ޗައިނާގައި ހިނގި ކޯލް މައިން އެކްސިޑެންޓެއްގައި 18 މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޗައިނާގެ ސިޓީއެއް ކަމުގައިވާ ޗޮންކިންގެ ކޯލް މައިނެއްގައި ތާށިވެ 18 މީހަކު މަރުވެއްޖެއެވެ. މި ސިޓީއަކީ ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި އޮންނަ ސިޓީއެކެވެ.

މިމައިންއަކީ ބައެއް މަސައްކަތްތައް ކުރުމަށް ދެމަސް ދުވަސް ވަންދެން ބަންދުކޮށްފައި ހުރުމަށް ފަހު އަލުން އަނބުރާ މަސައްކަތް ފެށުނު މައިނެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޑައިޝުއިޑީންގ ނަމަކަށް ކިޔާ މިމައިނުގައި ހާދިސާ ހިނގިއިރު 24 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިމީހުން މަރުވާން މެދުވެރިވި ސަބަބަކީ ވިހަގޭހެއް ކަމުގައިވާ ކާބޮން މޮނޮކްސައިޑް މައިންތެރެއަށް ގިނަ އަދަދަކަށް ބޭރުވުން ކަމުގައި އެޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޗައިނާގައި ކޯލް މައިންތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 2003 އަކާ ހަމަޔަށް އެވްރެޖް ގޮތެއްގައި 5000 މީހުން އަހަރެއްގެ މައްޗައް މަރުވެއެވެ. ނަމަވެސް މިއަދަދު މިހާރު 300-400 މީހުންނަށް ވަނީ ސަރުކާރުގެ ފިޔަވަޅުތަކާއި އެކު ތިރިކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް