އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން އެރޭ 9:00 އަށެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބުނު އިރު އެ އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ވޯޓު ފޮށްޓެކެވެ.ނަޝީދު ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވެ އުފެދުނު ހިޔާލު ތަފާތުވުމުގައި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހުއެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު ބޭއްވި އެ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް