އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓުން ޑިސްކައުޓް ދޭން ނިންމައިފި

އެމްޑަބްލިއު އެސްސީން އިން ހިދުމަތްދޭ ރަށްރަށުގައި، މި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާކަމށް އެކުންފުނިން ބުނެފިއެވެ. އެމްޑބްއެސްސީން ބުނީ އެކުންފުނިން ޑިސްކައުންޓްދޭން ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކުންފުނީގެ ހިދުމަތް ހޯދައިގަންނަ ފަރާތްތަަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެމްޑަބްލިޔު އެސްސީން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ […]

މާލޭގައި ނުރައްކާތެރި އެކްސިޑެއް ހިނގާ މީހަކު މަރުވެއްޖެ

    މާލޭ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ މަގުމަތީ ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 10:00 ޖެހިއިރު ކަމަށާ  އކްސިޑެންޓްގައި މަރުވެފައިވަނީ  އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ އަކީ ސައިކަލްގެ ފަހަތުގައި އިންމީހާކަމަށް ވެސް ފުލުހުން ބުނެއެވެ.  އޭނާ މަރުވީ ލިބުނު އަނިޔާތަކަށް […]

ނައިބް ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައިސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައިސް ކޮވިޑް-19އަށް ޕޮޒިޓިވްވި، ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށެވެ. ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ނައިބު ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ. އެމަނިކުފާނު ކޮވިޑް-19 އަށް ޕްޒިޓިވިއިރު ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އެކުލަވާލައިފައިވާ ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް […]

މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފި

  މިއަދުގެ ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ ޖަމާއަތުގައި ނަމާދުކުރަން މަނާކޮށްފައިވީނަމަވެސް ބައެއް ފަރާތްތަކުން ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލް ނުވާތީކަމަށެވެ. އަދި މިއީ ކޮވިޑް-19 ބަލި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ދަނޑިވަޅުގައި […]

މަނާ ގަޑީގައި ވިޔަފާރިކުރާނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް

  ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން ކަނޑައަޅާފައިވާ މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމައިފި އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިއްޔެ އެޅި ފިޔަވަޅުތަކަށް މާދަމައިން ފެށީގެން އަމަލުކުރަން ފަށާނެއެވެ. އާ ފިޔަވަޅުތަކުގައި ތެރޭގައި މަނާ ގަޑީގައި ވިޔަފާރި ކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީހަމަޖައްސާފައެވެ. މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށެވެ. މި ނޫން ގަޑިއެއްގައި […]

މާލެ ސިޓީގެ ބިންތަކުގެ ކުލި ކުޑަކޮށްފި

މާލޭ ސިޓީ ކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލި އެކައުންސިލުން ކުޑަކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ކުލީގެ 30 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. ކައުންސިލުންވަނީ ކާނިވާ ސަރަހައްދާއި އަދިވެސް މާލޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިކުރަން އަމިއްލަ ބައެއް ފަރާތްތަކަށް ބިން ދޫކޮށްފައިވެ އެވެ. އަދި މާރުކޭޓް ހިންގުމަށް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި […]

ގައްދޫ ކައުންސިލް ރައީސް އަނބުރާ ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހައިކޯޓުން އެގޮތަށް އަމުރުކުރީ  ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިން އަމުރުކޮށްފައި ވަނިކޮށް އޭނާ ޖަލުން މިނިވަން ކުރަން މިމަހުގެ ތިންވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމާގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު، އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރުމުން، މައްސަލަ […]

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަން ހުށަހަޅަން ހުޅުވާލައިފި

  ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ ”އަހަރެންގެ ބޭންކް“ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބެންކުން ހުޅުވާލައިފިއެވެ. ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި […]

އިސްމާއިލް ފަތުހީ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

  ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ ކޮވިޑް- 19 ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ. އިސްމާއީލް ފަތުހީ އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރާއްޖޭގެ އޮޑިޓް ދާއިރާގަ އާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްތަކެއް ކުރައްވާފައިވާ ފަތުހީ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ރާއްޖޭގެ އޮޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިންގެވުމުގެ މޭސްތިރިއަކީ ފަތުހީ އެވެ. އަދި މީގެ އިތުރުން ފަތުހީ އަކީ ރާއްޖޭގެ އެކައުންޓިން […]