ފުރަގަސްފަރާތު ބަލިން ރައްކާތެރިވާނެ ގޮތް މިއޮތީ

Loading

Facebook
Twitter
WhatsApp

ފުރަގަސްފަރާތު ބައްޔަކީ، ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމެވެ. އާއްމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި މެދުވެރިވަން ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކަށް އާދަޔާ ހިލާފަށް ޕްރެޝަރު ބޮޑުވުމުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އާއްމުކޮށް ފުރަގަސް ފަރާތުބަލި ޖެހެނީ އުމުރުން 20 އަހަރާއު 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 50 ޕަސަންޓް މީހުންނަށް އެ ބަލި ތަހައްމަލުކުރަން ޖެހޭ ކަމަށް ސައިންސްްވެރިން ބުނެފައިވެއެވެ.

ފުރަގަސްފަރާތު ބައްޔާއި ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގެ އެތެރޭ ޕްރެޝަރު މަތިވުމާއި ގުޅުމެއްވާއިރު ލޭހޮޅީގެ އެތެރޭގެ ޕްރެޝަރު މަތިވެއްޖެނަމަ ލޭހޮޅި ދެމި، ފުފޭގޮތްވާނެ އެވެ.

ފުރަގަސްފަރާތު ބައްޔަށް މެދުވެރިވާ ބައެއް ސަބަބުތައް:

ދިގުމުއްދަތަކަށް ބަނޑުހަރުވުމާއި ކުޑަކަމުދާއިރު ބާރުލާން ޖެހުން
ވިރާސީގޮތުން ފުރަގަސްފަރާތު ބަލި ޖެހުން
ކުޑަކަމުދާއިރު ބާރުލާންޖެހުން
މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލި ޖެހުން
ބައެއް ބާވަތްތަކުގެ ކެންސަރު

ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

ވީވަރަކުން ތާފެނާފެނުން ފެންވެރުން
ގިނައިރުތަކެއްވަންދެން ކޮޅަށްނުހުރުން ނުވަތަ އިށީނދެ ނުއިނުން
ފައިބާ އެކުލެވޭ ކާނާ ގިނައިން ކެއުން
ގިނައިން ދިޔާ އެއްޗެތި ބުއިން
ބޮޑުކަމުދިއުމުގެ ރަނގަޅު އާދައެއް ގެންގުޅުން
ބަރުދަން ލުއިކުރުން

ފުރަގަސްފަރާތު ބައްޔަކީ ބޭސްކޮށްގެން ފަރުވާ ކުރެވޭ ބައެއްޔެކެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ބޭސް ކައިގެން އެބަލިން ރައްކާތެރިކަން ލިބޭއިރު އަނެއްބައި ފަހަރު ބަލިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް