ޗައިނާގައި ހިނގި ކޯލް މައިން އެކްސިޑެންޓެއްގައި 18 މީހަކު މަރުވެއްޖެ

ޗައިނާގެ ސިޓީއެއް ކަމުގައިވާ ޗޮންކިންގެ ކޯލް މައިނެއްގައި ތާށިވެ 18 މީހަކު މަރުވެއްޖެއެވެ. މި ސިޓީއަކީ ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި އޮންނަ ސިޓީއެކެވެ. މިމައިންއަކީ ބައެއް މަސައްކަތްތައް ކުރުމަށް ދެމަސް ދުވަސް ވަންދެން ބަންދުކޮށްފައި ހުރުމަށް ފަހު އަލުން އަނބުރާ މަސައްކަތް ފެށުނު މައިނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ޑައިޝުއިޑީންގ ނަމަކަށް ކިޔާ މިމައިނުގައި ހާދިސާ ހިނގިއިރު 24 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިމީހުން މަރުވާން މެދުވެރިވި ސަބަބަކީ ވިހަގޭހެއް ކަމުގައިވާ ކާބޮން […]
30 އަހަރަށްވުރެން ގިނަދުވަހު ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލެވި، ސައްޔިބް އަރަކާތް އަވަހާރަވެއްޖެ!

30 އަހަރަށް ވުރެން ގިނަ ދުވަހު ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުއްލެވި ސައްޔިބް އެރަކާތް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވަނީ ކޯވިޑް19 ގެ އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މިދިޔަ އަންގާރަ ދުވަހުއެވެ. އެރަކާތް އަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ މަޝްވަރާތަށް ފެށިގެން އައިއިރު ފަލަސްތީނުގެ ވަކީލެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. 1991 ވަނަ އަހަރުގެ ތެރޭގައި ދެޤައުމުގެ ބިން ކަނޑައެޅުމާއި ބެހޭ ބައްދަލުވުމަކަށް ފަލަސްތީނުގެ ރަމްޒެއް ކަމުގައިވާ ހުދާއި ކަޅުގެ ފަގުޑި އަޅުއްވައިގެން ވަޑައިގަނެ، އެރަކާތް ވަނީ […]
އިސްރަށްވެހިންނަށް ދިމާވެދާނޭ ބައެއް ކުއްލި ސިއްޙީ މައްސަލަތަކާއި އޭގެ ޙައްލު!

އިސްރަށްވެހިންނަކީ މުޖުތަމަޢުގެ އެންމެންގެ އަޅާލުމާއި ލޯބި ބޭނުންވާ ބައެކެވެ. އެމީހުންގެ ހަށިގަނޑަކީ ނިސްބަތުން ބަލިކަށި ހަށިތަކެކެވެ. އެގޮތުން މި.ލިޔުމުގައި މިވަނީ އިސްރަށްވެހިންނަށް ދިމާވެދާނެ ބައެއް ޙާލަތްތަކާއި އޭގެ ހައްލެވެ. 1. ފޫޑް ޗޯކިންގ (ކަރުގައި ކާތަކެތި ތާށިވުން) މިމައްސަލައިގެ ސަބަބުން ނޭވާލާން އުނދަގޫވެ ފުރާނަޔަށް ވެސް ނުރައްކާ ވެދާނެއެވެ. މިމައްސަލައިގެ އެންމެ ފަސޭހަ ހައްލަކީ އެކެނި ހުރި ނަމަ އަތް މައްޗައް ނަގައިގެން ހަމަޖެހިލުމެވެ. ގިނަފަހަރު ތާށިވެފައިވާ ކާތަކެތި އެއިރަށް ނެއްޓެއެވެ. 2. ކަނދުރާއަށް […]
ޗެމްޕިއަންސް ލީގް: ޔުނައިޓެޑް ބަލިކޮށް ޕީއެސްޖީ ގްރޫޕްގެ އެއްވަނައާއި އަރާ ހަމަކޮށްފި!

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއިން ފަސޭހަކަމާއި އެކު ޕީއެސްޖީއިން ކާމިޔާބު ކޮށްފިއެވެ. މިމެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީއިން ވަނީ ލީޑް ނަގައިފައެވެ. މިގޯލް މެޗްގެ 6 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނޭމާރ އެވެ. އެއަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް 32 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. ދެވަނަ […]
މާދަމާއިން ފެށިގެން ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް!

ކޯވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިޢުލާން ކޮށްފިއެވެ. ޑިސެމްބަރު 4 ވަނަ ދުވަހު ޢަމަލުކުރަން ފަށާ މިއައު އުސޫލުގައި އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ފުރަބަންދު ކަރަންޓީނުގެ މުއްދަތައް ގެނެސްފައިވާ ބަދަލެވެ. މިގޮތުން ފަތުރުވެރިން ފިޔަވައި، މާލެއިން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ، ނުވަތަ ރާއްޖެއިން ބޭރުން އަންނަ ފަރާތެއް ނަމަ ކަރަންޓީނު ވާން ޖެހޭ […]
”އަޅުގަނޑުވެސް ދުޢާ ކުރަނީ ޔައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަން ވުމަށް.“- ރައީސް ނަޝީދު

5 އަހަރުގެ ހުކުމެއް ކޮށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު، ﷲޢަބްދު ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ޔާމީންގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިންނެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެންގެވި ނިޒާމީ ނުކުތާއަށް […]
ޕްރިމިއަރ ލީގް: ފަހަތުން އަރާ ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރު ކޮށްފި!

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޔުނައިޓެޑާއި ސައުތްއެމްޓޮން ބައްދަލުކުރި މެޗް، ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ދެގޯލް ވެސް ކާމިޔާބުކޮށް ލީޑް ނެގީ ސައުތްއެމްޓޮން އިންނެވެ. ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖ.ބެޑްނަރެކް އެވެ. އަދި އޭގެ 10 މިނިޓް ފަހުން 33 ވަނަ މިނިޓުގައި ވާޑް ޕްރޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކު ހާފް ނިމުނީ 2-0 އަކުން […]
މާރަންދޫގައި ބާއްވާ ”ކޮމިއުނިޓީ ފުޓްސަލް ކަޕް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.މާރަންދޫގެ އިޖުތިމާޢީ މަރުކަޒުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮމިއުނިޓީ ފުޓްސަލް ކަޕް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރަންދޫ ކައުންސިލާއި، މާރަންދޫ ޔޫތް ސޮސައިޓީއާއި، ޗެފޭ ސްޕޯޓްސް އެކަޑަމީއާއި، މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި ބަނޑޭރި ސްޓަރ އެސްސީ ގުޅިގެންނެވެ. މިމުބާރާތަކީ ފިރިހެން ބޭފުޅުންނަށް ޚާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެންބަރ 1 ވަނަ ދުވަހުގެ ރޭ 22:00 އެވެ. އަދި ޑިސެމްބަރ […]
ހަތަރު އަހަރުގެ ކުއްޖަކު ގެެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ!

އދ.އަތޮޅު ފެންފުށީގައި ގެެއްލިގެން ހޯދަމުން ދިޔަ ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް“ ފުރަތަމަ ފަހަރަށް ރާއްޖެއަށް!

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ޝަރަފުވެރި އެވޯޑެއް ކަމުގައިވާ ”ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް“ ފުރަތަމަ ފަހަރަށް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ. ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ ބޮޑެތި އަދި މަޝްހޫރު ގިނަ ޤައުމުތަކަކާ ވާދަކޮށްގެންނެވެ. މިގޮތުން މި އެވޯޑަށް 22 ޤައުމެއް ވާދަކުރިއިރު، އޭގެ ތެރޭގައި މެލޭޝިޔާ، ސްޕެއިން މޮރޭޝިޔަސް ފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ. މިއެވޯޑް ރާއްޖެއަށް ލިބުނުކަން ރޭވަނީ އިޢުލާން ކޮށްފައެވެ. އެކަން އިޢުލާން ކުރީ ހުކުރު ދުވަހުގެރޭ ވާޗުއަލްކޮށް […]