ނިޔޯމްއާ ދޭތެރޭގައި ސައުދީ އަމީރުގެ އޮތް އެންމެ ފަހުގެ ވިޜަން ހާމަކުރައްވައިފި

Loading

Facebook
Twitter
WhatsApp

ހުޅަނގު އުތުރު ސައުދީ އަރަބިއާގެ ހަނަފަސް ސަހަރާގައި ބިނާކުރުމަށް ރޭވިފައިއޮތް ޓްރިލިއަން ޑޮލަރުގެ މެގަސިޓީގެ މަސައްކަތުގައި ކުލަޖެހެން ފަށައިފިއެވެ. 

ސައުދީ އަރަބިއާގެ ތާބޫކް ޕްރޮވިންސްގައި ބިނާކުރުމަށް ތައްޔާރުވެފައިވާ ސްމާޓް ސިޓީ، ނިޔޯމްއަކީ، ސައުދީ އަރަބިއާގެ އަމީރު އަދި ވަލީއަހުދު، މުޙައްމަދު ބިން ސަލްމާނުގެ ޚިޔާލުފުޅެކެވެ. 

ސައުދީގެ އިގުތިސާދު ސިންދަފާތު ކުރެއްވުމަށާއި، ފޮސިލް ފިއުލް ނުވަތަ އިއާދަ ނުކުރަނިވި ހަކަތައަށް އެގައުމުން ވާ ބަރޯސާ ނައްތާލުމުގެ ވިސްނުންފުޅަކާއެކު ފެއްޓެވި މި މަޝްރޫޢަށް ބިލިއަނުން ފައިސާ ވަންނާނެކަމަށް އަމީރު ދެކެވަޑައިގަންނަވައެވެ. އަދި ފަތުރުވެރިންގެ ސަމާލުކަން ލިބުމާއެކު، ޓެކްނޮލޮޖީއާއި އިޖާދީ ދުނިޔޭގެ ތަރުހީބު ލިބޭނެ މަންޒިލަކަށް ނިޔޯމް ވެގެންދާނެކަމަށް އޭނާ ގަބޫލުފުޅުކުރައްވައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް