ފަލަސްތީނުގައި އިޒްރޭލުން އާބާދުކޮށްފައިވާ ސަރަހައްދުން މުދާ އެތެރެކުރުން ބެލްޖިއަމުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން އާބާދުކޮށްފައިވާ ސަރަހައްދުތަކުން އުފައްދާ މުދާ ބެލްޖިއަމަށް އެތެރެކުރުން މަނާކޮށްފިއެވެ.

ތުރުކީގެ އަނަޑޯލޫ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު ފާސްކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ސަރުކާރުގެ ކެބިނެޓް ބައްދަލުވުމުގައެވެ.
ނަމަވެސް، މި މަނާކުރުން ތަންފީޒު ކުރާނެ ގޮތުގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޫރަޕްގައި އިޒްރޭލުގެ އާބާދީތަކާއެކު ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ގޮވާލާ އަޑުތައް އަންނަނީ ގަދަވަމުންނެވެ. އެގޮތުން، ޖޫން 8 ގައި އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ލޭބާ ޕާޓީގެ ތިންބައިކުޅަ އެއްބައި މެމްބަރުން ވަނީ ފަލަސްތީނުގެ ބިންތަކުގައިވާ އިޒްރޭލުގެ އާބާދީތަކާއެކު ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން، ސްޕެއިނުން ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން މުދާ އެތެރެކުރުން ކޮންޓްރޯލް ކުރަން ފަށާފައެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމުކޮށްފައިވާ އިސްރާއީލުގެ ޣައިރު ގާނޫނީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރަން ބެލްޖިއަމްގެ ސަރުކާރުން ނިންމާފައި ވާއިރު، އިޒްރޭލުގެ ސިފައިންނާއި އާބާދުވެފައިވާ އިޒްރޭލު މީހުން ފަލަސްތީނުގެ ރައްޔިތުންނަށާއި އެ މީހުންގެ މުދަލަށް ދެމުންދާ ހަމަލާތަކާއި، މީހުން ހައްޔަރުކުރުމުގެ އަމަލުތައް ދަނީ އިތުރުވަމުންނެވެ.
އަދި ބެލްޖިއަމުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، މުޅި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި މިފަދަ މަނާކުރުމެއް ތަންފީޒުކުރުމާ ގުޅޭގޮތުން މެންބަރު ގައުމުތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް