ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން: މާލެ ސިޓީކައުންސިލް

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ.ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން […]
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ. އަދި ރައީސް މުޢިއްޒު ވަނީ މޭ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން […]
ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ. އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ ”ބޯހިޔާވަހިކަން ޕޯޓަލް“ އަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ެއެއީ ފްލެޓަށް އެދި […]
އެހެން މީހެއްގެ މުސާރަ ނެގި ސްކޫލް މުވައްޒަފުންގެ މައްސަލަ ތަހުގީގުކުރަނީ

ފަސް އަހަރުވަންދެން އެހެން މީހެއްގެ މުސާރަ ނެގި ސްކޫލް މުވައްޒަފުންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ. މިއީ މޭލެ ސަރަހައްދުގެ ސްކޫލެއްގައި ކުރިން މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެގެން ރާއްޖެ ދޫކޮށް ދިޔަ ފަހުން، އޭނާގެ ނަމުގައި މުސާރަ ނަގަމުން ދިޔަ މައްސަލައެކެވެ.އެގޮތުން އެނގިފައިވާ ގޮތުގައި އޭނާގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން […]
މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

މަރާމާތުކުރުމަށްފަހު, ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ރަސްފަންނުގެ އުތުރު ފަރާތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން، މޫދަށް އެރޭ ސަރަޙައްދުގައި ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ލޮނުގަނޑު ރަނގަޅަށް ދައުރުވާނެހެން ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަތޮށި ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. އެމްޓީސީސީން ބުނީ މި ބަދަލާއެކު، އެ ސަރަޙައްދުގެ ލޮނުގަނޑު ތާޒާކަންމަތީ […]
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން އެރޭ 9:00 އަށެވެ.އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބުނު އިރު އެ އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ވޯޓު ފޮށްޓެކެވެ.ނަޝީދު ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ މިދިޔަ […]
ގެއްލިގެން ހޯދަމުންދިޔަ ފުލުސް އޮފިސަރަކު، މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ. ފުލުހުން މިއަދު ބުނީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ”ޕޮލިސް ލޯންޗް 57“ ގައި ޑިއުޓީ ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށާއި މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، […]
ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ: ނަޝީދު

ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެ ހަރަކާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.އަދި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް […]
ރައީސް އޮފީހުން، ’ދަ ޕަލްސް’ގެ ނަމުގައި ޕޮޑްކާސްޓް ސިލްސިލާއެއް

މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ”ދަ ޕަލްސް“ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ފައްޓަވައިފިއެވެ. ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ޙިއްޞާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި އިއްޔެ މެންދުރުފަހު ވަނީ ހިއްސާކުރައްވާފައެވެ. ”ދަ ޕަލްސް“ގެ ފުރަތަމަ އެޕިސޯޑް އިފްތިތާޙުކުރެވުނު […]
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީ

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.އެ މަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. އެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރައްވައި، މިއަދަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، މި ނާޒުކު […]