ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފެށިގެން ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރުވަނީ ފަށާފައެވެ.ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާގައި ކުރިން ހުންނެވި މެންބަރުު މުޙައްމަދު […]
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވެމްކޯއިން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، l ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ ގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިސްނަގައިގެން މިއަދު ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބޭއްވުނު މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ވެމްކޯއިން އިންތިޒާމުކުރި ހަރަކާތެއް ކަމަށެވެ.އެގޮތުން މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ […]
ވައިގެ މަގުން އެތެރެކުރަން އުޅުނު 1.8 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 1.8 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ.އެތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރައެވެ. ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ، މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. ކަސްޓަމްސް އިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް އިރު […]
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރަނީ

ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.ރައީސް ވިދާޅުވީ އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނެ ކަމަށެވެ. ސޯޝަލް މީޑިއާގެ ނުރައްކާތަކަށް، ވަކީން ޚާއްޞަކޮށް ކުޑަކުދިން ހުށަހެޅިފައިވާކަން […]
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.އެހެންކަމުން އަލުން ނައިބުރައީސަކު އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ވާދަކުރެއްވީ ސަލީމް އާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.މަޖިލީހުގެ މެންބަރުންގެ މެދުގައި […]
އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ހިދުމަތްތައް މާދަމާއިން ފެށިގެން އާސަންދައިގެ ދަށަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން އައި މެޑިކަލް ވެލްފެއާގެ ނުވަތަ ބޭސްފަރުވާގެ އެހީގެ ހިދުމަތްތައް މާދަމާއިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން ދެމުން އަންނަ 16 ހިދުމަތެއް މާދަމާއިން ފެށިގެން އާސަންދައިގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ.1.ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން 2.ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް […]
މޮރޮކޯގައި ބޭއްވި އިންޓަޕޯލް ސައިބަރ ގޭމްސްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ ”ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް“ ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ. މޮރޮކޯގެ މަރަކޭޝްގައި 2026 މެއި 19 އިން 21 އަށް ބޭއްވި މި ޕްރޮގްރާމަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބޭއްވޭ ހަރަކާތެކެވެ.މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި […]
ނާޒިމް އިސްތިއުފާދެއްވައިފި، މަޖިލީހުގެ ނައިބު ރައީސަކު ހޮވުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ނާޒިމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނާޒިމް މަގާމުން ވަކިކުރަންހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް […]
ޕީއެންސީ މެމްބަރުންނަށް ލިބެނީ އެހެނިހެން މެމްބަރުންނަށްވެސް ލިބޭގޮތަށް މުސާރަ އެކަނި

ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށްވެސް ލިބެނީ އިދިކޮޅު އެމްޑީޕީއާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުންނަށްވެސް ލިބޭ މަޖިލީހުގެ ރަސްމީ މުސާރަ އެކަނި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ސީނިއާ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބައި ލައްކަ 50,000 ރުފިޔާ ދީފައިވާ ކަމަށް […]
ކޯޓުއަމުރުގެ ދަށުން ފުވައްމުލަކުގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކޮށްފި

ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ޏ. ފުވައްމުލައް / ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ. ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ […]