ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.
ސިނގިރޭޓަކުން 8 ރުފިޔާގެ ޑިއުޓީ ނަގަމުން އަންނަނިކޮށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ އަދަދު ދަށްކޮށް، 4 ރުފިޔާއަށް ބަދަލުކުރުމަށެވެ.
އެގޮތުން މި އިސްލާހުތަކާއެކު ދުންފަތުގެ އިސްއތިުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ޤާނޫނުުގެ 7ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވަނީ ހިމަނާފައެވެ. މިގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ.
![]()
