އިންތިޚާބުގެ ދުވަސްވަރު ވޯޓުލާ މީހުންނަށް ފެނާއި ކެއުން ދިނުން އެމެރިކާގެ ސްޓޭޓަކުން މަނާކޮށްފި

އެމެރިކާގެ ސްޓޭޓްއެއް ކަމުގައިވާ ޖޯޖިޔާގައި އަލަށް ތަންފީޒުކޮށފައިވާ އިލެކްޝަންސްއާ ބެހޭ ގާނޫނާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ. ރިޕަބްލިކަން ޕާރޓީގެ ގަވަނަރ ބްރިއަން ކިމްޕް ހުށަހަޅާފައިވާ ބިލެއް ތަންފީޒުކޮށް އެ ގައުމުގައި މިހާރު ވަނީ ވޯޓުލާން ސަފުގައި ތިބޭ ވަގުތު މީހުންނަށް ފެނާއި ކާއެއްޗެހި ބެހުން މަނާކޮށްފައެވެ. މި ގަވައިދު ތަންފީޒުކޮށްފައިވަނީ އިންތިޚާބު ކުރުމަށް ކަނޑައަޅާފައި އޮންނަ ވަގުތު ނިމުމަށްފަހު އެއްވެސް މީހަކަށް ވޯޓުގެ ނަތީޖާއަށް ބަދަލެއް ގެނުވަފާނެ ފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމުގެ […]

އީރާނާއި ޗައިނާ: އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނާއި ޗައިނާއަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ ގައުމުކަމަށްވުމުން، އެ ދެގައުމު، އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމަށް ބުނެ 25 އަހަރުދުވަހަށް ދިގުދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައެވެ. އިރާނުގެ ފަރާތުން އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ، މުޙަންމަދު ޖަވާދް ޡަރީފްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގް ޔީއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ޗައިނާގެ ރައީސް ޒީ […]

އިޒްރޭލުގެ އާގުބޯޓަކަށް އިރާނުން މިސައިލް ހަމަލާއެއް ދީފި

އަރަބި ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ އިޒްރޭލުގެ އާގު ބޯޓަކަށް އީރާނުން މިސައިލު ހަމަލާއެއް ދީފިއެވެ. މި ޚަބަރު ރިޕޯޓުކުރި ޓެލް އަވީވްގެ ނޫސް ޗެނެލުން ބުނި ގޮތުގައި މިސައިލު ހަމަލާ ދީފައިވަނީ އެ ބޯޓު ޓެންޒޭނިޔާއިން އިންޑިޔާއަށް ދަތުރުކުރަމުންދިޔަ މަގު މަތީގައެވެ. ޚަބަރުލިބިފައިވާ ގޮތުގައި އެއްވެސް މީހެއްގެ ފުރާނައަށް މި ހަމަލާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އާގު ބޯޓަށް ވަނީ ބޮޑެތިގެއްލުން ތަކެއް ލިބިފައެވެ. ލިބުނު ގެއްލުމުގެ ތަފުސީލު އެނގޭވަރު ވާނީ އެ ބޯޓު […]

މެލޭޝިޔާ ފުލުހުން ސަލަފީ ޖިހާދީ ގުރޫޕާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށްފި

ޖެނުއަރީ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު މެލޭޝިޔާގެ ފުލުހުންވަނީ ކުއަލަ ލަމްޕޫރްއާއި ސެލަންގޮރް ޕެރަކް އަދި ޕެނެންގްއިން 6 މީހުން ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައެވެ. މެލޭޝިޔާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް، ޓޭން ސްރީ ޢަބްދުލް ޙަމީދް ބަދޯރް މައުލޫމާތު ދެއްވިގޮތުގައި ހައްޔަރު ކުރެވިފައިވަނީ މެލޭޝިޔާގެ ފަސް މީހުންނާއި އިންޑޮނޭސިޔާގެ މީހެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ބުކިޓް އަމާން ސްޕެޝަލް ބްރާންޗްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ހައްޔަރު […]

ވެކްސިން ޕާސްޕޯޓު ހަގީގަތަކަށް ވަނީ

ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކަށް ދަތުރު ކުރުމުގައި ވެކްސިން ޕާސްޕޯޓު ބޭނުން ކުރުމަށް ކަމާބެހޭފަރާތްތަކުން މަޝްވަރާތައް ކުރަންފަށައިފިއެވެ. ވެކްސިން ޕާސްޕޯޓު ނުވަތަ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓަކީ ޑިޖިޓަލް ނުވަތަ ކަރުދާސް ލިޔުމެކެވެ. މިލިޔުމުގައި ހިމެނޭނީ ކޯވިޑް 19ގެ ވެކްސިން ޖެހިކަން ހާމަކޮށްދޭ ފާހަގައެކެވެ. އަދި ޖަހާފައިވަނީ ކޮން ވެކްސިނެއް ކަމާއި ވެކްސިން ޖަހާފައިވާ ތަނާއި ޖަހާފައިވާ ތާރީޚުވެސް މި ލިޔުމުގައި ހިމެނޭނެއެވެ. މީގެ އިތުރުން އެންޓިބޮޑީ ލެވެލްއާއި ޕީ.ސީ.އާރް ޓެސްޓާއި ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާވެސް މި […]

ސުއޭޒް ކެނަލް ބަންދުވުމުން ދުނިޔޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް

ސުއޭޒް ކެނަލަކީ ދުނިޔޭގެ ތެލުގެ %9 އަދި މުޅި ދުނިޔޭގެ ވިޔަފާރީގެ %12 ގެ މުދާ އެއްގައުމުން އަނެއްގައުމަށް ގެންދާ މަގެވެ. ދިގުމިނުގައި 400 މީޓަރު ހުރި އާގު ބޯޓެއް ސުއޭޒް ކެނެލް ތެރެއަށް ހުރަސްވެ، ސުއޭޒް ކެނެލް ތެރެއިން ދަތުރު ކުރާނެ މަގުވަނީ ބަންދުވެފައެވެ. ސުއޭޒް ކެނެލްއަކީ އޭޝިޔާ އާއި ޔޫރަޕާ ދެމެދު ވިޔަފާރި ކުރާ ބޯޓުފަހަރު މުދާ އެތެރެކުރާ މައި މަގެވެ. ސުއޭޒް ކެނެލް 1896ގައި ހުޅުވިފަހުން، ސުއެޒް ކެނަލްއަކީ މުޅި ދުނިޔޭގައިވެސް އެންމެ […]

ޔޫ.އެންގެ އިންވެސްޓިގޭޓަރަކަށް މަރުގެ އިންޒާރު ދިންކަމަށް ސައުދީގެ އޮފިޝަލެއްގެ މައްޗަށް ތުހުމަތުކޮށްފި

ޔޫއެންގެ ފަރާތުން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އޮފިޝަލެއް ކަމުގައިވާ އެގްނީސް ގަލަވާރޑްއަށް ސައުދީ ސަރުކާރުގެ ސީނިއަރ އޮފިޝަލަކުމަރުގެ އިންޒާދު ދެއްވިކަމަށް ތުހުމަތުކޮށްފިއެވެ. ޖެނީވާގައި ޔޫ.އެންގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ސައުދީގެ އޮފިޝަލަކު ދެފަހަރެއްގެ މަތިން މަރުގެ އިންޒާރެއް ކަމުގައި ބެލެވޭ ބަސްތަކެއް އެގްނީސްއަށް އަމާޒުކުރައްވާފައި ވެއެވެ. މިކަމާ ގުޅިގެން އެގްނީސް ”ދަ ގާރޑިއަން“އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވަނީ އޭނާއަށް މި ޚަބަރު ލިބިވަޑައިގަތީ އެ އިންޒާރުދެއްވި ވަގުތު އެތަނުގައި ތިބި މީހުންގެ ފަރާތުންނެވެ. […]

ވެކްސިންގެ ކާމިޔާބީގެ އަސްލަކީ ކެޕިޓަލިޒަމްއާއި ދަހިވެތިކަން: ބޮޑުވަޒީރު ބޮރިސް ޖޯންސަން

ޔޫކޭގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ކާމިޔާބުވީ ކެޕިޓަލިޒަމް އާއި ދަހިވެތިކަމުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. އަދި ވެކްސިން އަވަސް މުއްދަތެއްގައި ތައްޔާރުކޮށްދިން ކަމަށްޓަކައި އެ ގައުމުގެ ސިއްހީ މާހިރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. ބޮރިސް ޖޯންސަން މިހެން ވިދާޅުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޒޫމް މީޓީންއެއްގައި ކަމަށް އެ ގައުމުގެ ނޫސް މަޖައްލާއެއްކަމުގައިވާ ސަން ނިއުސްގައި ހާމަކޮށްފައިވެއެވެ. މި ބައްދަލުވުމަށް ހާޒިރުވެ ތިއްބެވީ ކޮންޒަވެޓިވް ޕާޓީގެ މެންބަރުންނެވެ. ޖޯންސަން […]

ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް އަނެއްކާވެސް އިންޑިޔާއިން ފެނިއްޖެ

އިންޑިޔާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ނޮވެލް ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނިއްޖެއެވެ. އިންޑިޔާގައި ކޮރޯނާ ވައިރަހަށް ފައްސިވާ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި ދަނޑިވަޅުގައި އައު ކޮރޯނާ ވައިރަހުގެ އައު ވައްތަރެއް ފެނުން ވެގެން ދާނީ، ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމެއް ގެނުވާނެކަމެއްކަން ޔަގީނެވެ. ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަހުގެ އައު ވައްތަރު، ފެނިފައި ވަނީ […]

ސްރީލަންކާ މާލީ ދަތިތަކުން ސަލާމަތްވާން ޗައިނާއިން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން ސަލާމަތްވާން ޗައިނާއިން 1.5 ބިލިއަން ޑޮލަރގެ ލޯނެއް ނެގުމަށް މިއަދު އެއްބަސްވެ ސޮއިކޮށްފައިވާކަމުގައި ސްރީލަންކާގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ. ސްރީލަންކާއިން މި ލޯނު ނަގަނީ ގައުމުގެ ދަރަނިބޮޑުވެ،އިގުތިސާދީ ހާލަތު މާބޮޑަށް ދަށަށް ގޮސްފައިވާތީ އެކަމުން އަރައިގަތުމަށެވެ. ޗައިނާއިން ލޯނު ހޯދުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ޗައިނާއާ މަޝްވަރާކުރަމުންދާތާ މިހާރު ވަނީ ދެތިން މަސްދުވަސްވެފައެވެ. ލަންކާއަކީ ވަރަށް ގިނައަދަދެއްގެ މުދާ ޗައިނާއިން އެތެރެކުރާ ޗައިނާގެ އެކުވެރި ގައުމެކެވެ. ފަހަކަށްއައިސް ދެކުނު އޭޝިއާގެ ގައުމުތަކުގެ […]