ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ. ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އިންޓަޕޯލް ރެޑް […]
އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސް އެކަށައަޅުއްވައިފި

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/11 މިއަދު ދިވެހިސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރައްވާފައެވެ. ރައީސްގެ މި ޤަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު […]
މާފުށީ ޖަލު ބަލާ ފާސްކުރަނީ

ކަރެކްޝަނަލް ސަރވިސްއިން ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި މާފުށީ ޖަލުގައި ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ. ކަރެކްޝަނުން ވަނީ މިކަންހާމަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން ޖަލަށް މަނާތަކެތި ވެއްދުމުގެ މައްސަލަތައް ދަނީ ފާހަގަވަމުންނެވެ. މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމުކޮށް، ޖަލައް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް މި މަހު 15 ގައި ހަދާފައި ވާއިރު، މިއަހަރުގެ […]
ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ ބިއްލޫރި ގަނޑު ތަޅައިލައިފި

މާލޭ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ. މި ހާދިސާ ހިނގައިފައިވަނީ ރޭގެ ވަގުތެއްގައެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މިސްކިތަށް ލިބިފައިވާ މި ގެއްލުންތަކާ ގުޅިގެން މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މިސްކިތުގެ ބިއްލޫރިގަނޑު ތަޅައިލައިފައިވާ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، މި ފިނޑި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފައެވެ. މޭޔަރ […]
ޓީޖެޓީ ސަރަހައްދުން ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި ނަގައިފި

މާލެ ސިޓީގެ ހުޅަނގު-ދެކުނު ފަރާތު، ޓީޖެޓީ ސަރަހައްދާއި އިންވެގެން އޮތް ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ސާފު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ޓީޖެޓީ ސަރަހައްދު ސާފު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން، އިއްޔެ މެންދުރު ފަހުގެ ނިޔަލަށް 19 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުންނަގައި އުކާލާފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިސްނަގައިގެން […]
ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީއަށް ހުށަހަޅައިފި

ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.ސިނގިރޭޓަކުން 8 ރުފިޔާގެ ޑިއުޓީ ނަގަމުން އަންނަނިކޮށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ އަދަދު ދަށްކޮށް، 4 ރުފިޔާއަށް ބަދަލުކުރުމަށެވެ. އެގޮތުން މި އިސްލާހުތަކާއެކު ދުންފަތުގެ އިސްއތިުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ […]
ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި

ކ.ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މިކަމަށް ޓަކައި، ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި މަޝްރޫޢުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ.މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ […]
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށައިފި

ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު ”ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް“ ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ ”ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް“ ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ. މީރުމާގައި މިއަދު ކުރިއަށްދިޔަ މި ޚާއްޞަ ރަސްމިއްޔާތުގައި، […]
އެންމެ ބޮޑު އިސްކަމެއް ދެނީ މަހަށް ހަމަ އަގު ހޯދައިދޭން: ރައީސް

މަހުގެ ހަމަ އަގު ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާ ކަމަށާ އަމާޒަކީ މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކަރުން އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖަހަން ކަމަށެވެ. އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ […]
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަސް ރޭސް ނިންމާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައިފިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަަސްރޭހުގައި އަތޮޅުތެރެއިން 64 ރަށަކުން 91 ޓީމު ބައިވެރިވިއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 18 ޓީމަކުން 190 މީހުން ބައިވެރިވިއެވެ. މަސް ރޭސް ބާއްވާފައި ވަނީ ކައުންސިލްތަކާއި ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މަސްރޭހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މުބާރާތުގެ 1 ވަނަ ޓީމް އަށް 30,000 ރުފިޔާ […]