ނިދަނީ ބަންޑުން އޮވެތަ؟ ސްޕީލް ޕެރަލައިސިސްގެ ނުރައްކަލާ ކުރިމަތިވެދާނެ!

Loading

Facebook
Twitter
WhatsApp


ސްލީޕް ޕެރެލައިސިސް އަކީ ދެބަދޭތެރެއިން ހޭލެވޭއިރު ކައިރީގައި ހިނގާ ހުރިހާ ކަމެއް ރަނގަޅަށް އެނގޭ އިރުވެސް ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ޙަރަކާތްތެރިކޮށް ނުލެވި، ވަގުތީ ގޮތުން މީހާ ’ޕެރެލައިޒް‘ ވެފައި އޮންނަން ޖެހޭ ޙާލަތަކަށް ކިޔާ ނަމެކެެވެ.

ސްލީޕް ޕެރަލައިސިސް ވާން ދިމާވާ މައިގަނޑު ސަބަބަކީ ހޭލާ އޮންނައިރު ލޮލުގެ ކުއްލި ޙަރަކާތްތައް ކުރެވި ވަރަށް އަވަސްއަވަހަށް ކަޅި އެކިކޮޅުކޮޅަށް ގެންދިޔުމެވެ. މި ޙާލަތަށް އިނގިރޭސި ބަހުން ކިޔަނީ ރެޕިޑް އައި މޫވްމެންޓް ނުވަތަ އާރްއީއެމް އެވެ. 

އާރްއީއެމް އަކީ ނިދީގައިވާ ވަގުތު ސިކުނޑި ވަރަށް ހަލުވިކަމާއެކު މަސައްކަތްކުރާ ވަގުތެކެވެ. މި އިރުގައި އާންމުކޮށް ހުވަފެންތައްވެސް ފެންނާނެއެވެ. އެ ޙާލަތުގައި ނޭވާލުމަށް ބޭނުންކުރާ މަސްތަކާއި ލޯ ނޫން ހަށިގަނޑުގެ އެއްވެސް ގުނަވަނަކުން ޙާރަކާތެއް ނުކުރެވޭނެއެވެ.

ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މިއީ ސިއްޙީ ގޮތުން ގެއްލުން ހުރި ކަމެއް ނޫނެވެ. އަދި މިއީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނުވަތަ މަދު މިނެޓު ކޮޅެއްގެ ތެރޭގައި އަމިއްލައަށް ރަނގަޅުވާކަމެއް ކަމަކަށެވެ. ކޮންމެ އުމުރެއްގައިވެސް މިކަން ތަޖުރިބާކުރަން ޖެހިދާނެއެވެ. ނަމަވެސް އާންމުކޮށް ސްލީޕް ޕެރެލައިސިސްގެ އުނދަގޫ ކުރިމަތިވަނީ ފުރާވަރަށް އަރަމުން އަންނަ ކުދިންނާއި ޒުވާނުންނަށެވެ.

ސްލީޕް ޕެރަލައިސިސް ވާކަން އެނގޭނީ ކިހިނެއް؟

ސްލީޕް ޕެރަލައިސިސް ވާންއުޅޭކަން އެނގޭނެ ބައިވަރު ގޮތްތައް ހުރެއެވެ. އެގޮތުން ސްލީޕް ޕެރަލައިސިސް ކުރިއަށްދާ ވަގުތުގައި ފުންނޭވާ ލާން އުނދަގޫވެ މޭމަތި ފަޅައިގެން ނުވަތަ މޭމަތި ފިތުމާއިއެކު ފިސްވާން އުޅޭހެން ހީވާނެއެވެ. 

އަދި ލޮލުން ޙަރަކާތްކުރެވިި ކޮޅުކޮޅަށް ކަޅި ގެންދެވި ކައިރީގައި ރޫޙާނީ އެއްޗެއް ނުވަތަ މީހެއްވާ ކަމަށް އިޙުސާސްކުރެވި ހާސްވެއެވެ. އަދި އަލުން ނިދަން އުޅެފިނަމަ ވަރަށް ފުން ތަނަކަށް ގެނބިގެންދާހެން ހީވެ ހާސްވެ ކަންބޮޑުވާ ގޮތްވެސް ކުރިމަތިވެއެވެ.

ސްޕީލް ޕެރަލައިސިސް މެދުވެރިވާ ގިނަ ކަންތައްތަކެއް ވެއެވެ. އެގޮތުން ހަމަ ނިދި ނުލިބުމާއި، ބަންޑުން އޮވެ ނިދުމާއި ނަކޮލެފްސީ ތަޙައްމަލު ކުރުމާއި އެކި ދަންފަޅި ތަކުގައި ނިދުމާއި ޢާއްމުކޮށް ނިދާ ވަގުތު ނޫން ވަގުތެއްގައި ނިދުން ހިމެނެއެވެ

Loading

One Response

  1. ނިދަންވާނީ ވައަތް ފަރާތަށް އޮވެގެންނޯ ކިޔާފަ އޭރު ގޮހޮރު އޮންނަ ގޮތަށް ކުރަހާފަ ފޮޓޯ ޖަހާފަ އޮއްވާ ނޫހުން ދުށިން. މިއީ ލާދީނިއްޔަތު ފަތުރަން ކުރާ ކަންތައް. އަހަރެމެންގެ ރަސޫލާ(ޞޢވ) ގެ ކޮންމެ ޙަދީސް ބަސްފުޅަކާ ޚިލާފަށް ލާދީނިއްޔަތުގެ މީހުން ކަންކަން ރާވާނެ. ޙަދީސްގައި އޮންނަނީ ކަނައަތް ފަރާތަށް އޮވެ ނިދަން…ނިޔަފަތި ކަނޑަން އޮންނަނީ އެބައި މީހުން ބުނަނީ ދިގުކޮށްފަ ސާފުކޮށްފަ ބަހައްޓަން..ހީނާފަތް އަޅަން ބުނީމާ އެވެރިން ބުނަނީ ކުލަ ޖައްސަން. ކިނބިހި އެޅުނީމާ މިއޮންނަނީ الحمدلله ކިޔަން އެވެރިން ބުނަނީ އެކްސް ގިޔުޒުމީ ކިޔާށޯ. މިހެން ބައިވަރު ކަންކަން އެބަހުރި………..އެކަމަކު މިއަދުގެ ސައިންސުން ހަދީސްފުޅުތަކުގައި އޮތް ބަސްފުޅުތައް ތެދުކަން ދަނީ ސާބިތު ވަމުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް