ސްޓެލްކޯއިން، އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ހާއްސަ ކޯހެއް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ އެ ޕްރޮގްރާމަކީ ”ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް“ގެ ކޯހެއް ކަމަށެވެ.
އެ ކޯހުގައި އެކި ރަށްތަކުން ސްޓެލްކޯގެ 60 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެ ކުންފުނިން ބުނީ އެ ކޯހުގެ މަގުސަދަކީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ގައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުން ކަމަށެވެ.
އެ ކޯސް ކުރިޔަށްގެންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެންނެވެ.
![]()
