ނިއު ދިއްލީން މިލިއަނަކާ ގާތްކުރާ އަދަދެއްގެ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައި ތިބެދާނެ: ދިރާސާ

ނިއުދިއްލީގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކޮވިޑު-19 އަށް ހުށަހެޅިފައިވެދާނެ ކަމަށާއި، މީގެ މާނައަކީ ރިކޯޑު ތަކުން އެދައްކާ ޢަދަދަށްވުރެ މިބަލީގެ ހާލަތު މާގޯސްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުދިއްލީގެ ލޯކަލް ގަވަރމަންޓުން 15،000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ސާރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، ނިއުދިއްލީގެ 20 މިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ވެދާނެއެވެ. މިއީ މިހާރުގެ ރިކޯޑުތަކުން ދައްކާ ޢަދަދަށްވުރެ މާމަތީ ޢަދަދެކެވެ. އިންޑިއާގެ ހެލްތު މިނިސްޓަރު ސަތިޔެންދުރަ ޖެއި […]
އޯއައިސީއާއި ޢަރަބި ލީގުން އެއްޗެއް ނުބުނެ ހިމޭނުން ތިބުމުގެ މާނައަކީ އެޖަމޢިއްޔާތަކުން ފަލަސްޠީނުގެ މަތިން ހަނދާން ނައްތާލުންބާ؟

ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، އިސްލަމީ ދުނިޔެ ތަމްސީލުކުރާ ދެ ޖަމްޢިއްޔާއިން ހަނުތިބެއްޖެއެވެ. ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްކަމުގައިވާ، ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، ޢަރަބި ދުނިޔޭގެ ގައުމުތައް ހިމެނޭ ޢަރަބި ލީގާއި، އޯގަނައިޒޭޝަން އޮފް އިސްލަމިކް ކޯޕަރޭޝަން (އޯ އައި ސީ) ހަނުތިބީ ވަރަށް ފާޅުކަންބޮޑުކޮށެވެ. ޢަރަބި ލީގު އެފެއްދީ 1945ގައި ޢަރަބި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށެވެ. 1969 ގައި އޯ […]
ހުކުރު ދުވަހު މެލޭޝިއާއިން ފެނުނީ ކޮވިޑު-19 އަށް ފައްސިވި ނުވަ ވޭދަނަ (ކޭސް)، 13 މީހުން ބަލިން ރަނގަޅުވި.

ހުކުރު ދުވަހު މެލޭޝިއާގެ ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކުރި ހޮތުގައި އެދުވަހު އެގައުމުން ފެނުނީ ކޮވިޑު-19 އަށް ފައްސިވި ނުވަ ވޭދަނަ (ކޭސް) އެވެ. އެއިގެ ތެރެއިން 4 ވޭދަނައަކީ ބޭރުގައުމުތަކުން އައި މީހުންގެ ތެރެއިން ފާހަގަކުރެވުނު ވޭދަނައެވެ. މި އަދަދާއެކު މެލޭޝިޢާގައި ކޮވިޑު-19 ޖެހުނު މީހުންގެ ޢަދަދު 9،249 އަށް އަރާފައިވާ ކަމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ތަން ސްރީ ނޫރު ހިޝާމް ވިދާޅުވިއެވެ. މީގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 179މީހުންނެވެ. ”އެހެން ގައުމުތަކުން […]
އިޒުރޭލު ޓޭންކުތަކުން ގާޒާގައި ހުންނަ ހަމާސްގެ އަމާޒުތަކަށް ހަމަލާދެނީ

މިދިޔަ ހަފްތާގައި އިޒްރޭލުގެ ސިފައިން ހާމަކުރި ގޮތުގައި ފަލަސްތިނުން އިޒުރޭލުގެ ދެކުނަށް ފޮނުވި ރޮކެޓާއި ވައިގެތެރޭގައި ގޮއްވާ އަލިފާން ބޮންތަކުގެ ހަމަލާގެ ރައްދުގައި އެމީހުންދަނި ފަލަސްތީނުގެ ގާޒާގައި ހުންނަ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. “ ހަމަލަތައް އަމަޒުމިކުރަނީ ގާޒާގެ ސަރުކާރުގެ ހަމާސްގެ މިލިޓަރީ އޮބްޒަރވޭޝަން ޕޯސްތުތަކަށް“ ހިސާރުކޮށްފައިވާ ގާޒާގެ އިންތިޚާބުކޮށްފައިވާ ސިޔާސީ ޕާޓީއަށް ނިސްބަތްކޮށް ހޯމަދުވަހު އިޒުރޭލުގެ ސިފައިންގެ މީހަކުވަނީ ހާމަކޮށްފައެވެ. އިޒުރޭލު ސިފައިން ބުނާގޮތުން، ބޯޑަރ ހުރަސްކޮށް ހަމަލާދިނުމުގެ އިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ […]
ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މަައްސަަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން މިއަދު އެކަކު ހައްޔަރުކޮށްފައިވާއިރު ދެން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ގައެވެ. ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށެވެ. އެއީ 26 އަހަރުގެ މީހަކާއިި 22 އަހަރުގެ މީހެއްގެ އިތުން 18 އަަހަރުގެ މީހެކެވެ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާގެ ގެ ކައިރީ ހުރި […]
އެސްޓީއޯގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި!

އެސްޓީއޯއިން 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު ކޮށްފިއެވެ. 2019 ވަނަ އަހަރަކީ އެކުންފުންޏަށް މާލީ ގޮތުން އެންމެ ކާމިޔާބީއެއް ލިބުނު އަހަރުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އެރިޕޯޓުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދްގެ ބަސކޮޅެއްވެސް ވަނީ ހިމަނައިފައެވެ. 2019 ވަނަ އަހަރު […]
އިޒުރޭލާއެކު ހެދި އެއްބަސްވުމުގެ ސަބަބުން ޔޫ އޭ އީއާއެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލަން ޖެހިދާނެ: އުރުދުގާން

އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން ނިންމުމުން، އަބޫދާބީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ޖެހިދާނެކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ. އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން އެއްބަސްވެ، އެކަން ހާމަކުރުުމުން، ޔޫ އޭ އީ އާއެކު ގާއިމުކޮށްފައިވާ ސިޔާސީގުޅުން މެދުކަނޑާލައި، ޔޫ އޭ އީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ތުރުކީން ވިސްނަމުންދާކަމަށް ރައީސް ރަޖަބް ޠައްތިބު އުރުދުގާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޔޫ އޭ […]
ޗައިނާއިން އިންޑިއާއަށް ދިން 750 މިލިއަން ޑޮލަރުގެ ލޯނު މިހާރު އިންޑިއާއިން ދިން ލޯނުގެ ގޮތުގައި ދިވެހިރާއްޖެއަށް ދިނީތަ؟

ޖޫން 2020 ގައި ޗައިނާއިން އެދިގެން އޭ އައި އައި ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކު) ން 750 މިލިއަން ޑޮލަރުގެ ލޯނު އިންޑިއާއަށް ދިނުމަށް ހުއްދަދިނެވެ. މިއި ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށެވެ. އޭގެ ދެމަސްފަހުން، ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށް ދިވެހިރާއްޖެއަށް އިންޑިއާއިން ދިން 250 މިލިއަން ޑޮަލަރުގެ ލޯނުއެހީއަށް ދިވެހި ސަރުކާރުންވަނީ ހިތުގެ ފުންމިނުން އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ގްރޭޓަރ މާލޭ ގުޅުވާލުމުގެ ބިޔަ ޕްރޮޖެކްޓު […]
ޔޫއެސްގެ ކޯޓަކުން ސަޢޫދީ އަރަބިއްޔާގެ މުހައްމަދު ބިން ސަލްމާން ހާޒިރުކުރުމުގެ އަމުރެއް ނެރެފި

ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް ވަލީ އަޙުދު ބަޔަކު ފޮނުވި ކަމުގެ ތުހުމަތުގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ސަޢޫދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ މަރާލުމަށް އަމާޒުކޮށްގެން ދެވުނު ހަމަލާއަކާއިގުޅިގެން، އޭނާ ޔޫއެސްގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ، ސަޢޫދީ އަރަބިއްޔާގެ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އެކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ. ޔޫއެސްގެ ކޮލަމްބިއާގެ ޑިސްޓްރިކްޓް ކޯޓުން އަމުރު ނެރުނީ ހުކުރު ދުވަހުއެވެ. އެއީ ސާދު އަލް ޖަބްރީ […]
ބްރޭކިން ނިއުސް: އިޒްރޭލާޢި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރަން ދެގައުމުން އެއްބަސްވެއްޖެ!

މިވަގުތު އިޒުރޭލާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ އަރަބި އެންމެ ދެ ގައުމެވެ. އެއީ މިސްރާއި ޖޯޑަން އެވެ. އެދެ ގައުމުގައި އިޒުރޭލުގެ އެމްބަސީ ހުރެއެވެ. އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ގުޅުން ގާއިމުކުރަން އެއްބަސްވީ ޔޫއެސްއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޔޫއޭއީ އާއި އެމެރިކާއިން ބުނާގޮތުން މިއީ މެދު އިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ހަފްތާތަކާއި މަސްތަކުގައިވެސް އިޒުރޭލުން ދިޔައީ ފަލަސްތީނުގެ […]