ގައްދޫ ކައުންސިލް ރައީސް އަނބުރާ ޖަލަށް

Loading

Facebook
Twitter
WhatsApp

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް އަމުރުކުރީ  ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިން އަމުރުކޮށްފައި ވަނިކޮށް އޭނާ ޖަލުން މިނިވަން ކުރަން މިމަހުގެ ތިންވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމާގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު، އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރުމުން، މައްސަލަ އިސްތިއުނާފުކޮށް ޕީޖީ އިން ބުނެފައި ވަނީ، އޭނާ އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލީ 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ.

އޭނާގެ މަށްޗަށް މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މަށްޗަށް ވަނީ އުފުލާފައިވެއެވެ.

ސީރިއަސް ތުހުމަތުތަކެއްގައި މުހައްމަދު އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި ގޮނޑި ވެސް ކާމިޔާބު ކުރައްވާފަ އެވެ. މުހައްމަދު އަހުމަދު ވަނީ ކައުންސިލްގެ މިދައުރުގެ ރައީސް ކަމުގެ ހުވާ ވެސް ކުރައްވާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް