30 އަހަރަށްވުރެން ގިނަދުވަހު ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލެވި، ސައްޔިބް އަރަކާތް އަވަހާރަވެއްޖެ!

Loading

Facebook
Twitter
WhatsApp

30 އަހަރަށް ވުރެން ގިނަ ދުވަހު ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުއްލެވި ސައްޔިބް އެރަކާތް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވަނީ ކޯވިޑް19 ގެ އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މިދިޔަ އަންގާރަ ދުވަހުއެވެ.

އެރަކާތް އަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ މަޝްވަރާތަށް ފެށިގެން އައިއިރު ފަލަސްތީނުގެ ވަކީލެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. 1991 ވަނަ އަހަރުގެ ތެރޭގައި ދެޤައުމުގެ ބިން ކަނޑައެޅުމާއި ބެހޭ ބައްދަލުވުމަކަށް ފަލަސްތީނުގެ ރަމްޒެއް ކަމުގައިވާ ހުދާއި ކަޅުގެ ފަގުޑި އަޅުއްވައިގެން ވަޑައިގަނެ، އެރަކާތް ވަނީ މަޝްހޫރުކަން ހޯއްދަވައިފައެވެ.

އެއަށްފަހު ވޭތުވެދިޔަ 30ހަކަށް އަހަރުގެ ތެރޭގައި އެރަކާތްވަނީ ހުއްޓުމެއްނެތި ފަލަސްތީނާއި އެޤައުމުގެ އިސްވެރިން ދިފާއުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ސުލްހަ ޤާއިމު ނުކުރެވެނީ އިސްރާއިލްގެ އަމަލުތަކުގެ ސަބަބުންކަން ވިސްނައިދިނުމަށް ހުޅަނގުގެ މީޑިޔާގައި އަޑު ނުކެނޑޭވަރަށް މަސައްކަތް ކުރެއްވިއެވެ.

އެރަކާތް އަވަހާރަވީކަން ވަނީ ފަތަހަ ޕާޓީއިންނާއި، އޭނާގެ އާއިލާގެ ބޭފުޅުން ޔަޤީން ކޮށްދެއްވައިފައެވެ. އެރަކާތުގެ އުމުރުން 65 އަހަރުފުޅުގައި އަވަހާރަވީ އިރު، އަނބިކަނބަލަކާއި، 4 ބޭފުޅުންނާއި، 8 ކާފަ ވިދާޅުވާ ބޭފުޅުން އެބަ ތިއްބެވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް