އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓުން ޑިސްކައުޓް ދޭން ނިންމައިފި

Loading

Facebook
Twitter
WhatsApp

އެމްޑަބްލިއު އެސްސީން އިން ހިދުމަތްދޭ ރަށްރަށުގައި، މި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާކަމށް އެކުންފުނިން ބުނެފިއެވެ.

އެމްޑބްއެސްސީން ބުނީ އެކުންފުނިން ޑިސްކައުންޓްދޭން ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކުންފުނީގެ ހިދުމަތް ހޯދައިގަންނަ ފަރާތްތަަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެމްޑަބްލިޔު އެސްސީން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ މެއި މަހުގެ ފެން ބިލުން 30 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ފެން ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް، މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ. އަދި ހިދުމަތް ބޭނުންކުރުމުގައިވެސް ވީހާވެސް ހަރަދު ކުޑަކޮށް ބޭނުން ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް