ވޭޕް ކުރަނިކޮށް އިތުރު ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެ

Maldives News

ވޭޕް ކުރަނިކޮށް އިތުރު ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވޭޕްކޮށްގެން އުމުރުން 38 އަހަރުގެ ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ގޮސްފައިވެއެވެ. ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހުއާ ހަވާލާދީ އޮންލައިން ނޫސް ”މިހާރު“ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެސް ދާދިފަހުން ވަރަށް ޒުވާން ދެ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް، މޭ ގައި ފެން ހެދި، ލޭ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. ގައިމު ވެސް ވޭޕުން ވާ […]

ފުރޮޅުލީ ގޮނޑިން ބިޔަ ރާޅުތަކުގެ ތެރެޔަށް، ކާއިފްގެ އުންމީދު ރާއްޖެ ފަހުރުވެރިކުރުމާ ދިމާލަށް!

މޫދަކީ، މުއްޔަށް އުފަން ކާއިފް އަހުމަދު، 34އގެ އެންމެ ގާތް އެކުވެރިޔާއެވެ. ރާއްޖޭގެ ރީތި ފަރުތަކަކީ، ކާއިފްގެ ހިތް އެތަނަށް ދޫވެފައިވާ ތަންތަނެވެ. ބިޔަ ރާޅުތަކަކީ އެންމެ ކުޑައިރުއްސުރެ ކާއިފްއަށް ފަރިތަ އެއްޗެކެވެ. ރާޅުތައް މަތީގައި އުދުހި އުޅުމަކީ، ކާއިފް ސްކޫލު ދައުރުން ފެށިގެން ކުރާ ކަމެކެވެ. ކާއިފް ވަނީ އެތައް ގެސްޓުންނަކަށް ރާއްޖޭގެ ކަނޑުއަޑީގެ ޖާދޫ ދައްކައިފައެވެ. އެތައް ޑައިވްއެއް އޭނާ ކޮށްފައިވެއެވެ. ނަމަވެސް، މީގެ 11 ވަރަކަށް އަހަރު ކުރިން ދިމާވި ހިތާމަވެރި ހާދިސާއެއްގެ […]

”ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ“ ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ގްރޭޑް ތިނެއް އަދި ހަތަރެއް ގައި ކިޔަވާ ސްކޫލް ކުދިންގެ ”ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ. މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ. […]

ޗައިނާ އަކީ އަބަދުވެސް މުހިންމު ބައިވެރިއެއް: ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި […]

ރާއްޖޭގައި ވިއްކާ ލޮލަށް އަޅާ ބެހޭއްގައި ޑިފެކްޓެއް ހުރުމުން ބޭނުންނުކުރުމަށް އަންގައިފި

ރާއްޖެއަށް އެތެރެކުރާ ލޮލަށް އަޅާ ބޭހެއް ކަމަށް އެލާސައިން އައި ޑްރޮޕްސްގެ ބެޗެއްގައި ޑިފެކްޓެއް ހުރުމުން އެ ބޭސް ބޭނުންނުކުރުމަށް އަންގައިފިއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެލޭޝިޔާގެ ކުންފުންޏަކުން އުދައްފާ އެލާސައިން އައި ޑްރޮޕްސްގެ ބެޗް ނަންބަރު 200230L, 200827L, 193033L ,200608L ,200607L, 200825L ގައި ޑިފެކްޓެއް ހުރިކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީއިން އަންގާފައިވާ ކަމަށެވެ. އެ ބެޗްތަކުގެ ތެރެއިން 193033L އާއި 200607L ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ […]

ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ އެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ބުނީ އެ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ހުކުމް ކޮށްފައި ނުވާތީ، ބަލަން ނިންމި މައްސަލައެއް ކަމަށެވެ. މިމައްސަލަ ބެލުމަށް މިމަހު ފަސްވަނަ […]

ފެން ހޮޅިއަކަށް ގެއްލުންވެ، ހިޔާގެ ބައެއް ޓަވަރުތަކުން ފެން ކެނޑިއްޖެ

ހިޔާ ފްލެޓު ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށް ފެން ހޮޅިއަކަށް ގެއްލުންވެ، ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ. މިއަދު ހަވީރުން ފެށިގެން ހިޔާގެ ހަތަރު ޓަވަރަކުން ވަނީ ފެނުގެ ހިދުމަތް ކެނޑިފަ އެވެ. ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އެޗް-3، އެޗް-4، އެޗް-7 އަދި އެޗް-8 އިންނެވެ. އެމްޑަބްލިޔުއެސްސީން ބުނީ، ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންއެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް، ފެން ހޮޅިއަކަށް […]

ސީއެޗްއެސްސީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުތަކުން ކިޔަވަން ސަރުކާރުން އެހީވަނީ

ންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އިން އޭ ލެވެލް ކިޔަވަން ޖާގަ ނުލިބޭ ދަރިވަރުންނަށް ޕްރައިވެޓް ސްކޫލްތަކުން ކިޔަވަން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފައިސާގެ އެހީވާން ނިންމައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ ބައެއް ދަރިވަރުންނަށް ސީއެޗްއެސްއީން ޖާގަ ނުލިބޭ ކަމަށެވެ. އެހެންވެ، ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ […]

ސްކައުޓް ހަރަކާތުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ދިރިއުޅުމުގެ ހުނަރު ދަސްވުން: ނައިބު ރައީސް

ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއަރ-ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ […]

ދިގުރަށަށް އެރި އުދައިގައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން

އދ. ދިގުރަށަށް މިދިޔަ ބުދަ ދުވަހުގެ ރޭ އެރި އުދައިގައި އެ ރަށުގައި މީހުން ދިރިއުޅޭ ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ. އެންޑީއެމްއޭ އިން މިއަދު ބުނީ އެ ރަށުގެ މީހުން ދިރިއުޅޭ ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ނަމަވެސް ބަދަލުދޭން ޖެހޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އެންޑީއެމްއޭއިން ބުނީ، ދިގުރަށަށް އެރި އުދައިގައި އެންމެ […]