އެސްޓީއޯގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި!

Loading

Facebook
Twitter
WhatsApp

އެސްޓީއޯއިން 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު ކޮށްފިއެވެ. 2019 ވަނަ އަހަރަކީ އެކުންފުންޏަށް މާލީ ގޮތުން އެންމެ ކާމިޔާބީއެއް ލިބުނު އަހަރުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.  މީގެ އިތުރުން އެރިޕޯޓުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދްގެ ބަސކޮޅެއްވެސް ވަނީ ހިމަނައިފައެވެ. 2019 ވަނަ އަހަރު އެސްޓީއޯގެ ޖުމްލަ ރެވެނިއުއަކީ 10،906 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޕެޓްރޯލް، ޑީސެލް އަދި އަޑިތެލުގެ ބާވަތްތަކެވެ. އެއީ 59% އެވެ. އޭގެ އިތުރުން ގޭހަށް 2% އަދި އިންޝުއަރެންސްއަށް %2 ހިއްސާކުރާއިރު، އެހެނިހެން ވިޔަފާރިތަކަށް %24 ހިއްސާކުރެއެވެ. އަދި އެސްޓީއޯގެ ކޮންމެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ވަނީ އެކުންފުނިން ހުށަހަޅައިފައެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00ގައެވެ. މިބައްދަލުވުން ކުރިޔަށްދާނީ މައިކްރޯސްފްޓް ޓީމްސް ލައިވް އިވެންޓް، މެދުވެރިކޮށް ކަމަށް އެސްޓީއޯއިން ހާމަ ކުރެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާނަމަ 29 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ވަނީ ހުޅުވާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް