އަންހެނުންތަކަކާ ފޮށިގެން މިއަދު ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ މަރުކަޒަށް ވަތް މީހާ: ފުލުހުން
ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށިއާންމުންނަށް އުދަގޫކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ވަތް މީހާ ކަމަށް މިރޭ ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ހަވީރު ބުނީ ހެންވޭރުގައި ބޮޑުތަކުރުފާނު މަގަށް ހުންނަ ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކައިރިން މިއަދު މެންދުރު 13:05 ގައި ހައްޔަރުކުރި މީހާއަކީ އެސަރަހައްދުގައި އަންހެނުންތަކަކާ ފޮށި، އާންމުންނަށް އުނދަގޫކުރަމުންދިޔަ 50 އަހަރުގެ ބަންގުލަދޭޝް މީހެއްކަމަށެވެ. މި މައްސަލައާ […]
އިތާފުށީގެ ކޮންމެ މުއައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާ
މާލެ އަތޮޅުގައި ހިންގަމުން އަންނަ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ ކޮންމެ މުއައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ އެ ރިސޯޓުން ދީފިއެވެ. ރާއްޖޭގެ ރިސޯޓު މުއައްޒަފުންގެ ހައްގަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކޮށްފައިވާ މައުލޫމާތަކުން ދައްކާގޮތުން އިތާފުށީގެ މުއައްޒަފުންނަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 3340 ޑޮލަރު ( 51502 ރ) ވަނީ ދީފައެވެ. އިތާފުށްޓަކީ ދުނިޔޭގެ އެންމެ މަގްބޫލް ރިސޯޓްތަކުގެ ލިސްޓްގެ ފަސްވަނައގައި […]
އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލު ވަތް މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް: ފުލުހުން
ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ބަރަހަނާ ހާލުގައި ވަތް މީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ އިސްލާމީ މަރުކަޒަށް ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު މިހާރު އޭނާ ދޫކޮށްފައިވާކަމަށާ އެމީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. ބަންގުލަދޭޝްގެ މި ފިރިހެން މީހާގެ ސްޕޮންސަރ އާއި ގުޅިގެން […]
އަދާލަތު ޕާޓީގެ އިންތިހާބު: ރައީސްކަމަށް ދެ މިނިސްޓަރަކު ކުރިމަތިލައްވައިފި
އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިފިއެވެ. އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މި މަހު 21 2ވަނަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ކުރިމަތި ލާފައިވަނީ ދެ ކެޑިޑޭޓުން ކަމަށެވެ. އެމަގާމަށް ކުރިމަތި ލެއްވި ދެ ބޭފުޅުން […]
ތިލަފުށީ ފަޅު ހިއްކުމަށް އީއައިއޭ ރިޕޯޓް ތައްޔާރުކުރާނެ ފަރާތެއް ހޯދަނީ
ތިލަފުށީ ފަޅު ހިއްކުމަށް އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް ( އީއައިއޭ) ރިޕޯޓް ހެދުމަށް ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާން ކޮށްފިއެވެ. އެޗްޑީސީން އިއުލާން ކޮށްފައިވަނީ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް އީއައިއޭގެ އިތުރުން ތިލަފުށީ ފަޅު ހިއްކުމާ ގުޅޭ ކުރެހުންތައް ތައްޔާރުކުރާނެ ފަރާތެއް ހޮވުމަށެވެ. އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ތިލަފުށީ ފަޅުން 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި އެންމެ ގިނަ […]
ޝިޕިން އެޖެންޓުންގެ އިތުރުން ސެކަންޑަރީ ޝިޕިން އެޖެންޓުން އައްޔަންކުރަނީ
ރާއްޖެއަށް އަންނަ އަދި ފުރާ އުޅަދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އައްޔަންކުރާ ޝިޕިންގ އެޖެންޓުންގެ އިތުރުން ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ. ކަސްޓަމްސް އިން ބުނީ ރާއްޖެ އަންނަ އަދި ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރ ބޭނުންވެއްޖެނަމަ މުދަލާ ގުޅުމެއްނެތް ވަކި ހިދުމަތެއް ފޯރުކޮށްދިނުމަށް ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ހަމަޖައްސާފައިވާ ކަމަށާ މި އެޖެންޓުން ހަމަޖައްސަން ނިންމައިފައިވަނީ މިއަންނަ މަހުގެ 15 […]
ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތެއްގައި މަރުވިމީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހޯދަނީ
މިދިޔަ އަހަރުގެ ފެބުރުއަރީ 17 ވަނަދުވަހު ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތަކުން ގަލެއް ވެއްޓި ބޮލަށް ބޮޑެތި ޒަޚަމްތަކެއްލިބިގެން މަރުވި ބިދޭސީމީހާގެ މަރުގެ މައްސަލައިގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. ހާދިސާ ހިނގިތާ ދެ އަހަރު ފަހުން ފުލުހުން މި މައްސަލައާ ގުޅިގެން ހޯދަމުންދާކަމަށް އިއުލާންކުރީ މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާއާ އެކު އެ އިމާރާތުގައި މަސައްކަތްކުރި މީހަކު ހޯދުމަށެވެ. ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ބަލަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން […]
ހަނގުރާމައަށް ސީރިއާއަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭމީހަކު ދޫކޮށްލައިފި
ހަނގުރާމައަށް ސީރިއާއަށް ދިޔަކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީިހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި އެވެ. ފުލުހުން މިއަދު ބުނީ އެ މީހާއަކީ ޓެރަރިސްޓް ޖަމާއަތަކާއެކުސީރިޔާގެ ދާޚިލީ ހަނގުރާމައަަށް ބައިވެރިވުމަށް ސީރިއާ އަށް ދަތުރުކުރިކަމުގެ ތުހުމަތުގައި 15 އޮކްޓޯބަރު ދުވަހުގެ ރޭ ހައްޔަރުކުރި އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރުމަށްފަހު ނޭޝަނަލް ރަޖިސްޓްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ޑިސެމްބަރު ތިން ވަނަ ދުވަހު ދޫކޮށްފައިވާކަމަށެވެ. އެ މީހާ ދޫކޮށްފައި ހުންނަ ހުރުމުގައި މޮނިކޮމް އަމރުގެ […]
ސިއްޙީކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭނެ އިިސްލާހު ބަލައިގެންފި
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްނަމަ ވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް އިންތިޚާބާއި ބެހޭ ޚާއްސަ ގާނޫނަށް ހުށަހެށި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެށީ ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒެވެ. ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގެ ބިލު […]
ކުތުބުޚާނާގެ ޚިދުމަތް ހޮނިހިރު ދުވަހުވެސް ލިބޭނެ: ގައުމީ ކުތުބުޚާނާ
ގައުމީ ކުތުބުޚާނާގެ ޚިދުމަތް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް ލިބޭނެގޮތް ހަމަޖައްސައިފިއެވެ. ގައުމީ ކުތުބުޚާނާއިން ބުނީ މިއަދުން ފެށިގެން އެ ލައިބްރަރީގެ ޚިދުމަތްދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ހިމަނާފައިވާކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ޚުތުބުޚާނާ ބަންދުކުރުމަށްފަހު ޚިދުމަތް ދޭންފެށީ ނޮވެމްބަރު 22 ވަނަދުވަހުއެވެ. އޭރު ގައުމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެއްސީ ހަފްތާގެ ތިން ދުވަހުއެވެ. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަސް […]