ޗެމްޕިއަންސް ލީގް: ޔުނައިޓެޑް ބަލިކޮށް ޕީއެސްޖީ ގްރޫޕްގެ އެއްވަނައާއި އަރާ ހަމަކޮށްފި!

Loading

Facebook
Twitter
WhatsApp
Paris Saint-Germain's Brazilian forward Neymar (C) vies for the ball with Manchester United's Scottish midfielder Scott McTominay (R) during the UEFA Europa League Group H first-leg football match between Paris Saint-Germain (PSG) and Manchester United at the Parc des Princes stadium in Paris on October 20, 2020. (Photo by FRANCK FIFE / AFP) (Photo by FRANCK FIFE/AFP via Getty Images)

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއިން ފަސޭހަކަމާއި އެކު ޕީއެސްޖީއިން ކާމިޔާބު ކޮށްފިއެވެ.

މިމެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީއިން ވަނީ ލީޑް ނަގައިފައެވެ. މިގޯލް މެޗްގެ 6 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނޭމާރ އެވެ. އެއަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް 32 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

ދެވަނަ ހާފް ފެށިގެން 69 ވަނަ މިނިޓުގައި ޕީއެސްޖީގެ މާކުއިނޯޒް ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީ ލީޑް ނަގައިފައެވެ. ޕީއެސްޖީގެ 3 ވަނަ ގޯލް މެޗްގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ނޭމަރ އެވެ.

މި ނަތީޖާއާއިއެކު ގްރޫޕް އެހްގެ ޕީއެސްޖީ، ލެއިޕްޒީގް އަދި ޔުނައިޓެޑަށް ވަނީ 9 ޕޮއިންޓް ލިބި އެއްވަރު ވެފައެވެ. ޓޭބަލްގެ ފުލުގައި އޮތީ 3 ޕޮއިންޓާއި އެކު އިސްތަންބޫލެވެ.

ޔޫސީއެލް ގައި ރޭ ޖުވެންޓަސް އަދި ޗެލްސީވެސް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އެއާއިއެކު ޑޯޓްމަންޑް އަދި ލާޒިއާ އެއްވަރުވެފައި ވާއިރު، ބާސާއިންވެސް ވަނީ 3 ފައިދާ 3 ގޯލާއިއެކު 3 ޕޮއިންޓް ހޯދައިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް