ޝައިތާނާ އާއި ގާތްވުމަށް ސިޙުރުވެރިން ކުރާ ބައެއް ކަންކަން !
ސިޙުރުހާހޫރަ ހެދުމަކީ ދިވެހިންގެ ތެރޭގައި ގަދީމީ ޒަމާނުއްސުރެ އޮތް ޝައިތާނީ ޢަމަލެކެވެ. އެކި ކަންކަމަށް ސިޙުރު ހަދާފައި ހުރިކަން ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. އެގޮތުން ލޯބިވެރިޔަކު ހޯދުމަށާއި ދެމަފިރިން ދުރުކުރުމަށާއި ދެމަފިރިކަމުގެ ގުޅުން ހިންގިޔަ ނުދޭށާއި މަސްވެރިކަމަށާއި މީހުން މެރުމަށާއި މީހުން ބަލިޖެއްސުމަށާއި ބަލިބަލީގެ ފަރުވާއަށާއި މީހުން މެރުމަށްވެސް ސިޙުރު ހަދާފައި އެބަހުއްޓެވެ. ސިޙުރަކީ ރުގްޔާއެއް ނޫނެވެ. އެއީ ޤުރުއާނުގެ އާޔަތްތައް އޮޅުވާލައިގެން ޖިންނީންގެ އެހީއާއި މަދަދާއެކު ހަދައިއުޅޭ އެއްޗެކެވެ. ފުރިހަމަ މިއުމިނަކަށް ސިޙުރުވެރިއަކަށް ނުވެވޭނެއެވެ. އެއީ ސިހުރު ހެދުމަކީ ﷲ […]
އުފަންވާއިރު ބަރުދަން ލުއިވާ ސަބަބުތަކާއި އެކަމުގެ ގެއްލުން!
އުފަންވާއިރު ބަރުދަން ލުއިވުން މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ސިއްޙީ މައްސަލަތަކެއް އެ ކުއްޖަކަށް ކުރިމަތިކުރުވަފާނެ ކަމެކެވެ. އުފަންވާއިރު ބަރުދަން ލުއިވުމުގެ މައިގަނޑު ސަބަބަކީ ދުވަސްނުފުރާ އުފަންވުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިން ރަހިމުގައި ހޭދަކުރާ މުއްދަތު ނިސްބަތުން ކުޑަވާނެއެވެ. އާންމު ގޮތެއްގައި ކުއްޖާގެ ބަރުދަނުގެ ބޮޑުބައެއް އިތުރުވެގެން އަންނަނީ މާބަނޑު […]
އަގުބޮޑު ގަސްކާނާގެ ބަދަލުގައި ކުކުޅު ބިހުންވެސް ފުދޭނެ !
ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ގަސް އިންދުމަށް ޝައުގުވެރިވާ މީހުންނެވެ. އެގޮތުން ތަފާތު އެކި މާއަޅާ ގަސްތައް ހެއްދުމަކީ ދިވެހިން ވަރަށް ޝައުގު ހުންނަ ކަމެކެވެ. އެކަން ތޮއްޖެހިފައިވާ މާލޭގެ ހަނި ބެލްކަނިތަކަށް ނަޒަރު ހިންގާލުމުންވެސް ސާފުވާނެއެވެ. ގަސް ހެއްދުމަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ޚަރަދެއް ހިނގާނެކަމެކެވެ. އަދި އެއީ ގަވައިދުން މޮނީޓާކޮށް ބަލަންޖެހޭ ކަމެއްވެސް މެއެވެ. ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި ގަހެއްހެދި ބޮޑުވުމަށް ބޭނުންވަނީ މައިގަނޑު ހަ މައްދާއެކެވެ. އެއީ ކާބަން، ހައިޑްރޮޖަން، އޮކްސިޖަން، ނައިޓްރޮޖަން، ފޮސްފޮރަސްގެ އިތުރުން ޕޮޓޭސިއަމެވެ. […]
ނިދަނީ ބަންޑުން އޮވެތަ؟ ސްޕީލް ޕެރަލައިސިސްގެ ނުރައްކަލާ ކުރިމަތިވެދާނެ!
ސްލީޕް ޕެރެލައިސިސް އަކީ ދެބަދޭތެރެއިން ހޭލެވޭއިރު ކައިރީގައި ހިނގާ ހުރިހާ ކަމެއް ރަނގަޅަށް އެނގޭ އިރުވެސް ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ޙަރަކާތްތެރިކޮށް ނުލެވި، ވަގުތީ ގޮތުން މީހާ ’ޕެރެލައިޒް‘ ވެފައި އޮންނަން ޖެހޭ ޙާލަތަކަށް ކިޔާ ނަމެކެެވެ. ސްލީޕް ޕެރަލައިސިސް ވާން ދިމާވާ މައިގަނޑު ސަބަބަކީ ހޭލާ އޮންނައިރު ލޮލުގެ ކުއްލި ޙަރަކާތްތައް ކުރެވި ވަރަށް އަވަސްއަވަހަށް ކަޅި އެކިކޮޅުކޮޅަށް ގެންދިޔުމެވެ. މި ޙާލަތަށް އިނގިރޭސި ބަހުން ކިޔަނީ ރެޕިޑް އައި މޫވްމެންޓް ނުވަތަ އާރްއީއެމް އެވެ. އާރްއީއެމް އަކީ ނިދީގައިވާ ވަގުތު ސިކުނޑި […]
ވޭޕާއި ޝީޝާ: ސަޅިއެއް ނޫން، ފުރާނައަށް ނުރައްކާ
ދުން ގުޑުގުޑާ ބޮއުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ކަމެކެވެ. ދުންފަތާއި، ފެހި ކޯލަވާޓަރާއި އެނޫންވެސް ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އެޅުމަށް ފަހު ހަށިގަނޑުގެ އެތެރެޔަށް އެ ދަމާލާ ދުންތަކުން އެތައް ގުނަވަނެއް ނުރައްކަލަށް ހުށަހެޅެވެ. ޒަމާން ބަދަލުވެ، މިއަދުމީ އީ- ސިނގިރޭޓާއި ވޭޕާއި ޝީޝާގެ ޒަމާނެވެ. ފުރަ މާލޭގައިވެސް، އެފަދަ ޚިދުމަތްތައް ވިއްކާ އެތައް ކެފޭ އެއް އެބަހުއްޓެވެ. ޝީޝާ ބުއިމަކީ މިއަދު ޒުވާނުންގެ މެދުގައި މަގުބޫލު ކަމެކެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ޝީޝާ ކެފޭތައް ހުންނަނީ […]
ޔޫރިން އިންފެކްޝަން ރަނގަޅުކުރަން އަނޯނާ ވަރެއް ނެތް!
އަނޯނާއަކީ ދިވެހި އަތަ ނިސްބަތްވާ އާއިލާއަށް ނިސްބަތްވާ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. އަނޯނާއަކީ ސިއްޙީ ފައިދާތަކުން ފުރިގެންވާ މޭވާއެކެވެ. އެގޮތުން އަނޯނާގައި ގިނަ އަދަދެއްގެ ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ފައިބާ، ޕޮސްފަރަސް، މެންގަނީޒް، ކޮޕާ ފަދަ މާއްދާތައް އެކުލެވިގެންވެއެވެ. އަނޯނާއިން ލިބިދޭ ސިއްހީ ބައެއް ފައިދާތައް: – ޔޫރިން އިންފެކްޝަނުން ސަލާމަތްވުން (ކުޑަކަމުދާ ނިޒާމުގައި ޖަރާސީ އެޅުމުން ރައްކާތެރިކޮށްދިނުން : އަނޯނާގައި […]
އެސްފީނާއާއި އޭގެ ފަރުވާ!
އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމެވެ. އެސްފީނާ ޖެހެނީ ހަމައެކަނި އިގްތިޔާރުގައެއް ނޫނެވެ. ބޭއިހްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. އަދި ހަސަދަވެރީންގެ ހަސަދައިގެ ސަބަބުންވެސް އެސްފީނާ ޖެހިދާނެއެވެ. މާ ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّـهِ مِن شَيْءٍ ۖ إِنِ الْحُكْمُ […]
އެންޒައިޓީން ސަލާމަތް ވުމަށް މިކަންކަން ކޮށްލައްވާ!
އެންޒައިޓީ އަކީ ކަމެއްވެދާނެ ކަމުގެ ބިރު އިޙުސާސު ކުރެވުން ނުވަތަ ހިތްބިރުގަނެ ހާސްވާ ގޮތްވުމެވެ. ހާސްވެ ކަންބޮޑުވުމަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. ހާސްވެ ކަންބޮޑުވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި ފިކުރާއި އިޙުސާސާއި އުޅުމަށެވެ. މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިޙުސާސްވާ ހިތްހަމަނުޖެހުމާއި އުދަގުލާއި ކަންބޮޑުވުމާއި ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެ ހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް (އެންޒައިޓީ) ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ […]
އެތެރޭގެ ދަތުރުތަކަށް ”ނޯ“، ހުޅުލެ ނުވަތަ ހުޅުމާލެ ނަމަ ހޭވައްލާ ތައްޔާރު!
މާލެއަކީ ފުރި ބާރުވެފައިވާ ކާރޫބާރޫ ބޮޑު ސިޓީއެކެވެ. މި ސިޓީގެ މަގުތައް އޮތީވެހިކަލްތަކުން ތޮއްޖެހިފައެވެ. ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑަ ނޭޅި، އެކަށީގެންވާވަރަށް ވުރެ ގިނައިން ވެހިކަލްތައް މިވަނީ މާލެއަށް ގިނަވެފައެވެ. އުމުރުން ދޮށީ ވެހިކަލްތައް ނައްތާލެވޭނެ އުސޫލެއްވެސް ނެތެވެ. ބައެއް މަގުތަކުގައި ޕާކުކޮށްފައި ހުންނަތާ 15-20 އަހަރުވީ ވެހިކަލްތައްވެސް އެބަހުއްޓެވެ. ބާދަނގަނޑަށްވާއިރުވެސް އެ ވެހިކަލްތައް އެތަނުން ނުނަގައެވެ. ދަމަކުން ބަޑިއެއްޖަހާހެން ބައެއް ފަހަރު ފުލުހުން އެ ވެހިކަލްތައް ޓޯކުރެއެވެ. ނުގަވާޢިދުން ޕާކް ކޮށްފާ ނުންނަ ސައިކަލް ކާރުތަކުގައި ސްޓީކާޖަހާފޯރީގެ 5%ގައިވެސް އެގޮތަށް މަގުމަށްޗަށް އެއްލާލެވިފައި ހުންނަ އަޅާނުލާ ވެހިކަލްތަކަށް އެޓެންޑެއް ނުކުރެއެވެ. ބައެއް މަގުތަކުގެ ދެފަރާތުގައިވެސް ކާރުތައް ޕާކްކޮށްފާ އެތަކެއް މަހެއްވަންދެން ހުށްޓާ އެބަފެނެއެވެ. މާލެއަކީ އެކިއެކި ސަބަބުތަކާހުރެ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އުޅޭ މައިސިޓީއެވެ. އެމްޓީސީސީން މި ފަހުން ތައާރަފްކުރި މިނީ ބަހުގެހިދުމަތްފެށެންދެންވެސް މާލޭގެ އެތެރޭގެ މަގުތަކުގައި އާއްމު ދަތުރުފަތުރުގެ ނިޒާމެއް (ޕަބްލިކްޓްރާންސްޕޯޓެއް) ނެތެވެ. ފުރިހަމަ އާއްމު ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީތަރައްގީވެފައިވާ ގައުމުތައް ތަރައްގީވި ސަބަބެއްވެސް މެއެވެ. މިނީ ބަހުގެ ކުރިން މާލޭގެ އެތެރޭގެ ދަތުރުފަތުރުތައް ކޮންޓްރޯލްކުރަނީ، ޓެކްސީޑްރައިވަރުންނެވެ. އެތައް ސަތޭކަ ޓެކްސީ ޑްރައިވަރުންނެއް މާލޭގައި ޙަރަކާތްތެރިވާއިރު، އާއްމު ރައްޔިތު މީހާއަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ނުލިބެއެވެ. ޓެކްސީއެއް ހޯދުމުގެ އިތުބާރު ހިފޭ ނިޒާމެއް ނެތެވެ. ބައެއް އެޕްލިކޭޝަންތައްހުއްޓަސް އޭގެންވެސް އެއްވެސް ޔަގީންކަމެއް ނޯވެއެވެ. އޮންނަނީ ޓެކްސީޑްރައިވަރުން ހިތަށް އެރުމެވެ. ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ދައުރުގައި، ގާދޫކޮލު ހިއްކައި ފެނުން މައްޗަށްއުފުލައިލި ބޮޑު ބިޔަ ބުރިޖާއެކު އެއްގަމު މަގުން މާލެއާއި ހުޅުމާލެ އަދި ހުޅުލެގުޅުންވެގެން ދިޔައީ ޓެކްސީ ޑްރައިވަރުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މާލެއާއި ހުޅުމާލެއާ ނުވަތަ ހުޅުލެއާ ދެމެދު ދަތުރު ކޮށްލައިގެން އެތެރޭގެދަތުރުތަކަށްވުރެ ޑަބަލް އަގު ލިބިއެވެ. އެހެންވެ، ޓެކްސީ ޑްރައިވަރުން މާލޭގެ އެތެރޭގެ ދަތުރުތައް […]
ތުއްތުކުދިންގެ ހަރަކާތްތަކުން ދޭހަވާ ބައެއް ކަންކަން
ތުއްތު ދަރުފުޅު ކުޑައިރު ކުރާ ކޮންމެ ހަރަކާތަކީވެސް އޭގައި ސަބަބެއް އެކުލެވިގެންވާ ކަމެކެވެ. އެންމެ ތުއްތު ކުދިންނަށް ކަމެއް ބޭނުންވިޔަސް ނުވަތަ ތަނަކަށް ތަދުވިޔަސް ބުނާކަށް ނޭނގޭނެއެވެ. އޭގެ ބަދަލުގައި އެ ކުދިން ކުރާނީ އެކިއެކި ހަރަކާތެވެ. އަތުންނާއި ފައިންނެވެ. ބައެއް ފަހަރު ރުއިމަކީވެސް މިފަދަ ކަމެކެވެ. ތުއްތު ކުދިން އެކި ކަންކަމުގައި ބޭނުންކުރާ އުކުޅުތަކެއްވެއެވެ. އެގޮތުން ބައެއް އުކުޅުތައް ތިރީގައި އެވަނީއެވެ. އަތުގެ ބޮޑުވައި އިނގިލި ފިއްތުން:ތުއްތު ކުދިން އަތުގެ ބޮޑުވައި އިނގިލި އެހެން އިނގިލިތަކުގެ […]