ޖޭމްސް ބޮންޑުގެ ފިލްމް “ނޯ ޓައިމް ޓު ޑައި” އަންނަ މަހު އަޅުވާގޮތަށް ހަމަޖައްސައިފި

44

 

މަޝްހޫރު ޖޭމްސް ބޮންޑް ފިލްމީ ސިލްސިލާގެ އެންމެ ފަހު ފިލްމް “ނޯ ޓައިމް ޓު ޑައި” އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދައްކަން ފަށާގޮތަށް ހަމަޖައްސައިފިއެވެ. މިއީ ބޮންޑް ފިލްމީ ސިލްސިލާގެ 25 ވަނަ ފިލްމެވެ.

“ނޯ ޓައިމް ޓު ޑައި” ފިލްމު ދައްކަން ފުރަތަމަ ކަނޑައެޅިފައި އޮތީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ކޮވިޑާ ހެދި ފިލްމު އެޅުވުން ލަސްވަމުން ލަސްވަމުން ގޮސް އޮކްޓޫބަރު މަހު އަޅުވަން ކުރީން ކަނޑައެޅިފައިވާ ފިލްމު މިހާރު ދައްކަން ފަށަން ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ފިލްމު އަޅުވާނެ ތާރީޚު ފަސްފަހަރަށް ފަސްކުރެވިފައިވެއެވެ.

ހޮލީވުޑްގެ ޖާސޫސީ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއްނަމަކީ ޖޭމްސް ބޮންޑް 007ގެ ނަމުގައި ކުޅޭ ފިލްމުތަކެވެ.

ފިލްމު ދައްކަން ފެށުމަށް ލަންޑަނުގައި ކުލަގަދަ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމުގެ ސަބަބުން ފިލްމު ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެއެވެ.

ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ އިތުރަށް އެހެން ބައެއް ގައުމުތަކުގައި “ނޯޓައިމް ޓު ޑައި” ދައްކަން ފެށިޔަސް ފިލްމު އެމެރިކާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހުގައެވެ.

“ކެޕްޓަން މާވެލް”ގެ ތަރި: ބޮންޑް ފިލްމުގައި އެންމެ މުހިއްމު ބައި ކުޅޭނެ

“ނޯ ޓައިމް ޓު ޑައި”ގައި ބޮންޑުގެ ބައި ކުޅޭ ޑެނިއެލް ކްރެގް ވަނީ މިފިލްމަށް ފަހު ބޮންޑް ފިލްމުތަކުގައި މަސައްކަތް ނުކުރަން ނިންމާފައެވެ. ފިލްމުގެ މަންޒަރަކުން ވެސް އޭނާ ދެން އެހެން ފިލްމެއްގައި މަސައްކަތް ނުކުރާނެކަން ދައްކާނެއެވެ.

ބޮންޑްގެ ދެން ނިކުންނަ ފިލްމެއްގައި ބޮންޑުގެ ބައި ކުޅޭނީ “ކެޕްޓަން މާވެލް” ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ އަންހެން ތަރި ލަޝާނާ ލެންޗްއެވެ.

ސްކްރީންތަކަށް އެންމެ ފަހުން ނިކުތް ބޮންޑް ފިލްމް، “ސްކައި ފޯލް”އަށް އެއްބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ