފާ ލިބިގަނެ ނިކަމެތިކުރުމަށް އޮތް ފުރުސަތު ކުޑަކުރެވޭނެއެވެ. 

މީގެ އިތުރުން، އެފްރިކާއާއި، އޭޝީއާ އަދި ލެޓިން އެމެރިކާގެ ގައުމުތަކާއެކު ބާއްވާ ގުޅުންތައް ވަރުގަދަ ކުރައްވާނެކަމަށް ޕުޓިން ވައުދުވެ ވަޑައިގެންނެވިއެވެ.  

Loading

One Response

  1. ޕުޓިން ނަކީ ހަމަ ހަމަ ކަމާއެކު އިންސާފުވެރި ލީޑަރެއް އެމެރިކާ އަކީ މާ ހެޔޮއެދޭބައެއްކަމަށް ހެދިގެން މުޅި ދުނިޔެ ހަލާކުކުރާބައެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް