ފިލްމީ ތަރި އަބީޝޭކް ބައްޗަންގެ އަތަށް ލިބުނު ގެއްލުމަށް ހޮސްޕިޓަލުން ފަރުހޯދައިފި

ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށް މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަންގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އަތަށް ލިބުނު ގެއްލުމަކަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޓައިމްސް އޮފް އިންޑިއާއިން ޚަބަރުދިން ގޮތުގައި ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް އަބީޝޭކްގެ އަތަށް ލިބުނު ގެއްލުމަކަށް ފަރުވާކުރީ ބޮމްބޭގެ ލީލާވަތީ ހޮސްޕިޓަލުންނެވެ. އެއީ ބޮމްބޭގެ އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. ޚަބަރުލިބިފައިވާގޮތުގައި ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށް ޒަޚަމްވީ އަބީޝޭކްގެ ކަނައަތެވެ. އެއަތުގެ އިނގިލިތަކުގައި ވެސްބޭސް އަޅާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. […]

އެންމެން ދައްކަނީ ޠާލިބާންގެ ވާހަކަ. އެމެރިކާއާއި އިޒުރޭލުގެ އަނިޔާވެރިކަމުގެ ވާހަކައެއް ނުދައްކާ: ގޯހަރު

އިންޑިއާގެ ފިލްމީ ތަރިއެއްކަމުގައިވާ ގޯހަރު ޚާން ބުނީ ރަނގަޅު ވާހަކައެކެވެ. ފަލަސްޠީނާއި ސީރިއާގައިވެސް އަމާންކަމެއް ނެތެވެ. އެކަމަކު އެ ވާހަކަ ދައްކާ ބަޔަކު ނެތެވެ. އެންމެން ދައްކަނީ ޠާލިބާނުންގެ ވާހަކައެވެ. ޠާލިބާނުންގެ ހަރުކަށި ވާހަކައެވެ. ފާއިތުވި 20 އަހަރު އެމެރިކާއިން މިނިވަން އިސްލާމީ ގައުމެއްކަމުގައިވާ އަފުޣާނިސްތާނަށް އަރައި އެ ގައުމު ހިފައި އަޅުވެތިކޮށްގެން ތިބި އިރު އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ނުދިޔައީ ކީއްވެގެން ހެއްޔެވެ؟ އެމެރިކާއިން ޒަމާނީ ބަރު ހަތިޔާރާއި ލުއި ހަތިޔާރާއި […]

ޠާލިބާނުންނަށް ބިރުން އަފުޣާނިސްތާނުގެ އެތައްހާސް ބަޔަކު ގައުމުން ބޭރަށް

ޠާލިބާންގެ ބާރުގެ ދަށަށް އަފުޣާނިސްތާން ދިޔަފަހުން 13 ހާހަށްވުރެ ގިނަ މީހުން ގައުމުދޫކޮށް ހިޖުރަކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ އަފުޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންގެ އަދަދު އޮޅުން ފިލުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި ހައެއްކަހާސް ސިފައިން އަފުޣާނިސްތާނުގައި ތިބޭނޭކަމަށެވެ. ގައުމުން ބޭރަށްދާން ބޭނުންވާ މީހުން ގެންދަން އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު އެކަމާބެހޭ ގޮތުން ޠާލިބާނުންގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން ދާކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ. އަދި […]

ޖޭމްސް ބޮންޑުގެ ފިލްމް ”ނޯ ޓައިމް ޓު ޑައި“ އަންނަ މަހު އަޅުވާގޮތަށް ހަމަޖައްސައިފި

  މަޝްހޫރު ޖޭމްސް ބޮންޑް ފިލްމީ ސިލްސިލާގެ އެންމެ ފަހު ފިލްމް ”ނޯ ޓައިމް ޓު ޑައި“ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދައްކަން ފަށާގޮތަށް ހަމަޖައްސައިފިއެވެ. މިއީ ބޮންޑް ފިލްމީ ސިލްސިލާގެ 25 ވަނަ ފިލްމެވެ. ”ނޯ ޓައިމް ޓު ޑައި“ ފިލްމު ދައްކަން ފުރަތަމަ ކަނޑައެޅިފައި އޮތީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ކޮވިޑާ ހެދި ފިލްމު އެޅުވުން ލަސްވަމުން ލަސްވަމުން ގޮސް އޮކްޓޫބަރު މަހު އަޅުވަން ކުރީން ކަނޑައެޅިފައިވާ ފިލްމު […]

އަފްޣާނިސްތާނުގައި ހިންގާނީ ޖުމުހޫރީ ވެރިކަމެއް ނޫން! ވެރިކަން ހިންގާނީ މަޝްވަރާ މަޖިލީހަކުން: ޠާލިބާން

އަފުޣާނިސްތާނުގެ ވެރިކަން ހޯދުމަށް ޠާލިބާނުން ހަނގުރާމަ ކުރަމުން ދިޔައިރުވެސް ތަކުރާރުކޮށް ބުނަމުން ދިޔަ އެއްވާހަކައަކީ އެ ގައުމުގައި ހިންގާނީ އިސްލާމީ ވެރިކަމެއްކަމެވެ. އެމެރިކާގެ ބާރުގައި އަފުޣާނިސްތާނުގައި ގާއިމުކޮށްފައި އޮތް ރައީސް އަޝްރަފް ޣަނީގެ ގޮނޑިކޮއްކޮ ވެރިކަން ނިމުމަކަށް ގެނެވި ޠާލިބާނުންގެ އަތްމައްޗަށް އަފުޣާނިސްތާނުގެ ވެރިކަން އަނބުރާ ދިއުމުން މިހާރުވެސް ޠާލިބާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގައި އޮންނާނީ ޖުމުހޫރީ ވެރިކަމެއް ނޫންނަކަމަށާއި އެގައުމުގައި ހިންގާނީ މަޝްވަރާ މަޖިލީހެއްގެ ބެލުމުގެ ދަށުން އިސްލާމީ ވަރުގަދަ ވެރިކަމެއްކަމުގައެވެ. ގިނަ […]

ރައީސް އަޝްރަފް ޣަނީ ފިއްލަވައިގެން ވަޑައިގަތީ ކިތައް މިލިއަން ޑޮލަރު ހިއްޕަވައިގެން؟

އަފުޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޠާލިބާންގެ ހަނގުރާމަވެރިން އެރުމާއެކު ރައީސް އަޝްރަފް ޣަނީ ރައްޔިތުންނަށް ވާނުވާއެއް ގައުމަށް ވާނުވާއެއް ބެއްލެވުމެއް ނެތި ގައުމުން ފިއްލަވައި ވަޑައިގަތެވެ. ރަޝިޔާއިން ބުނި ގޮތުގައި ރައީސް އަޝްރަފް ޣަނީ ފިއްލަވައިގެން ވަޑައިގަތީ ގިނައަދަދެއްގެ ފައިސާ ހިއްޕަވައިގެންނެވެ. ހަތަރު ކާރާއި ހެލިކޮޕްޓަރެއްގައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަވަހަށް ވަޑައިގަންނަވަން ހައްދަވައިގެން ގެންދަވަން ބޭފުޅުވި ހުރިހާ ފައިސާއެއް ނުވެސް ގެންދެވުނެވެ. ފައިސާ އަޅައި ފުރާލައިގެން ގެންދާނެ ތަކެތިވެސް ވަގުތުގެ ދަތިކަމާ ހެދި ނުލިބުނީއެވެ. އަފްޣާނިސްތާނުން […]

ޝާހު ރުޚު ޚާންގެ އަންހެން ދަރިފުޅު ހުރީ ފިލްމު ކުޅެން ތައްޔާރަށް

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ޝާހު ރުޚު ޚާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހުރީ ފިލްމު ކުޅެން ތައްޔާރުވެގެން ކަމަށް ޚަބަރު ލިބިއްޖެއެވެ. މޮޅު ފިލްމުތަކެއް ކުޅެ މޮޅަށް ތަމްސީލު ކުރަމުންދާ ޝާހު ވަނީ އޭނާގެ ދަރިފުޅު ފިލްމު ކުޅެން ބޭނުން ވެގެން އުޅޭ ވާހަކަ އެތައް ފަހަރެއްގެ މަތީން ދައްކާފައެވެ. ސުހާނާ ފިލްމު ކުޅެން ދެކެމުންދާ ހުވަފެން ވަރަށް އަވަހަށް ހަގީގަތަކަށް ވާން އުޅޭކަމުގެ ހެކިތައް މިހާރު ވަނީ […]

ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ސިޓީ: ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. ރައީސް ނަޝީދު ފޮނުއްވި ސިޓީ މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާއަށް ވަނީ އިއްވަވާފައެވެ. ތިރީގައި އެވަނީ އެ ސިޓީގެ މުހިއްމު ބައިތަކެވެ. ”މި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން އަޅުގަނޑު ފޮނުވާ ސިޓީއެއް ނޫނެވެ. މިއީ މިވަގުތުގެ ޙާލަތަށް ރިޢާޔަތްކޮށް އިޚްލާޞްތެރިކމާއެކު ދަންނަވާ ދެންނެވުމެކެވެ. ހައެއް މޭ 2021 ވަނަ ދުވަހު […]

އޮރިޔާން ފިލްމު އުފެއްދި ޝިލްޕާ ޝެޓީގެ ފިރިމީހާ އިންޑިއާއިން ފިލާފާނެކަމުގެ ބިރުބޮޑު: ފުލުހުން

އޮރިޔާން ފިލްމު އުފެއްދުމުގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ ވިޔަފާރިވެރިޔާ ރާޖު ކުންދުރާ ޒަމާނަތު ދީގެން މިނިވަންކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާ އިންޑިއާއިން ފިލާފާނެކަމަށެވެ. ފިލްމު ސްޓާރ އަދި ޔޯގާ ހެދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ އޮރިޔާން ފިލްމު ހެދުމުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ޖުލައި މަހުގެ 20 ވަނަ ދުވަހުގައެވެ. ކޯޓުގައި ބުދަދުވަހު ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނެފައި ވަނީ ރާޖު […]

ކޮރަޕްޝަނާ ގުޅިގެން ސައުދީ އަރަބިޔާއިން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ސައުދީ އަރަބިޔާގެ ނެޝަނަލް އެންޓި ކޮރަޕްޝަން ކޮމިޝަން(ނަޒާހާ)އިން ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރާ ކޮރަޕްޝަނާ ގުޅުން ހުރި 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. މިއީ ގައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނުގެ އިޒުނައާއެކު ނަޒާހާއިން ކުރިކަމެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރެވުނު މީހުންނަކީ ކޮރަޕްޝަންގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާ 460 އަށްވުރެ ގިނަ މީހުންގެތެރޭގައި ހިމެނޭ ބަޔެކެވެ. ހައްޔަރުކުރެވުނު މީހުންގެ ނަމެއް އެމީހުން ބަންދުކުރެވުނު ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ވަލީޢަހުދު މުޙައްމަދު […]