ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ. ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މިގޮތުން އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި […]

ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއްވެ، ވަގުތީގޮތުން ބަންދުކޮށްފި

ބާޖެއް ގާތް ކުރަނިކޮށް ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ލަކުޑި ޖެޓީއަށް ގެއްލުން ލިބުނީ އެ ސަރަހައްދަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.އެ ޖެޓީ މަރާމާތުކޮށް ނިމެންދެން، […]

މެއި މަހުގެ މުސާރަ ދޭނީ މި މަހުގެ 28 އަދި 31 ގައި: ފިނޭންސް މިނިސްޓްރީ

މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނެފިއެވެ. މިކަމާ ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ އަޟްޙާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް […]

ޤައިދީންނާއި ބަންދުމީހުންނަށް ޚާއްޞަ މެޑިކަލް ކޭމްޕެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް އިއްޔެ ހިންގައިފިއެވެ. ކަރެކްޝަނުން ބުނީ މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ޤައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވެއެވެ. މި މެޑިކަލް ކޭމްޕް […]

ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، […]

ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. ބޭސްކުންފުނީގެ ”ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ“ ގެ ފާމަސީ ހުޅުވާފައިވަނީ މިއަދު އެވެ.އެ ފާމަސީ ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ ސަރަހައްދުގައެވެ. ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ. ސްޓޭޓްފާމާއިން ބުނީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، […]

ގަވާއިދާ ހިލާފަށް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

ރަޖިސްޓްރީނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެ އޮތޯރިޓީން ބުނީ ރާއްޖެ އަށް އެތެރެކުރަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭ ކަމަށާއި ނަމަވެސް، އެ ފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމް އަދި އާދައިގެ […]

ހުޅުމާލޭ ފޭސްއެކެއްގައި ގާއިމްކުރި ”އެން 1 ސްޕޯޓްސް ޕާކު“ ހުޅުވައިފި

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމުކުރި ’އެން 1 ސްޕޯޓްސް ޕާކު‘ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. އެތަން ތަރައްގީކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކިކް އޮފް މެޗުތަކާއެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ.އެޗްޑީސީން ބުނީ މި ސްޕޯޓްސް ޕާކަކީ […]

ގެއްލުނު އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށްއްލުނު އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ކަނޑުއަޑިން ލޮކޭޓްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު […]

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 18 ވަނަ ދުވަހުއެވެ.އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2022 މާރިޗު 4 ވަނަ ދުވަހުއެވެ.ފުލުހުން މިއަދު […]