ފުރަގަސްފަރާތު ބަލިން ރައްކާތެރިވާނެ ގޮތް މިއޮތީ

ފުރަގަސްފަރާތު ބައްޔަކީ، ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމެވެ. އާއްމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި މެދުވެރިވަން ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކަށް އާދަޔާ ހިލާފަށް ޕްރެޝަރު ބޮޑުވުމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއްމުކޮށް ފުރަގަސް ފަރާތުބަލި ޖެހެނީ އުމުރުން 20 އަހަރާއު 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 50 ޕަސަންޓް މީހުންނަށް […]

ދަނބަކީ ނުކައި ދޫކޮށްލެވޭ ވަރުގެ  މޭވާއެއް ނޫން

ދަނބަކީ ރާއްޖޭގައިވެސް ވަރަށް އާއްމުކޮށް ހެދޭ މޭވާއެކެވެ. މީގެދުވަސްކޮޅެއް  ކުރީން ހުޅުމާލޭގެ ބައެއް މަގުތައް ވަނީ   ދަނބުންފުރާލައިފައެވެ.  ހުތްފޮނި ރަހައެއްދޭ މި މޭވާއަކީ އުނި އޮށެއްގެސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ދަނބަކީ ފަނިގިރައިގެންވެސް ބޯން މީރު މޭވާއެކެވެ.  އަދިހުހާކެއުމަށްވެސް މީރު މޭވާއެކެވެ. ދަނބުގައި  އެތައް ސިއްޙީފައިދާތަކެއް އެކުލެވިގެންވެއެވެ.  އެގޮތުން އެންމެ ޚާއްސައެއްކަމަކީ، ހަކުރުބައްޔާ  ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުއޭގައި އެކުލެވިފައިވާތީއެވެ. ހަކުރުބައްޔަކީ ރާއްޖޭގައި ވަރަށް އާއްމު ބައްޔަކަށްވާއިރު ދަނބު ގަހުގެ ތޮއްޓާއި، ފަތް، ދަނބު، އަދި އޮށަކީ ވެސް  ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.  އެގޮތުން، ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެނިސްބަތް  ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ދަނބު އޮށްމުގުރައި  ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެންބޭނުން  ކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައިހަކުރުގެ ނިސްބަތް ކޮށްދެއެވެ. ދަނބުން ފަރުވާ ހޯދޭނެ ބަލިތައް: ބޭރަށް ހިންގުން އަނގަފާރު އެޅުން ޑިސެންްޓްރީ ހަކުރު ބަލި ލޭމައްޗަށް ދިއުން ކަރުތެރޭގެ މައްސަލަތައް ދަނބަކީ ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަރަލްސް އެކުލެވިގެންވާ މޭވާއެކެވެ. އެގޮތުން އޭގައި ވީޓަމިން އޭ،  ވިޓަމިންބީ، ޕޮރޭސިއަމް، ފޮސްފެރެސް،  ތައިމިން، ޕްރޮޓީން، އަޔަން،ސޯޑިއަމް، ކެލްސިއަމް،  ކާބޯހައިޑްރޭޓްސް، ލިޕިޑްސް، ނިއަސިންފަދަ މާއްދާތައް  އެކުލެވިގެން ވަރަށް ހަށިގަނޑަށް ރަނގަޅު މޭވާއެކެވެ

އަޖުވާ ކަދުރު: ސިހުރާއި ވިހައިން ރައްކާތެރިކޮށްދޭ އައްޑަނައެއް!

ކަދުރަކީ އަރަބި ގައުމުތަކުގައި ވަރަށް އާއްމު މޭވާއެކެވެ. ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ މޭވާއެކެވެ. ކަދުރުގެ ބާވަތްތަކުގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑު ކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘް ބަސްފުޅުތަކުންނާއި، އަސްހާބު ބޭކަލުންނާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވެފައި އޮތީ މަދީނާ އަޖުވާ ކަދުރެވެ. އަޖުވާ ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ މޭވާއެކެވެ. އަދި އެއީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެގްނޭސިއަމްގެ އިތުރުން އަޔަން ފަދަ […]