ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށައިފި

ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު ”ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް“ ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ ”ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް“ ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ. މީރުމާގައި މިއަދު ކުރިއަށްދިޔަ މި ޚާއްޞަ ރަސްމިއްޔާތުގައި، […]

އެންމެ ބޮޑު އިސްކަމެއް ދެނީ މަހަށް ހަމަ އަގު ހޯދައިދޭން: ރައީސް

މަހުގެ ހަމަ އަގު ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާ ކަމަށާ އަމާޒަކީ މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކަރުން އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖަހަން ކަމަށެވެ. އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ […]

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަސް ރޭސް ނިންމާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައިފިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަަސްރޭހުގައި އަތޮޅުތެރެއިން 64 ރަށަކުން 91 ޓީމު ބައިވެރިވިއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 18 ޓީމަކުން 190 މީހުން ބައިވެރިވިއެވެ. މަސް ރޭސް ބާއްވާފައި ވަނީ ކައުންސިލްތަކާއި ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މަސްރޭހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މުބާރާތުގެ 1 ވަނަ ޓީމް އަށް 30,000 ރުފިޔާ […]

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން: މާލެ ސިޓީކައުންސިލް

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ.ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން […]

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ. އަދި ރައީސް މުޢިއްޒު ވަނީ މޭ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން […]

ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ. އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ ”ބޯހިޔާވަހިކަން ޕޯޓަލް“ އަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ެއެއީ ފްލެޓަށް އެދި […]

އެހެން މީހެއްގެ މުސާރަ ނެގި ސްކޫލް މުވައްޒަފުންގެ މައްސަލަ ތަހުގީގުކުރަނީ

ފަސް އަހަރުވަންދެން އެހެން މީހެއްގެ މުސާރަ ނެގި ސްކޫލް މުވައްޒަފުންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ. މިއީ މޭލެ ސަރަހައްދުގެ ސްކޫލެއްގައި ކުރިން މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެގެން ރާއްޖެ ދޫކޮށް ދިޔަ ފަހުން، އޭނާގެ ނަމުގައި މުސާރަ ނަގަމުން ދިޔަ މައްސަލައެކެވެ.އެގޮތުން އެނގިފައިވާ ގޮތުގައި އޭނާގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން […]

މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

މަރާމާތުކުރުމަށްފަހު, ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ރަސްފަންނުގެ އުތުރު ފަރާތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން، މޫދަށް އެރޭ ސަރަޙައްދުގައި ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ލޮނުގަނޑު ރަނގަޅަށް ދައުރުވާނެހެން ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަތޮށި ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. އެމްޓީސީސީން ބުނީ މި ބަދަލާއެކު، އެ ސަރަޙައްދުގެ ލޮނުގަނޑު ތާޒާކަންމަތީ […]

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން އެރޭ 9:00 އަށެވެ.އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބުނު އިރު އެ އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ވޯޓު ފޮށްޓެކެވެ.ނަޝީދު ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ މިދިޔަ […]

ގެއްލިގެން ހޯދަމުންދިޔަ ފުލުސް އޮފިސަރަކު، މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ. ފުލުހުން މިއަދު ބުނީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ”ޕޮލިސް ލޯންޗް 57“ ގައި ޑިއުޓީ ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށާއި މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، […]