ހުޅުމާލޭގައި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށައިފި

Loading

Facebook
Twitter
WhatsApp

ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭ މަސްވެރިންގެ ބަނދަރުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށައިފިއެވެ.

އެފްއެސްއެމުން ބުނީ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ނިންމީ ސަރުކާރުން އެގޮތަށް އެދުމުން ކަމަށާއި އެގޮތުން އިއްޔެއިން ފެށިގެން އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ.

އެފްއެސްއެމްއިން ކުރިން ޑީސަލް ލީޓަރެއް ވިއްކީ 19.3 ރުފިޔާ އަށެވެ. މިހާރު ވިއްކަމުން ދަނީ 17.63 ރުފިޔާ އަށެވެ.

މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން އައީ އެންސިސް އިންނެވެ. އެފްއެސްއެމްއިން އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށާފައި މިވަނީ އެތަން ހިންގުމާ ހަވާލުވުމަށް ފަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް