ވައިންނާއި ފުޓް ޕްރިންޓުން ވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނެގޭނެ!

ބަންދު ކޮޓަރީގައި ހަރުލާފައި ހުންނަ ވައިންނާއި، ފުޓް ޕްރިންޓުން އަދި ކަނޑުގައި ހުންނަ ފެނުންވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނަގާފައިވާކަން ސައިންވެރިން ހާމަކޮށްފިއެވެ. ސައިންސްވެރިންގެ މި ހޯދުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި އޭނާގެ ރުހުމާއި ނުލައި އޭނާގެ ޑީއެންއޭ ބޭނުންކުރެވޭނެތީ އޭނާގެ އަމިއްލަވަންތަކަމުގެ ހައްގާއި، ރައްކާތެރިކަން ލިބިގަތުމުގެ ހައްޤުން އުނިވެފައިވާކަމާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.  ތިމާވެށި ދިރާސާކުރަމުންދިޔަ ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިންގެ ޓީމަކުން ހިމާޔަތްކުރެވިފައިވާ ވެލާތައް ދިރާސާކުރުމަށް ވެލިން ނެގި ޑީއެންއޭ […]

ތުރުކީ އިންތިޚާބާއި ބެހޭ ގޮތުން ދެކެވެނީ ކޮން ވާހަކަތަކެއް؟

އައު ދައުރަކަށް ތުރުކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު، ގިނަ ކަންތައްތަކެއް ވަނީ ފަލަ ސުރުޚީތަކަށް އަރާފައެވެ. ކުރު ގޮަތަކަށް ބުނާނަމަ، ޤައުމު ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އިދިކޮޅު ލީޑް ކުރައްވަނީ ސީއެޗް ޕާޓީއިންނެވެ. އަތާޓާރކް އަށް ނިސްބަތްވާ ޕާޓީގެ މައިގަނޑު މަގްސަދަކީ ސެކިޔުލަރ ވިސްނުން ތުރުކީއަށް ގެނެސް، ހުޅަނގުގެ ގޮތްތަކަށް އިޖާބަ ދިނުމެވެ. އަނެއްކޮޅުން އުރްދުޣާން ލީޑް ކުރައްވަވާ ވެރިކަން ކުރައްވާ ޕާޓީއިން ތުރުކީ ވަނީ އުމްރާނީ އަދި އެހެނިހެން އެތައް ތަރައްޤީ އެއް ގެނެސްދެއްވާފައެވެ. […]

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ މި މަހުގެ 12 ދުވަހު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ […]

ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފި

ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފިއެވެ. 600 އެއްހައި މީހުން ދިރިއުޅޭ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމެއް ވީދައިލީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިދިޔަ އޮކްޓޫބަރު މަހުގައި ވެސް ވަނީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން ދިހަވަރަކަށް ޚަތިމް ވީދައިލާފައެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

Maldives Police Service headquarters. (File Photo/Sun/Ihthisham Mohamed)

ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ ރޭ 23:02 ހާއިރު ކަމަށެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ […]

“ޓިނެޓަސް” އާއި ކޯވިޑް-19 ވެކްސިންއާ ގުޅުމެއް ވޭތަ؟

ކަންފަތުގެ ބައްޔެއް ކަމައްވާ ޓިނެޓަސް ނުވަތަ ކަންފަތުގައި އަޑެއް ހުރުމާއި ކޯވިޑް-19 ގެ ވެކްސިނާ ގުޅުމެއްވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއްޖެއެވެ. ވެކްސިން ޖެހި ގިނަ ޢަދަދެއްގެ ބަޔަކު މި ބަލި ހުރި ކަމަށް ބުނަމުންދާއިރު މިހާރު ސައިންވެރިންދަނީ މިކަމުގެ ހަޤީޤަތް ހޯދުމައް މަސައްކަތް ކުރަމުންނެވެ. ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ޕްރޮފެސަރެއް ކަމުގައިވާ ޝާއޯވެން ބާއޯ ވިދާޅުވަނީ މީ ތެދު ޚަބަރެއް ކަމުގައިވާނަމަ ކޯވިޑްގެ ވެކްސިންގެ ސަބަބުން ސިކުނޑީގެ ފަށަލައެއް ނުވަތަ މައިބަދައިގެ ފަށަލައެއް ދުޅަވުން އެކަށީގެންވާ […]

“ސިފައިންގޭގައި ތިއްބެވި ގާބިލު ބޭފުޅުންގެ ބޭނުން ހިފަމުން އަންނަ ތަނެއް ނުފެނޭ“

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް. ފޮޓޯ: މިހާރު

ސިފައިންގޭގައި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ދުރަށް ޖައްސާފައި ސިޔާސީ ގޮތުން ވަކި ބަޔަކު އައްޔަންކޮށްގެން ހިންގާތީ އެ މުއައްސަސާއަށް ރައްޔިތުން ކުރަންޖެހޭ އިތުބާރާމެދު ސުވާލު އުފެދިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ. ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމާ ގުޅިގެން “ސަންދާނު“ އަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ޝަރީފް މިއަދު ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ރާއްޖޭގެ ހުރިހާ ސިސްޓަމެއް ފެއިލްވެގެންދާ ވަގުތު ވެސް އެ ސިސްޓަމްތައް ހަމައަކަށް […]

ސުޢޫދީގެ ވަލީ އަޙުދު އެ ޤައުމުގެ ޖައްވީ މިޝަންގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

ސުޢޫދީ ޢަރަބިއްޔާގެ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާން އެ ޤައުމުގެ ޖައްވީ މިޝަން، އޭއެކްސް 2 ގެ ފަޅުވެރިންނާއި ބައްދަލު ކުރައްވައިފިއެވެ. މި ވަފުދުގައި އެ ޤައުމުގެ އެންމެ ފުރަތަމަ އަންހެން ޖައްވީ ފަޅުވެރިޔާވެސް ހިމެނެއެވެ. 4 ފަޅުވެރިން ބައިވެރިވާ މި ދަތުރުގައި، ދުނިޔޭގެ ސަތުހު ދޫކޮށް ޖައްވަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މޭ 8 ވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާގައެވެ. މި ދަތުރަކީ ސުޢޫދީ ޢަރަބިއްޔާއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް […]

ދައުލަތް “އޮރިޔާންކޮށްލާނެ“ ކަމަށް އިންޒާރު ދެއްވި މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ. މަހްލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުއްވީ 09 ޖޫން 2021 ގައެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު […]

ބޮޑު ދެ ޕާޓީއަކަށް ނެތް ސޮލިޑްކޮށް ކެންޑިޑޭޓަކު ދެއްކޭކަށް, ކާމިޔާބުކުރާނީ އަޅުގަނޑު: ޢުމަރު

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް ވެސް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް ނެތް ކަމަށާއި, އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު މިހެން ވިދާޅުވީ “ސަންދާނު“ އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމްގެ ރިޔާސީ […]