މަހްލޫފް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ
މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ހާމަކުރައްވައިފިއެވެ. މަހްލޫފް މިއަދު އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޢިއްޒު އަންނަ ނޮވެމްބަރުމަހުގެ 17 ދުވަހު ހުވާ ކުރެއްވުމާއެކު ހުސްވާ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. “ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.“ މި ބައި އިލެކްޝަންގައި ވާދަކުރައްވާނެކަމަށް މަހްލޫފް ފިޔަވައި […]
ޔާމީން މިނިވަންކުރަން ގޮވާލައި އެއްވުންތައް ނުބޭވުމަށް
އިންތިޚާބީ ރައީސް އެދިވަޑައިގެންފި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުމުގެ މަސައްކަތް ރީތިކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށާއި ޔާމީން މިނިވަންކުރަން ގޮވާލައި މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވައި ހިނގާލުންތައް ނުބޭއްވުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ އެދިވަޑައިގެންފިއެވެ. ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ ނޫސްވެރިންނާއި ބައްދަލުވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައްވާނެ ކަމަށް ދެންނެވިން ކަމަށާއި […]
މަޖިލީހުގެ ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ.މުޢިއްޒާ ބައްދަލު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއީ މަޖިލީހުގެ ރައީސް ނަޝީދުގެ ދައުވަތަކަށް އިންތިޒާމު ކުރެވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސައިިން މުޙައްމަދު ލަޠީފް (ސެމްބެ) އާއި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުޢިއްޒު ވިދާޅުވީ ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު […]
ނަޝީދުގެ ވާހަކަ ބަދަލުވެއްޖެ: “ރައީސް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް“
ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް އެމަނިކުފާނަށާއި އެމްޑީޕީއަށް ނުހަނު މަރުހަބާ ދަންނަވާ ކަމަށެވެ. ނަޝީދު މިފަދައިން ތައުރީފު ކުރެއްވިއިރު ކުރިން ވިދާޅުވީ ރައީސް ޞާލިޙް ރަށްރަށަށް ވަޑައިގެން […]
އިންތިޚާބާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ. “ އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި“ ރިޔާސީ އިންތިޚާބުގެ ފުރަތަމަ […]
“ވެރިޔަކު އިންތިޚާބުކުރުން ސިޔާސީ ކަމަކަށް ނުހަދާ, މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނޭ“
ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށާއި މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ. ޑރ.ޒާހިރު މިހެން ވިދާޅުވީ މިއަދު މެންދުރު ކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ އެދިވަޑައިގެންފައިވަނީ ގައުމަށް ވެރިއަކު އިންތިޚާބު ކުރުމަށް ވޯޓުލުން ސިޔާސީ ކަމަކަށް ނުހެދުމަށެވެ. މިކަމުގައި ދީނާއި ގައުމުގެ މަސްލަހަތު ހިމެނިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. “ބޮޑު ތަފާތަކުން ދީނީ ގިނަ އިލްމުވެރިން ވަކި އަތަކަށް ބުރަވެފަ [ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް […]
މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ “ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ މި ހިނގާލުން ފަށާނީ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ. މާލޭގައި މި ހިނގާލުން ކުރިއަށްދާއިރު މިއަދު ހަވީރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ސައިކަލު ބުރު ކުރިއަށް ގެންދަން ވެސް ނިންމައިފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް […]
އަޅުގަނޑަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން: މުޢިއްޒު
ރިޔާަސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން އޭނާއަށް އިތުބާރުކުރައްވާ ވެރިކަމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވަނީ މި ގައުމުގެ މިނިވަންކަން އޮތް ހިސާބުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ވެސް މިއަދަކު […]
ދުވަހަކު ވެސް މީހަކަށް އަނިޔާއެއް, ދެރައެއް ދީފައެއް, މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ: މުޢިއްޒު
ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް, އެއްވެސް މީހަކަށް ދެރައެއް ދީފައެއް, އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް މިރޭ ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒުގެ ބައްޕާފުޅު އަވަހާރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ލަންކާގެ ރައްޔިތެއްކަމަށްވާ ޖީ ސްކީލާން އާއެވެ. އަދަދު ނޫހުން މިއަދު ވަނީ ސްކީލާން އާ ބެހޭ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ބައްޕާފުޅު އަވަހާރަވުމުން ޑރ.މުޢިއްޒު ސްކީލާން އާމެދު އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށެވެ. އެގޮތުން […]
މި ސަރުކާރުން ރާވަމުންދަނީ ކުޑަކުދިންގެ ހިތްތަކުން ގައުމިއްޔަތު ފޮހެލުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ މިއަދު މި ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން ކަމަށާއި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ. “އެއީ ކުޑަކުދިންގެ ހިތްތަކުން ޤައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް. ނަމަވެސް އަޅުގަނޑު މި ހުށަހަޅަނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނާއި ގައުމާއި ދިވެހި ބަހާއި ތާރީޚާއި ސަގާފަތާއި […]