ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތެއްގައި މަރުވިމީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މިދިޔަ އަހަރުގެ ފެބުރުއަރީ 17 ވަނަދުވަހު ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތަކުން ގަލެއް ވެއްޓި ބޮލަށް ބޮޑެތި ޒަޚަމްތަކެއްލިބިގެން މަރުވި ބިދޭސީމީހާގެ މަރުގެ މައްސަލައިގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ހާދިސާ ހިނގިތާ ދެ އަހަރު ފަހުން ފުލުހުން މި މައްސަލައާ ގުޅިގެން ހޯދަމުންދާކަމަށް އިއުލާންކުރީ  މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާއާ އެކު އެ އިމާރާތުގައި މަސައްކަތްކުރި މީހަކު ހޯދުމަށެވެ.

ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ބަލަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ބަނގްލަދޭޝްގެ މުހައްމަދު އަލީ ހޮސައިން، 32، ކަމަށެވެ.

އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ވެސް ބަނގްލަދޭޝް މީހެކެވެ. އެ މީހާ މަރުވުމާއި ގުޅިގެން މާލޭ ސިޓީކައުންސިލުން ވަނީ މި ހާދިސާ ހިނގި އިމާރާތް ހަދަމުންދިޔަ ކޮންސްޓްރަކްޝަންކުންފުނި އައިއެންއެންއެފް ކޮންސްޓްރަކްޝަން ބައިމިލިއަން ރުފިޔާއިން ޖޫރިމާނާކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހާ ގެއްލިފައިވަނީ ތަހުގީގުގެ ކިހާހިސާބަކުންކަން ފުލުހުން ހާމައެއްނުކުރެއެވެ. އަދި މި މައްސަލާގައި މަރުވި މީހާއާއި ތަހުގީގުގައި ފުލުހުން މިހާރު ހޯދަމުންގެންދާ އަލީ ހޮސެން އާއި އޮތީ ކިހާވަރެއްގެ ގުޅުމެއްކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

.

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް