އިޒުރޭލުގެ މަތިންދާ ބޯޓު ތަކަކުން ޢައްޒާއަށް ބޮމުގެ ހަމަލާތަކެއް ދިފި
އިޒުރޭލުގެ މަތިންދާބޯއްޓުތަކަކުން ފަލަސްތީނުގެ ޢައްޒާ ސަރަހައްދަށް ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތަކެއް ދީފިއެވެ. އިޒުރޭލުން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސްގެ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ އިމާރާތްތަކަށެވެ. މި ހަމަލާ ތަކުން ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވިނަމަވެސް އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ނުވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އިޒުރޭލުން މި ހަމަލާ ދީފައިވަނީ ހަމާސްއިން ފޮނުވިކަމަށް ބެލެވޭ މިސައިލެއް އިސްރޭލުގެ ހުޅަނގު ސަރަހައްދުން ވައްޓާލުމަށް ފަހުއެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ބުނެފައިވާ […]
ޕާކިސްތާނުން ދިން ހަމަލާގައި އަފްޣާނިސްތާނުގެ 47 މީހުން މަރުވެއްޖެ
ޕާކިސްތާނުން އަފްޣާނިސްތާނުގެ ހޯސްތު އަދި ކުނާ ސަރަހައްދުގައި ކުރިޔަށް ގެންދާ ހަމަލާ ތަކުގައި 47 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ހޯސްތުގެ ޑައިރެކްޓާ އޮފް އިންފޯމޭޝަން އެންޑް ކަލްޗާ، ޝާބިރް އަޙްމަދް އުސްމާނީ ބުނި ގޮތުގައި ޕާކިސްތާނުން ކުރިޔަށް ގެންދިޔަ ހަމަލާތަކުގައި އާންމުންގެ 41 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22 މީހަކަށްވަނީ އެކިވަރުގެ ޒަހަމުތައް ލިބިފައެވެ. އޭނާ ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި […]
މާޗު މަހުގެ ތެރޭގައި އިޒުރޭލުން ފަލަސްތީނުގެ 539 ރައްޔިތުން ބަންދުކޮށްފައިވޭ
ފަލަސްތީނުގެ ޕްރިޒަނާރސް އެޑްވޮކަސީ ޖަމިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މާޗް މަހު އެކަނި އިޒުރޭލުން ވަނީ ފަލަސްތީނުގެ 539 ރައްޔިތުން ހައްޔަރުކޮށްފައެވެ. އޭޕްރީލް މަހުގެ 12ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 62 ކުޑަކުދިންގެ އިތުރުން 19 އަންހެނުން ހިމެނެއެވެ. ފަލަސްތީނުގެ ޕްރިޒަނާރސް ސޮސައިޓީ އާއި އަޑަމީރް ޕްރިޒަނާ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަން އަދި ވާދީ ހިލްވެހް ޖަމިއްޔާގެ އިތުރުން ބައެއް ޖަމްއިއްޔާތައް ނެރުނު މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި […]
އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ
ހިންދޫންގެ ދީނީ މުނާސަބަތެއް ކަމަށްވާ ”ރާމް ނާވްމި“ގައި މުސްލިމުންގެ މުދާތަކަށް ގެއްލުންދީ ބަދު ބަސް ގޮވުމުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި އޮންނަ ހަމަނުޖެހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެންމެ ގިނަ ހަމަނުޖެހުންތަކެއް ހިނގައިފާ ވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ މަދްޔަ ޕްރެދޭޝްއާއި، ގުޖުރާތު އަދި ޖާރުކަންޑްގެ އިތުރުން ހުޅަނގު ބެންގާލްގައެވެ. ހިންދޫ ފިކުރުގެ ހައްދު ފަހަނައަޅާފައިވާ މީހުން އަންނަނީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ގެތަކަށާއި މުދަލާއި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތްތަކަށްވެސް ގެއްލުންދެމުންނެވެ. […]
ސްރީލަންކަގެ ހާލަތު ވަރަށް ސީރިއަސް: ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމުގެ ބިރު
ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މުސީބާތުގެ ސަބަބުން ކަރަންޓާއި އަސާސީ ބޭސްތަކަށް އެގައުމުގެ ހޮސްޕިޓަލްތައް ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި މަރުވެދާނެކަމަށް އެ ގައުމުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ބުނެފިއެވެ. ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކާއި ތުއްތު ކުދިން ނޭވާލުމަށް އެހީވެދިނުމަށް ބޭނުންކުރާ ހޮޅިފަދަ ތަކެއްޗަށް ލަންކާގެ ހުރިހާ ހޮސްޕިލަކުންވެސް ވަނީ ބޭނުން ޖެހިފައެވެ. މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް ގިނަ ހިސާބު ތަކަކުން ކެނޑުމާ ގުޅިގެން އެކި ޒަހަމްތަކަށް ފަރުވާދޭން […]
އިންސާނުންގެ ފުއްޕާމޭގެ ތެރެއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ
ސައިންސްވެރިން ކުރި ދިރާސާއެއްގައި ދިރިހުރި އިންސާނުންގެ ފުއްޕާމެއިން ނެގި ސާމްޕަލްތަކެއްގެ ތެރެއިން މައިކްރޯޕްލާސްޓިކްތަކެއް ވަނީ ފެނިފައެވެ. މި ދިރާސާ ކުރުމަށް ނެގި ހުރިހާ ސާމްޕަލަކުން ވެސް ވަނީ މައިކްރޯ ޕްލާސްޓިކްސް ފެނިފައެވެ. މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ދިރާސާއިން ލިބުނު ނަތީޖާއިން މައިކްރޯޕްލާސްޓިކްސް ދުނިޔޭގެ އިކޯސިސްޓަމުގެ ތެރެއަށް ވަދެފައިވާ މިންވަރު ސާފުކޮށް ހާމަވެގެންދެއެވެ. އަދި އިންސާނުންގެ ހަށިގަނޑު ތެރެއިން މައިކްރޯޕްލާސްޓިކްސް ފެނުމަކީ އެއެއްޗެތީގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތައް އިތުރަށް ދިރާސާ ކުރުން މަޖުބޫރުވެގެންދާނެ […]
ޔޫކްރޭނުން ރަޝިއާގެ ތެޔޮ ރައްކާ ކުރާ ތަނަކަށް ހަމަލާ ދީފި
ރަޝިއާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރެއް ރަޝިއާގެ ސަރަހައްދަށް ވަދެ ތެޔޮ ރައްކާކުރާ ތަނަކަށް ވަނީ ހަމަލާ ދީފައެވެ. މިއީ ރަޝިއާއިން ޔޫކްރޭނަށް އެރިފަހުން ރަޝިއާގެ ސަރަހައްދަށް ޔޫކްރޭނުން ދީފައިވާ ފުރަތަމަ ހަމަލާއެވެ. ހުކުރު ދުވަހު މީސްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައަ ހެލިކޮޕްޓަރަކުން ގިނަ އަދަދެއްގެ މިސައިލްތަކެއް ތެޔޮ ރައްކާ ކުރާ ސަރަހައްދަކަށް އަމާޒުކޮށް ފޮނުވާލާތަން ފެނެއެވެ. އަދި މި މިސައިލްތަކުގެ ސަބަބުން ބޮޑު އަލިފާންގަނޑެއް އެ ސަރަހައްދުގައި ރޯވާތަންވެސް ފެނިގެންދެއެވެ. މި ވީޑިއޯގެ ސައްހަކަން […]
ޔޫކުރޭން ރަޝިއާ ހަނގުރާމަ ފެށޭނެކަމަށް މީގެ 30 އެތައް އަހަރެއް ކުރިން ތާރީޚް ޢިލްމުވެރިން ލަފާކުރިކަން އެނގޭތަ؟
ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށި ފަހުން މިހާރު ވަނީ މަހަކަށްވުރެ ގިނަދުވަސް ވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔެ ވަނީ އަނެއްކާވެސް ބޮޑު އިގުތިސާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. ތެލުގެ އަގު ބޮޑުވެ ސަޕްލައި ޗެއިންތައް ކެނޑުމުގެ ސަބަބުން ގިނަ ތަކެތީގެ އަގު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ޔޫކްރޭނާ ރަޝިއާގެ މެދުގައި ހަނގުރާމަ ފެށުންވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ ކަމަކަށެވެ. ނަމަވެސް، މިއީ ހިނގާނެ ކަމެއްގެ ގޮތުގައި މީގެ 30 އެތައް އަހަރެއް […]
ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަނީ
ރަޝިއާއިން ޔޫކްރޭނަށް އެރުމާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ރަޝިއާގެ ތެލަށް ބޭނުންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ މަސައްކަތްތަކެއް ކުރަން ރާވައިފިއެވެ. ހުކުރު ދުވަހު ބްރަސެލްސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް، ޖޯ ބައިޑެން އާއި ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް، އާރސުލާ ވޮން ޑާރ ލެޔެން ހާމަކުރެއްވި ގޮތުގައި ރަޝިއާގެ ތެލަށް ބޭނުންޖެހޭ މިންވަރު ކުޑަ ކުރުމަށްޓަކައި ހާއްސަ ޓާސްކް ފޯހެއް އެކުލަވާލުމަށް ދެ ފަރާތުން ވަނީ ނިންމާފައެވެ. […]
ތައިވާނަށް ބާރުގަދަ ބިންހެލުމެއް
ތައިވާނުގެ އިރުމަތީ ފަރާތު ކަނޑު އަޑިއަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރޭ ދަންވަރު ތައިވާނު ގަޑިން 1:41 ހާއިރުއެވެ. މި ބިން ހެލުން އަރާފައިވާކަމަށް ބެލެވެނީ ފިލިޕީން ކަނޑުގެ 10 ކިލޯމީޓަރު އަޑިން ތައިވާންގެ ހުއަލެން ސިޓީގެ 63 ކިލޯމީޓަރު ދުރުގައިވާ ހިސާބަކަށެވެ. ހުއަލެންއަކީ 300،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ބޮޑު ރަށެކެވެ. ތައިވާނު ސަރުކާރުން ވަނީ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޮވާލައި އެމަޖެންސީ ނޯޓިސްއެއް […]