ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށް މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަންގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އަތަށް ލިބުނު ގެއްލުމަކަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ޚަބަރުދިން ގޮތުގައި ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް އަބީޝޭކްގެ އަތަށް ލިބުނު ގެއްލުމަކަށް ފަރުވާކުރީ ބޮމްބޭގެ ލީލާވަތީ ހޮސްޕިޓަލުންނެވެ. އެއީ ބޮމްބޭގެ އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ.
ޚަބަރުލިބިފައިވާގޮތުގައި ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށް ޒަޚަމްވީ އަބީޝޭކްގެ ކަނައަތެވެ. އެއަތުގެ އިނގިލިތަކުގައި ވެސްބޭސް އަޅާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަބީޝޭކްއަށް ހާނީއްކަވެ ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް އަމީތާބާއި އޭނާގެ އަންހެން ދަރިފުވެސް ހޮސްޕިޓަލަށް ދިޔައެވެ. އެ ދެބަފައިންވެސް ތިބީ ވަރަށް އާދައިގެ ހެދުމެއްގައެވެ. މާސްކު އަޅައިގެންނެވެ.
އަބީޝޭކަށް ހާދިސާއަކާ ކުރިމަތިވީއިރު އޭނާގެ އަނބިމީހާ އައިޝްވާރިޔާއި ދަރިފުޅު ވީ ފިލްމެއްގެ މަސައްކަތްކުރަން މަދިޔަ ޕްރަދޭޝްގައެވެ. އެހެންވެ އެދެމައިންނަށް ހޮސްޕިޓަލަށް ދެވޭގޮތެއްނުވިއެވެ.
އަބީޝޭކް އެންމެ އިސްކަމެއްދީގެން މިހާރު ކުޅެމުންދަނީ ޚުދު އޭނާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.