ސައުދީން ސިންގަޕޫރަށް ބޭރުކުރާ ތެލުގެ އަދަދު ރިކޯޑު މިންގަނޑެއްގައި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ބޮޑު ކްރޫޑް ތެޔޮ އެކްސްޕޯޓަރު ކަމުގައިވާ ސައުދީ އަރަބިއްޔާއިން, ރަޝިއާއިން ހެޔޮ އަގުގައި ޑީސަލް ގަތުމަށްފަހު، ބޮޑު އަގެއްގައި ސިންގަޕޫރަށް ބޭރުކުރަމުންދާކަމަށް މުދާ އުފުލާ ބޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓްރޭޑިންގެ ދުނިޔޭގައި މަޝްހޫރު، ކޭޕްލަރ އަދި ރެފިނިޓިވް އާއި ހަވާލާދީ އެނގޭ ގޮތުގައި، ސައުދީން މެއި މަހުގެ ނިޔަލަށް 500،000 ޓަން (3.7 މިލިއަން ފީފާ) ގެ ޑީސަލް ރަޝިއާއިން އެތެރެކުރާނެއެވެ. އަދި އޭގެ ގިނަ ތެޔޮ އަންނާނީ ސައުދީގެ ރަސް ޓަނޫރާއަށް ކަމަށްވީއިރު، ސައުދީ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއް އެތާގައި ހުންނަކަން ފާހަގަކުރެވެއެވެ. 

ހަމައެއާއެކު، ރެފިނިޓިވްއާއި ވޯޓެކްސަ އިން ކާކުކަން ނޭންގުމަށް އެދި ވާހަކަ ދެއްކި މަސްދަރަކާ ހަވާލާދީ ނޫސްތަކުން ލިޔެފައިވާ ގޮތުގައި މެއި މަހުގެ ނިޔަލަށް ސައުދީން ސިންގަޕޫރަށް ފޮނުވި ޑީސަލުގެ އަދަދު 400،000 ޓަނުގެ ރިކޯޑު އަދަދަކަށް އަރާނެއެވެ. އަދި ސާފު ތެޔޮ އެންމެ ގިނައިން އެތެރެކުރާ މެއި އަދި ޖޫން މަހާއި ދިމާކޮށް އިރުއުތުރު އޭޝިއާގެ އިން ކުރާ އެކްސްޕޯޓް ދަށަށް ދިޔުމާއެކު، ސައުދީން އެތެރެކުރާ ތެލުގެ މިންވަރު އިތުރުވުމުން ސިންގަޕޫރުގެ ސްޓޮކްސް ދަށަށް ދާނެކަމަށްވެސް އެފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

އެހެންނަމަވެސް، ޑީސަލްގެ ބާވަތުގެ ސަބަބުން، ސައުދީން އެ ގައުމުގެ އުފެއްދުންތައް ރައްކާކޮށް ބޭރުކުރަނީ ރަޝިއާގެ ޑީސަލްކަމެއް ނުވަތަ ނޫންކަމެއް ސާފުކުރެވިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް