ވޭޕް ކުރަނިކޮށް އިތުރު ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެ

Loading

Facebook
Twitter
WhatsApp
Maldives News

ވޭޕް ކުރަނިކޮށް އިތުރު ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވޭޕްކޮށްގެން އުމުރުން 38 އަހަރުގެ ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ގޮސްފައިވެއެވެ.

ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހުއާ ހަވާލާދީ އޮންލައިން ނޫސް ”މިހާރު“ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވެސް ދާދިފަހުން ވަރަށް ޒުވާން ދެ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް، މޭ ގައި ފެން ހެދި، ލޭ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ.

ގައިމު ވެސް ވޭޕުން ވާ ގެއްލުންތައް ފެނޭ. ވެންޓިލޭޓަރަށް ލާ ކަހަލަ ނިއުމޯނިޔާއެއް އެބަ ޖެހޭ. ވާނުވާ ނޭނގި ހުރެފައި ކުއްލިއަކަށް ފުއްޕާމޭ ފަޅައިގެން ގޮސްފައި އެބަހުރޭ. އެހެންވީމަ ވޭޕުން ވާ ގެއްލުން ބޮޑު.“ ޑރ. ފާލިހު އަލީ ވިދާޅުވިއެވެ.

ވޭޕް ކުރުމަކީ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވޭޕްކޮށްގެން މީހުން މަރުވެފައިވެސް އެބަހުއްޓެވެ.

Loading

One Response

  1. ބޮއިފާ ބަހަށްޓާތި. ދޭނަސޭހަތެއް އަޑުއެހުންވެސް މިހާރު ބޮޑެތިވާ ކުދީންނަށް މިވަނީ ބަލާއަކަށް. ހެޔޮއެއްޗެއް ބުނާމީހަކު މޮޔަކޮށްލާނެއެވެ. ދެރަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް