އެންޒައިޓީން ސަލާމަތް ވުމަށް މިކަންކަން ކޮށްލައްވާ! 

Loading

Facebook
Twitter
WhatsApp

އެންޒައިޓީ އަކީ ކަމެއްވެދާނެ ކަމުގެ ބިރު އިޙުސާސު ކުރެވުން ނުވަތަ ހިތްބިރުގަނެ ހާސްވާ ގޮތްވުމެވެ. ހާސްވެ ކަންބޮޑުވުމަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. ހާސްވެ ކަންބޮޑުވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި ފިކުރާއި އިޙުސާސާއި އުޅުމަށެވެ. 

މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިޙުސާސްވާ ހިތްހަމަނުޖެހުމާއި އުދަގުލާއި ކަންބޮޑުވުމާއި ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެ ހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް (އެންޒައިޓީ) ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ.

އެންޒައިޓީގެ ވައްތަރުތަކެއް ވެއެވެ. އެންޒައިޓީ ޑިސްއޯޑާގެ ވައްތަރުތަކުގެ ތެރެގައި ޕެނިކް ޑިސްއޯޑާ އަދި ސޯޝަލް އެންޒައެޓީ ޑިސްއޯޑާ، ސްޕެސިފިކް ފޯބިއާސް ގެ އިތުރުން ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ހިމެނެ އެވެ.

އެންޒައިޓީއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

– ކެއުމަށް ފަރުވާތެރިވުން:

ހަށިގަނޑަށް ފައިދާހުރި ކެއުންތައް ކެއުމަކީ އެންޒައިޓީން ދުރުކޮށްދޭ ކަމެކެވެ.  އެގޮތުން، ގިނައިން ވިޓަމިން ސީ ހިމެނޭ މާއްދާތަކާއި ފައިބާ ހިމެނޭ މާއްދާތައް ކެއުމުގައި ބޭނުން ކުރުމަކީ މުހިންމުކަމެކެވެ.

– އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުން:  

އެކިއެކި ކަންކަމާ މާބޮޑަށް ވިސްނުމަކީ އެންޒައިޓީއަށް މަގުފަހިވާ ކަމެކެވެ. އެހެންވެ، ކޮންމެ ދުވަހެއްގެ ކޮންމެވެސް ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ހުސްކޮށްލަން ވާނެއެވެ. އަދި އަމިއްލަ އަށް ހިތްހަމަ ޖެހޭ ކޮންމެވެސް ކަމެއް، މިސާލަކަށް ކުރެހުން، ނުވަތަ އިރު އަރާ މަންޒަރު ބެލުން ފަދަ ކަމެއް ކުރެވިދާނެއެވެ. އެކަމަށް ވަގުތު ހުސްކުރެވިދާނެއެވެ. އޭރަށް ސިކުނޑީގެ ތެރޭގައި އެނބުރޭ ބޭކާރު ހިޔާލުތައް ދުރުވާނެއެވެ.

– ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުން:

އެންޒައިޓީއިން ސަލާމަތްވާން ބޭނުންނަމަ ސިނގިރޭޓް ނުވަތަ ވޭޕްއާއި ދުންފަތް އެކުލެވޭ އެއްވެސް މާއްދާއެއް ނުވަތަ އެއްޗެއް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ނުރަނގަޅު އަސަރުތައްކުރެއެވެ.

– ތާވަލެއް ހެދުން:

އެންޒައިޓީން ސަލާމަތްވުމަށް ދުވަހުގެ ތާވަލެއް ހަދައި އެ ތާވަލާ އެއްގޮތަށް ދުވަހުގެ ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އަދި އަބަދުވެސް ކޮންމެވެސް ކަމަކާ މަސްއޫލުވެ އުޅުމަކީ ބޭނުންތެރިކަމެކެވެ.

– ކަސްރަތު ކުރުން:

ހިނގަން ދިޔުމާއި މީހުނާއިއެކު ކަސްރަތު ކުރުމަކީ ސިކުނޑި ތާޒާވެ އެހެން ކަންކަންމަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވާ ކަމެކެވެ.

ހަށިގަނޑު ސަލާމަތުން ހުރުމަކީ ހާސް ނިޢުމަތެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް