ހަނގުރާމައަށް ސީރިއާއަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭމީހަކު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ހަނގުރާމައަށް ސީރިއާއަށް ދިޔަކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީިހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާއަކީ ޓެރަރިސްޓް ޖަމާއަތަކާއެކުސީރިޔާގެ ދާޚިލީ ހަނގުރާމައަަށް ބައިވެރިވުމަށް ސީރިއާ އަށް ދަތުރުކުރިކަމުގެ ތުހުމަތުގައި 15 އޮކްޓޯބަރު ދުވަހުގެ ރޭ ހައްޔަރުކުރި އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރުމަށްފަހު ނޭޝަނަލް ރަޖިސްޓްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ޑިސެމްބަރު ތިން ވަނަ ދުވަހު ދޫކޮށްފައިވާކަމަށެވެ.

އެ މީހާ ދޫކޮށްފައި ހުންނަ ހުރުމުގައި މޮނިކޮމް އަމރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނީޓާ ކުރަމުން ދާކަމަށް ވެސް ފުލުހުން ބުނެއެވެ.

ހަނގުރާމައިން އަންނަ މީހުން ރިހިބިލިޓޭޓް ކުރުމަށް ކ.ހިންމަފުށީގަ 49 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ޚާއްސަ މަރުކަޒެއް ގާއިމް ކޮށްފައި ހުރެއެވެ. މި މީހާއަކީ މި މަރުކަޒަށް ގެންދިޔަ ފުރަތަމަ މީހާއެވެ.

ސީރިއާއަށް ދިވެހިން ހަނގުރާމައަށް ދިއުން ވެފައިވަނީ ކަންބޮޑުވާވަރުގެ ބޮޑު މައްސަލައަކަށެވެ.މިގޮތަށް ދިޔަ އެތަށް ބަޔަކު މަރުވެފައިވާއިރު ބައެއް މީހުންނަށް ވާނުވާނޭގި ވަނީ ގެއްލިފައިވެއެވެ. އަދި ބައެއް މީހުންގެ އަނބިދަރިން ހާލުގައި ޖެހި ރާއްޖެއަންނަން ބޭނުންވެގެން ދިވެހި ސަރުކާރުގައި އެދެމުންދެއެވެ. މިފަދަ މީހުން ރާއްޖެއަށް ގެންނަން ގިނަ ހުރަސްތަކެއް ހުރިއިރު ސަރުކާރުންއަންނަނީ ހަނގުރާމައަށް ދިވެހިން ދިއުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް