އިސްރަށްވެހިންނަށް ދިމާވެދާނޭ ބައެއް ކުއްލި ސިއްޙީ މައްސަލަތަކާއި އޭގެ ޙައްލު!

Loading

Facebook
Twitter
WhatsApp

އިސްރަށްވެހިންނަކީ މުޖުތަމަޢުގެ އެންމެންގެ އަޅާލުމާއި ލޯބި ބޭނުންވާ ބައެކެވެ. އެމީހުންގެ ހަށިގަނޑަކީ ނިސްބަތުން ބަލިކަށި ހަށިތަކެކެވެ. އެގޮތުން މި.ލިޔުމުގައި މިވަނީ އިސްރަށްވެހިންނަށް ދިމާވެދާނެ ބައެއް ޙާލަތްތަކާއި އޭގެ ހައްލެވެ.

 

1. ފޫޑް ޗޯކިންގ (ކަރުގައި ކާތަކެތި ތާށިވުން)

މިމައްސަލައިގެ ސަބަބުން ނޭވާލާން އުނދަގޫވެ ފުރާނަޔަށް ވެސް ނުރައްކާ ވެދާނެއެވެ. މިމައްސަލައިގެ އެންމެ ފަސޭހަ ހައްލަކީ އެކެނި ހުރި ނަމަ އަތް މައްޗައް ނަގައިގެން ހަމަޖެހިލުމެވެ. ގިނަފަހަރު ތާށިވެފައިވާ ކާތަކެތި އެއިރަށް ނެއްޓެއެވެ.

 

2. ކަނދުރާއަށް ކުއްލިއަކަށް ތަދުއެރުން

މިމައްސަލަ ގިނަފަހަރަށް ދިމާވަނީ ނިދާ ގަޑީގައެވެ. ބޭނުން ކުރާ ބާލީހެެއްގެ ސަބަބުންވެސް މިހެން ވެދާނެއެވެ. މިގޮތަށް ތަދު އަރައިފިނަމަ އެހެން މީހަކު ލައްވާ ފައި ހިއްލާލުމަށް ފަހު ފައިގެ އިނގިލަތަކަށް ދަމާލާށެވެ. އަދި ފައި ދެފަޅިއަށް އިރުކޮޅަކު އަނބުރާލާށެވެ.

 

3. އަކުނިވަޔަށް ދެމުން

މިމައްސަލަ ވާތު ފަޔަށް ދިމާވާނަމަ ކަނާތު އަތް ހިއްލާލާށެވެ. އަދި ކަނާތު ފަޔަށް ދިމާވާނަމަ ވާތް ހިއްލާލާށެވެ. މާގިނައިރުތަކެއް ނުވެ ތަދު ލުއިވެދާނެއެވެ.

 

4.ފައި އައްސިވުންl

ފައިއައްސިވުމަކީ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. މިގޮތަށް ކަނާތުފައި އައްސިވާނަމަ ވާތު އަތް ބާރަށް އަނބުރާށެވެ. އަދި ކަނާތު ފައި އައްސި ވާނަމަ ވާތް ބާރަށް އަނބުރާލާށެވެ. މިގޮތަށް ކަން ކުރުމުން ވަރަށް އަވަހަށް އައްސިކަން ކެނޑިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް