ޝިޕިން އެޖެންޓުންގެ އިތުރުން ސެކަންޑަރީ ޝިޕިން އެޖެންޓުން އައްޔަންކުރަނީ

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް އަންނަ އަދި ފުރާ އުޅަދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އައްޔަންކުރާ ޝިޕިންގ އެޖެންޓުންގެ އިތުރުން ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އަންނަ އަދި ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރ ބޭނުންވެއްޖެނަމަ މުދަލާ ގުޅުމެއްނެތް ވަކި ހިދުމަތެއް ފޯރުކޮށްދިނުމަށް ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ހަމަޖައްސާފައިވާ ކަމަށާ މި އެޖެންޓުން ހަމަޖައްސަން ނިންމައިފައިވަނީ މިއަންނަ މަހުގެ 15 އިން ފެށިގެން ކަމަށެވެ.

ކަސްޓަމްސްއިން ހާމަކުރާގޮތުގައި ސެކަންޑަރީ ޝިޕިންގ އެޖެންޓު ހިދުމަތުގެ ގޮތުގައި ކުރަން އެއްބަސްވާ ކަންކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސެކަންޑަރީ ޝިޕިންގ އެޖެންޓަށެވެ. އެޖެންޓް ފޯރުކޮށްދިނުމަށް އެއްބަސްވާ ހިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ޚިލާފަށް އެެ ފަރާތުން ހިންގާ ކަންކަމަށް ޒިންމާވާން ޖެހޭނީ ވެސް ސެކަންޑަރީ ޝިޕިން އެޖެންޓެެވެ.

ސެކަންޑަރީ ޝިޕިން އެެޖެންޓް އައްޔަން ކުރަނީ އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރ ލިޔުމަކުން ކަނޑައަޅާފައިވާ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސެކަންޑަރީ ޝިޕިންގ އެޖެންޓް ހަމަޖެއްސިކަން ބަޔާންކޮށް ސެކަންޑަރީ ޝިޕިން އެޖެންޓަކަށް ވުމަށް އެދި ފޯމެއް ފުރިހަމަކުރުމަށްފަހު ކަސްޓަމްސް އަށް ހުށަހެޅުމުންނެެވެ.

ކަސްތަމްއިން ބުނީ ސެކަންޑަރީ ޝިޕިން އެޖެންޓަކަށްވާ ފަރާތަކީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށޭ އެ އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ އެކަންކުރާނީ ކަސްޓަމްސްގެ އާންމު ގަވާއިދުގައި ޝިޕިންގ އެޖެންޓް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށެވެ.

ކަސްޓަމްސް އިން ހާމަކުރާގޮތުގައި ސެކަންޑަރީ ޝިޕިން އެޖެންޓްގެ ގޮތުގައި އައްޔަންކުރެވޭނީ އުޅަނދުގެ ކުރޫ ޗޭންޖް ކްލީނިންގ، ރިޕެއަރ، ތެޔޮ، ފެނާއި ކާބޯތަކެތި އެރުވުމާއި، ހަތިޔާރު އަދި ބޯޓުފަހަރުގައި ހަތިޔާރު ބަހައްޓާ ފަރާތްތައް ފަދަ އިންޕޯޓް އެކްސްޕޯޓް މުދަލާ ގުޅުން ނެތް ހިދުމަތް ތަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް